ހަމަލާތައް ހުއްޓާލުމަށް ގަތަރުން ތާލިބާނަށް ގޮވާލައިފި

ތާލިބާނު ލީޑަރުންގެ ވަފުދެއް 2019 ވަނަ އަހަރުގެ ސުލްހައިގެ މަޝްވަރާތަކުގައި.-- ފޮޓޯ: ރޮއިޓާޒް

ތާލިބާނު ލީޑަރުންގެ ވަފުދެއް 2019 ވަނަ އަހަރުގެ ސުލްހައިގެ މަޝްވަރާތަކުގައި.-- ފޮޓޯ: ރޮއިޓާޒް

ދޯހާ، ގަތަރު (އޯގަސްޓު 14) - އަފްގާނިސްތާނުގެ ފުރިހަމަ ކޮންޓްރޯލް ހޯދަން ތާލިބާނުން ކުރާ ހަނގުރާމައިގައި ވެރިރަށް ކާބުލް ވަށާލާފައިވާ މި ދަނޑިވަޅުގައި ހަމަލާތައް ހުއްޓާލަން ގަތަރުން ގޮވާލައިފި އެވެ.

އަފްގާނިސްތާނުގެ ސަރުކާރާއި ތާލިބާނުންނާ ދެމެދު ބާއްވާ ސުލްހައިގެ މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރަނީ ގަތަރު ސަރުކާރެވެ. އެކި މަރުހަލާތަކަށް ބަހާލައިގެން މަޝްވަރާކުރި ނަމަވެސް އެއްވެސް ކުރިއެރުމެއް މިހާތަނަށް ފެނިފައެއް ނުވެ އެވެ.

"ފޮރިން މިނިސްޓަރާއި ތާލިބާނުންނާ ދެމެދު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ގޮވާލެއްވީ ހާލަތު ކޮންޓްރޯލް ކުރުމަށް ހަމަލާތައް ހުއްޓާލުމަށް. އޭގެ ސަބަބުން ސިޔާސީ ހައްލެއް ލިބި އަފްގާނިސްތާނުގެ ރައްޔިތުންނަށް އުޖާލާ ކުރިމަގަކަށް މަގުފަހިވާނެ،" ގަތަރު ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުންޏެވެ.

މިއީ ތާލިބާނުންގެ ހަމަލާތައް ހުއްޓާލުމަށް ގަތަރު މިހާ ހާމަކަން ބޮޑުކޮށް ގޮވާލި ފުރަތަމަ ފަހަރެވެ. ތާލިބާން ހަނގުރާމަވެރި ޖަމާއަތުގެ ސިޔާސީ އޮފީސް ހިންގަނީ ގަތަރުގަ އެވެ.

ގަތަރުގެ ފޮރިން މިނިސްޓްރީން އެފަދަ ބަޔާނެއް ނެރުނީ މިނިސްޓަރު ޝެއިހް މުހައްމަދު ބިން އަބްދުލް ރަހްމާން އަލް ސާނީ އާއި ތާލިބާނުންގެ ސިޔާސީ އޮފީހުގެ ވެރިޔާ މުއްލާ އަބްދުލް ގަނީ ބަރާދަރު އާ ދެމެދު ބޭއްވި ބައްދަލުވުމަށް ފަހު އެވެ.

އަފްގާނިސްތާނުގެ ދެ ވަނަ އަށް އަދި ތިން ވަނަ އަށް އެންމެ ބޮޑު ކަންދަހާރް އާއި ހިރާތް ސިޓީގެ ކޮންޓްރޯލް މިހާރު އޮތީ ތާލިބާނުންގެ އަތު ގަ އެވެ. ހުކުރު ދުވަހުން ފެށިގެން ހަނގުރާމަވެރިން އަންނަނީ ވެރިރަށް ކާބުލްއާ ކައިރިވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox