ޔުނައިޓެޑަށް ބޮޑު މޮޅެއް، ފެނާންޑޭސް އާ ސީޒަން ފެށީ ހެޓްރިކަކުން

Aug 14, 2021, 2:10 PM
ލަނޑު ޖެހުމަށް ފަހު ބްރޫނޯ ފެނާންޑޭސް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ބްރޫނޯ ފެނާންޑޭސް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މެންޗެސްޓާ (އޮގަސްޓް 14) - އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުގައި ބްރޫނޯ ފެނާންޑޭސްގެ ހެޓްރިކާ އެކު 5-1 އިން ލީޑްސް ޔުނައިޓެޑް އަތުން މޮޅުވެއްޖެ އެވެ.

މިދިޔަ އަހަރު ޖެނުއަރީ މަހު ޔުނައިޓެޑަށް ބަދަލުވުމަށް ފަހު ތަފާތު ފޯމެއްގައި ކުޅެމުން އަންނަ ފެނާންޑޭސް މިރޭ ހެޓްރިކެޓް ހެދިއިރު، އޭނާ އަކީ އިނގިރޭސި ޕްރިމިއާ ލީގެއްގެ އާ ސީޒަނެއްގެ ފުރަތަމަ މެޗުގައި ހެޓްރިކް ހެދި 10 ވަނަ ކުޅުންތެރިޔާ އެވެ. އެންމެ ފަހުން ހެޓްރިކެއް ހެދީ މިދިޔަ ސީޒަނުގައި ލިވަޕޫލްގެ މުހައްމަދު ސަލާހު އެވެ. އޭނާ ވެސް ހެޓްރިކް ހެދީ ލީޑްސް ކޮޅަށެވެ.

ފެނާންޑޭސް އަކީ 1977 ވަނަ އަހަރަށް ފަހު ލީގުގެ އާ ސީޒަނެއްގެ ފުރަތަމަ މެޗުގައި ހެޓްރިކް ހެދި ޔުނައިޓެޑަށް ނިސްބަތްވާ ފުރަތަމަ ކުޅުންތެރިޔާ އެވެ.

ލީޑްސް ކޮޅަށް މިރޭގެ މެޗުގައި ފެނާންޑޭސްގެ އިތުރުން ޔުނައިޓެޑްގެ އަނެއް ދެ ގޯލު ޖެހީ ފްރެޑް އާއި މޭސަން ގްރީންވުޑް އެވެ. ލީޑްސްގެ ހަމައެކަނި ގޯލު ޖެހީ ލޫކް އެއިލިން އެވެ.

ލަނޑު ޖެހުމަށް ފަހު ފެނާންޑޭސް (ވ) އާއި ޕޮގްބާ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޔުނައިޓެޑުން ދެން މިރޭގެ މެޗުގައި ތަފާތު މޮޅު ކުޅުމެއް ދެއްކީ ޕައުލް ޕޮގްބާ އެވެ. މި ފަހަރު ޔުނައިޓެޑް ދޫކޮށްލަން އުޅޭ ކަމަށް މީޑިއާގައި ވާހަކަ ދެކެވުނު ޕޮގްބާ ވަނީ ޔުނައިޓެޑްގެ ފަސް ގޯލުގެ ތެރެއިން ހަތަރު ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. މިއީ ޕްރިމިއާ ލީގުގެ ތާރީހުގައި އެއް މެޗެއްގައި އެއް ކުޅުންތެރިއަކު ހަތަރު ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިން ހަތް ވަނަ ފަހަރެވެ. ޕޮގްބާގެ ކުރިން ޔުނައިޓެޑްގެ ކުޅުންތެރިއަކަށް އެކަން ހާސިލް ނުކުރެވެ އެވެ.

މެޗަށް ފަހު ފެނާންޑޭސް ބުނީ ސަޕޯޓަރުން ފުރިފައި އޮތް ދަނޑެއްގައި ކުޅެލަން ލިބުނު މި ފަދަ މެޗެއްގައި ހެޓްރިކެއް ހެދުމުން ވަރަށް ހިތްހަމަޖެހޭ ކަމަށާއި އެންމެ ބޮޑު އުފަލަކީ ޓީމު މޮޅުކޮށްދެވުން ކަމަށެވެ. ފެނާންޑޭސް ވަނީ އެ ޓީމުގެ ޕޮގްބާ ދެއްކި ކުޅުމަށް ތައުރީފުކޮށްފަ އެވެ.

ސްޕޯޓިން ލިޒްބަން ދޫކޮށް ޔުނައިޓެޑަށް ބަދަލުވި ފަހުން ފެނާންޑޭސް ކުޅުނު 80 މެޗުގައި އޭނާ ވަނީ 40 ގޯލު ޖަހައި 25 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ޔުނައިޓެޑުން ވަނީ ލީޑްސްއާ ދެކޮޅަށް ދެ ވަނަ ހާފްގައި ޖޭޑަން ސަންޗޯ ކުޅެން އަރުވައިފަ އެވެ. ކުރިން މެންޗެސްޓާ ސިޓީން ފެނުނު ސަންޗޯ ޔުނައިޓެޑަށް ބަދަލުވީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބޮރޫޝިއާ ޑޯޓްމަންޑް ދޫކޮށެވެ.

ޔުނައިޓެޑުން މިއަދު ވަނީ ރެއާލް މެޑްރިޑްގެ ފްރާންސް ޑިފެންޑަރު ރަަފައެލް ވަރާންގެ ޓްރާންސްފާ ކަންތައް ނިންމައިފަ އެވެ. ޔުނައިޓެޑުން ސަންޗޯ އާއި ވަރާން ގަންނަން ޖުމްލަ އެއްކޮށް 150 މިލިއަން ޑޮލަރު ހަރަދުކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox