ދުނިޔެއަށް މިހާތަނަށް އެންމެ ހޫނުގަދަވީ މިދިޔަ ޖުލައި މަހު!

އެމެރިކާއަށް އާދަޔާ ހިލާފަށް ހޫނުގަދަވި ދުވަހެއްގައި ކުޑަ ކުއްޖަކު ފެން އަރުވާ ވަޑާމެއް ކައިރީގައި ކުޅެނީ. -- ފޮޓޯ: އޭއެފްޕީ

އެމެރިކާއަށް އާދަޔާ ހިލާފަށް ހޫނުގަދަވި ދުވަހެއްގައި ކުޑަ ކުއްޖަކު ފެން އަރުވާ ވަޑާމެއް ކައިރީގައި ކުޅެނީ. -- ފޮޓޯ: އޭއެފްޕީ

ވޮޝިންޓަން، އެމެރިކާ (އޯގަސްޓު 14) - މިދިޔަ ޖުލައި މަހަކީ ދުނިޔޭގައި މިހާތަނަށް ރިކޯޑު ކުރި އެންމެ ހޫނުގަދަ މަސް ކަމަށް އެމެރިކާ ސައިންޓިފިކް އެޖެންސީއަކުން ބުނެފި އެވެ.

ޖުލައި މަހަކީ އާއްމު ގޮތެއްގައި ކޮންމެ އަހަރަކު ވެސް އެންމެ ހޫނުގަދަ މަހެވެ. ނަމަވެސް 2021 ވަނަ އަހަރުގެ ޖުލައި މަހަކީ މިހާތަނަށް އެންމެ ހޫނުގަދަވި މަސް ކަމަށް ނޭޝަނަލް އޯޝެނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން (އެންއޯއޭއޭ) އިން ބުނެ އެވެ.

އެންއޯއޭއޭގެ އެޑްމިނިސްޓްރޭޓަރު ރިކް ސްޕިންރެޑް ވިދާޅުވީ މޫސުމީ ބަދަލުގެ ސަބަބުން ދުނިޔެއަށް އަންނާނެ ކަމަށް ލަފާކުރެވޭ ބަދަލުތަކުގެ ތެރޭގައި އާދަޔާ ހިލާފަށް ހޫނުގަދަވުން ހިމެނޭ ކަމަށެވެ.

އެންއޯއޭއޭގެ ހޯދުން ބިނާކޮށްފައި ވަނީ ނޭޝަނަލް ސެންޓާޒް ފޯ އެންވާރަމެންޓަލް އިންފޮމޭޝަން (އެންސީއީއައި) ގެ ޑޭޓާ އަށެވެ. އޭގައި ބުނާ ގޮތުގައި ބިމާއި ކަނޑުގެ ލޮނުގަނޑުގެ ފަށަލައިގެ ހޫނުމިން މިދިޔަ ޖުލައި މަހު ހުރީ 20 ވަނަ ގަރުނުގައި އެވްރެޖުކޮށް ހުރި 15.7 ޑިގްރީ ސެލްސިއަސް އަށް ވުރެ 0.93 ޑިގްރީ ސެލްސި މަތީގަ އެވެ. އެހެންކަމުން އެއީ މީގެ 142 އަހަރު ކުރިން ރިކޯޑު ބަލަހައްޓަން ފެށި ފަހުން މިހާތަނަށް އައި އެންމެ ހޫނު ގަދަ ޖުލައި މަހެވެ.

އޭގެ ކުރިން އެންމެ ހޫނުގަދަ ކަމަށް ރިކޯޑް ކޮށްފައި ވަނީ ޖުލައި 2016، 2019 އަދި 2020 ގަ އެވެ.

ނަމަވެސް ޔޫރަޕިއަން ޔޫނިއަންގެ ކޮޕޭނިކަސް ކްލައިމެޓް ޗޭންޖް ސާވިސްގެ ޑޭޓާއިން ދައްކާ ގޮތުގައި މިދިޔަ މަހަކީ ދުނިޔޭގައި މިހާތަނަށް ރިކޯޑު ކުރި ތިން ވަނަ އަށް އެންމެ ހޫނުގަދަ ޖުލައި މަހެވެ.

ބްރޭކްތްރޫ އިންސްޓިޓިއުޓުގެ ކްލައިމެޓް ސައިންޓިސްޓު ޒެކޭ ހޯސްފާދާ ވިދާޅުވީ އެޖެންސީތަކުގެ ތަފާސްހިސާބުގައި ކުޑަ ފަރަގެއް ހުރުމަކީ ބައެއް ފަހަރަ ދިމާވާ ކަމެއް ކަމަށެވެ. އެކަމަކު އޭނާ ވިދާޅުވީ ތަފާސްހިސާބުގައި ފަރަގު ހުއްޓަސް މޫސުމީ ބަދަލުގެ ސަބަބުން ދުނިޔެ ހޫނުވަމުން ދާ ކަމީ ހަގީގަތެއް ކަމަށާއި އޭގެ ގެއްލުން ވެސް ބޮޑުވަމުންދާ ކަމަށެވެ.

އެގޮތުން އާދަޔާ ހިލާފަށް ހޫނުގަދަވެ "ހީޓްވޭވްތަކާ" ކުރިމަތިވުމާއި، ޖަންގަލިތަކުގައި ގިނަ އަލިފާންގަނޑުތައް ރޯވުން ފަދަ ކަންކަން މި ވަގުތު ދިމާވެގެން އުޅެނީ އެހެންވެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މިދިޔަ ހަފްތާގައި އދ. ގެ އިންޓަގަވަމެންޓަލް ޕެނެލް އޮން ކްލައިމެޓް ޗޭންޖްގެ ވޯކިން ގްރޫޕުން ނެރުނު ރިޕޯޓުގައި ބުނީ ކުރިން ހީކުރި ވަރަށް ވުރެ އަވަހަށް ދުނިޔެ ހޫނުވަމުންދާ ކަމަށާއި އޭގެ ސަބަބުން މި ގަރުނު ނިމޭއިރު ކަނޑުގެ ލޮނުގަނޑު އުފުލޭނެ ކަމަށެވެ. އަދި ކުރިން ކޮންމެ 100 އަހަރަކުން ދިމާވާ ތިމާވެށީގެ ކާރިސާތައް އަހަރަކު އެއް ފަހަރު ދިމާވެދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުން ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީ ސެލްސިއަސް އަށް އަރާނެ ކަމަށް ބެލެވެނީ 2030 ގަ އެވެ. އެއީ މީގެ ތިން އަހަރު ކުރިން އަންދާޒާ ކުރި ވަރަށް ވުރެ 10 އަހަރު އަވަހެވެ.

ރިޕޯޓުގައި ބުނެފައި ވަނީ އެ މިންވަރަށް ދުނިޔެ ހޫނުވުމުން އިންސާނުންނަށް ނުރައްކާ އެބަ އޮތް ކަމަށެވެ. އެގޮތުން އާދަޔާ ހިލާފު މޫސުމީ ކާރިސާތައް ދިމާވުން އިތުރުވާނެ ކަމަށާއި ގުދުރަތީ ގޮތުން އަލިފާން ރޯވުމާއި، ތޫފާންތަކާއި، ވާރޭނުވެހުން އަދި ފެންބޮޑުވުން ފަދަ ކަންކަން ގިނަ ވާނެ ކަމުގެ އިންޒާރު ދީފައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox