އަފީފްގެ މައްސަލަ ބަލަން ޕީޖީއަށް ހުށަނާޅާ, ބެލުމުގެ ފުރުސަތެއް ވެސް ނެތް: އާޒިމް

މަޖިލީހުގެ ޖަލްސާއެއްގައި އަފީފް ވާހަކަ ދައްކަވަނީ: ރައީސް ސޯލިހާ މެދު ކުރެއްވި ތުހުމަތު ބަލައިދޭން އެމަނިކުފާނު އޮތީ ޕާޓީގައި އެދިވަޑައިގެންފައި. -- ފޮޓޯ/ މަޖިލިސް

މަޖިލީހުގެ ޖަލްސާއެއްގައި އަފީފް ވާހަކަ ދައްކަވަނީ: ރައީސް ސޯލިހާ މެދު ކުރެއްވި ތުހުމަތު ބަލައިދޭން އެމަނިކުފާނު އޮތީ ޕާޓީގައި އެދިވަޑައިގެންފައި. -- ފޮޓޯ/ މަޖިލިސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ އެމްޑީޕީގެ މެމްބަރެއް ކަމާ މެދު ސުވާލު އުފައްދަވައި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ދެއްކެވި ވާހަކައިގެ ހަގީގަތް ބަލަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕަށް ހުށަހަޅުއްވާފައި ނުވާ ކަމަށް އެ ގްރޫޕްގެ ލީޑަރު އަލީ އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

އާޒިމް މިގޮތަށް މި ވިދާޅުވީ, ރައީސް ސޯލިހަށް ތުހުމަތު ކުރައްވައި އަފީފް ދެއްކެވި ވާހަކަ ބަލައިދޭން ޕީޖީ ގްރޫޕަށް ހުށަހަޅުއްވާފައިވާ ކަމަށް ޕާޓީގެ ޗެއާޕާސަން އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ހަސަން ލަތީފް މިދިޔަ ބުރާސްފަތިދުވަހު ވިދާޅުވެފައި ވަނިކޮށެވެ.

ހަސަން ވިދާޅުވީ އަފީފްއަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށްވާތީ, މެމްބަރުންގެ މައްސަލަ ބެލުން ހަމަޖެހިފައި އޮންނަނީ ޕީޖީ ގުރޫޕުން ކަމަށެވެ. ޕީޖީ ލީޑަރު, އަލީ އާޒިމަށް ގުޅުއްވައި މައްސަލަ ބައްލަވައިދޭން އެދިވަޑައިގަތީ އެހެންވެ ކަމަށް ވެސް ވިދާޅުވި އެވެ.

Advertisement

ޗެއާޕާސަން އެދިވަޑައިގަތް ގޮތަށް, އަފީފްގެ މައްސަލަ ބަލަންތޯ އެހުމުން އާޒިމް ވިދާޅުވީ ޕީޖީ އަށް އެ މައްސަލަ ހުށަހަޅުއްވާފައި ނުވާ ކަމަށެވެ. އަދި ހުށަހެޅުއްވިޔަސް ބެލުމުގެ ފުރުސަތު އޮތް ކަމަކަށް އާޒިމް ގަބޫލެއް ނުކުރައްވަ އެވެ.

އެއީ އަފީފް ދެއްކެވި ވާހަކައަކީ ޕީޖީ ގްރޫޕާ ގުޅުން ހުރި ކަމެއްގެ ވާހަކައަކަށް ނުވުން ސަބަބެއްގެ ގޮތުގައި އާޒިމް ދެއްކެވި އެވެ.

"ޕީޖީއަކަށް ހުށަހަޅުއްވާފައެއް ވެސް ނުވޭ," އާޒިމް ވިދާޅުވި އެވެ.

މީގެ ކުރިން, ޕާޓީގެ ތެރޭގައި ފިތުނަ އުފެދޭ ވާހަކަތަކާއި ތުހުމަތުތަކުގެ މައްސަލަތައް ބަލަމުން އައީ އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީންނެވެ.

މަޖިލީސް އިންތިހާބުގެ ކެމްޕޭންގައި ރައީސް ސޯލިހާއި ރައީސް ނަޝީދާ އެކު އަފީފް: ރައީސަށް ތުހުމަތު ކުރައްވައި އަފީފް ވިދާޅުވީ އެމަނިކުފާނަކީ އަދާލަތު ޕާޓީގެ މެމްބަރެއް ނޫން ކަމެއް ވެސް އެނގިވަޑައިނުގަންނަވާ ކަމަށް. -- ފޮޓޯ/އެމްޑީޕީ

މައްސަލަ ހުށަހަޅުއްވާފައި ނުވާ ކަމަށް އާޒިމް ވިދާޅުވާ ވާހަކައަށް ހަސަން އަދި އެއްޗެއް ވިދާޅެއް ނުވެ އެވެ.

ހަސަން ވިދާޅުވެފައިވާ ގޮތުގައި އޭނާ ހުންނެވި މަގާމުގެ ހައިސިއްޔަތުން އެ މައްސަލަ ބަލަން ހުށަހަޅުއްވަން ޖެހުނީ ރައީސް ސޯލިހް ގުޅުއްވައި އަފީފަށް ފިޔަވަޅެއް ނާޅުއްވާނެތޯ އެއްސެވުމުން ކަމަށެވެ.

"ޗެއާޕާސަންގެ ހައިސިއްޔަތުން އަޅުގަނޑު ގާތު ރައީސް ނަޝީދު ވިޔަސް އަދި ރައީސް ސޯލިހު ވިޔަސް ކަމެއް އެދިވަޑައިގެންފިއްޔާ އިދާރީ ގޮތުން އަޅުގަނޑު ކުރާނަން،" ހަސަން ވިދާޅުވެފައިވެ އެވެ.

މިދިޔަ ބުދަދުވަހު ރައީސް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަފީފަށް ފިޔަވަޅު އަޅަން އެންގެވި ސަބަބާ މެދު ނޫސްވެރިން ސުވާލު ކުރެއްވުމުން ވިދާޅުވީ އެމަނިކުފާނު ދެކެވަޑައިގަންނަވަނީ އެ ވާހަކައަކީ ޕާޓީގެ ތެރޭގައި ބައިބައިވުން އުފެދޭ ޒާތުގެ ވާހަކައެއް ކަމަށެވެ.

"ޕާޓީ ތެރޭގައި ބައިބައިވުން އުފެދޭ ކަމެއް އައިމަ އަޅުގަނޑުޖެހޭނެ އެކަން ހައްލުކުރެވޭތޯ ބަލަން. ހާއްސަކޮށް އަފީފް ކަހަލަ ބޭފުޅެއް އެކަހަލަ ވާހަކައެއް ދެއްކެވީމަ އޭގެ ހަގީގަތް ހޯދަން،" ހަސަން އަށް ގުޅުއްވި ސަބަބު ތަފްސީލްކޮށްދެއްވަމުން ވިދާޅުވި އެވެ.

"އަޅުގަނޑު ދެންނެވިން މިކަން ބައްލަވާށޭ. މިކަން ނުވާނެ ގޮތަކަށް ހައްދަވާދޭށޭ. އަޅުގަނޑު އެމްޑީޕީގެ މެމްބަރަކަށް ވެސް ނުވަނީތޯ އޭ މިހާރު. ހަމައަކަށް އަޅުވައިދޭށޭ."

ރައީސް ސޯލިހަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތުގެ މެމްބަރެއް ނޫން ކަމެއް ވެސް އެނގިވަޑައިނުގަންނަވާ ކަމަށް އަފީފް ކުރެއްވި ތުހުމަތު ސާފުކޮށްދެއްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނަކީ އެމްޑީޕީގެ އެންމެ އިސް ލީޑަރެވެ. އެމަނިކުފާނު ޕާޓީގައި ދެމިހުންނަވާނީ އަދި ވެރިކަމުގައި މިހާރު ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ 65 މެމްބަރުން ހިމެނޭ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެޖޯރިޓީއާ އެކުގައި ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ރަސްމާލެ މެނިފެސްޓޯގައި ލިޔުނީ ޔަހޫދީން އާބާދުކުރާކަށް ނޫން"

ރަސްމާލެ މަޝްރޫއަކީ 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނުއްވި ކަމެއް ކަމަށާއި، އެއީ ރައީސް މުއިއްޒުގެ އަމިއްލަ މަޝްރޫއެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެ މަޝްރޫއުގެ ބޭނުމަކީ ބޭރުގެ ފަރާތްތަކަށް ނުވަތަ ޔަހޫދީންނަށް އާބާދުވުމުގެ ފުރުސަތު ދިނުން ނޫން ކަމަށާއި، އެފަދަ ކަމަކަށް ގާނޫނު ބަދަލުކުރުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަދުރުސާ ގޮއްވާލަން އުޅުނު މައްސަލަ: 3 މީހަކަށް މޮނިކޮން އަމުރު

ތ. ތިމަރަފުށީ މަދުރަސާ ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ހިމެނޭ ތިން މީހަކު މޮނިޓާކޮށް ކޮންޓްރޯލްކުރުމަށް ހައިކޯޓުން މޮނިކޮން އަމުރެއް ވަނީ ނެރެފައި. މި އަމުރު ނެރެފައިވަނީ ހޯމް މިނިސްޓްރީން އެދިގެން، ޓެރަރިޒަމްގެ އެކި ތުހުމަތުތައް ކުރެވުނު މުހައްމަދު އާސިރު، އަހްސަން މުހައްމަދު އަދި އަބްދުﷲ ޝަރީފްގެ މައްޗަށް.

ކައުންސިލުގެ އިހުތިސާސުން މުހިންމު 14 ބިމެއް ވަކިކޮށްފި

އެ ބިންތައް ކައުންސިލުގެ އިހްތިސާސުން ވަކި ކުރިކަން އަންގައި ހައުސިން މިނިސްޓްރީ އިން ވަނީ އިއުލާނެއް ގެޒެޓުކޮށްފަ އެވެ. އެ އިއުލާނުގައި ބުނެފައި ވަނީ އެ ބިންތައް ވަކި ކުރީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފުލް ކޮންޓްރޯލް އޮންނަ މަޖިލީހުން އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުން ކަމަށެވެ.

ޔޫއޭއީގެ އިސް އޮފިޝަލަކާ ދިވެހި ސަފީރު ބައްދަލުކޮށްފި

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ތޯރިގު ވިދާޅުވީ ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ސައީދް އަލް ހަޖޭރީއާ އޭނާ ބައްދަލު ކުރެއްވީ "ދެގައުމުގެ މެދުގައިވާ ބައެއް ކަންކަމާމެދު" މަޝްވަރާ ކުރަން ކަމަށެވެ.

ބޭނުންކުރެވޭ ރިޒާވު 200 މިލިއަން ޑޮލަރުން ދަށަށް

ބޭނުންކުރެވޭ ރިޒާވުގައި މިދިޔަ މަސް ނިމުނުއިރު ހުރީ 169.7 މިލިއަން ޑޮލަރު. ސަރުކާރުން ބުނަނީ މި ވަރަށް ރިޒާވު ދަށްވީ ގިނަ ދަރަނިތަކެއް ދައްކަން ޖެހުނު އަހަރެއްގައި ތެޔޮ އިމްޕޯޓު ކުރުމުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން.

350 ކިލޯއަށްވުރެ ބަރު އުޅަނދުތަކަށް ނުދުއްވޭ ގަޑިތަކެއް

މާލެ ސަރަހައްދުގެ މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި، 350 ކިލޯއަށްވުރެ ބަރު އުޅަނދުތައް ދުއްވުން މަނާ ވަގުތުތަކެއް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކަނޑައަޅާފައި. މިގޮތުން ހެނދުނު 06:00 އިން 08:30 އަށް އަދި 11:30 އިން 01:30 އަށް ބޮޑުތަކުރުފާނު މަގު ފިޔަވައި އެހެން މަގުތަކާއި ބްރިޖުގައި މިފަދަ އުޅަނދުތައް ދުއްވުމަކީ މަނާކަމެއް.

2028 މުއިއްޒަށް ލިބޭނެ ގޮތެއް ނެތް: މަތީން

ރައީސް މުއިއްޒު އަމަލުކުރައްވާ ގޮތާއި ސަރުކާރުގެ ސިޔާސަތުތަކަށް ބަލާއިރު، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ނުކުރެއްވޭނެ ކަމަށް އެމްޑަބްލިއުއެސްސީގެ ކުރީގެ އެމްޑީ އަބްދުލް މަތީން ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox