ރެއާލާއި ބާސެލޯނާއާ ދެކޮޅަށް ތިން ބިލިއަން ޑޮލަރުގެ ޑީލް ނިންމަނީ

Aug 13, 2021, 4:53 AM
ލަލީގާގެ ރައީސް ހަވިއޭ ޓެބާސް.-- ފޮޓޯ: އޭއެފްޕީ

ލަލީގާގެ ރައީސް ހަވިއޭ ޓެބާސް.-- ފޮޓޯ: އޭއެފްޕީ

މެޑްރިޑް (އޮގަސްޓް 13) - މަޝްހޫރު އިންވެސްޓްމަންޓް ކުންފުނި ސީވީސީ ކެޕިޓަލް އިން ސްޕެނިޝް ލީގު (ލަލީގާ)ގެ 10 ޕަސެންޓް ހިއްސާ ތިން ބިލިއަން ޑޮލަރަށް ގަންނަން އެއްބަސްވި ޑީލަށް ސްޕެއިނުގެ އެއް ވަނަ އަދި ދެ ވަނަ ޑިވިޝަނުގެ ކްލަބްތަކުގެ މެދުގައި ނެގި ވޯޓުން މެޖޯރިޓީގެ ތާއީދު ލިބިއްޖެ އެވެ.

ސްޕެއިނުގެ އެއް ވަނަ އަދި ދެ ވަނަ ޑިވިޝަނުގެ ޖުމްލަ 42 ކްލަބްގެ ތެރެއިން މި ވޯޓުގައި ޑީލާ ދެކޮޅު ހެދީ ރެއާލާއި ބާސެލޯނާ އަދި އެތުލެޓިކް ބިލްބާއޯގެ އިތުރުން ނަން ހާމަކުރަން ބޭނުންނުވާ ކްލަބެކެވެ. އެއްބަަސްވުން ފާސްކުރަން ބޭނުންވަނީ ކްލަބްތަކުގެ ތެރެއިން ތިން ބައި ކުޅަ ދެ ބައިގެ ތާއީދެވެ.

ރެއާލް ވަނީ މި ޑީލާ ދެކޮޅަށް ކޯޓަށް ދާން ޖެހިއްޖެނަމަ އެކަން ކުރާނެ ކަމަށް ބުނެފަ އެވެ. ރެއާލާއި ބާސެލޯނާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކުރިއަށް އޮތްތަނުގައި ވާނެ ގޮތެއް ނޭނގި 50 އަހަރަށް ލީގުގެ އިތުރުން ކްލަބަށް އާމްދަނީ ވަންނާނެ ގޮތަކަށް އޮތް ދޮރެއް ހިއްސާއެއްގެ ގޮތުގައި ބޭރުގެ އިންވެސްޓަރުންގެ އަތް މައްޗަށް ދާތީ އެވެ.

ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވެސް ވަނީ ސީވީސީ އާއި ލަލީގާގެ މި ޑީލް ތެރޭގައި ގާނޫނާ ހިލާފު ކަންތައްތަކެއް ހުރިކަން ފާހަގަކޮށްފަ އެވެ.

ލަލީގާގެ ރައީސް ހަވިއޭ ޓެބާސް ވިދާޅުވީ ރެއާލް މެޑްރިޑާއި ބާސެލޯނާއާ ދެކޮޅަށް ވެސް މި ޑީލް ނިންމޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

"ވަރަށް ބަލައިގަންނަން އުނދަގޫ ތުހުމަތުތަކެއް ވެސް އެބަހުރި ރެއާލުން ކޮށްފައި. ދެން ވާ ގޮތެއް އަހަރެމެން ބަލަން ތިބެންވީ. އަހަރެމެންނަށް މި އޮތީ މި ޑީލަށް މެޖޯރިޓީ ކްލަބްތަކުގެ ތާއީދު ލިބިފައި. ރެއާލުން އުޅެނީ އަހަރެމެންނަށް ޕްރެޝަރު ކޮށްގެން ވިޔަސް ބިރު ދައްކައިގެން ވިޔަސް މި ޑީލް ހުއްޓުވަން. އަހަރެން މި ހުރީ މިކަން ކުރިއަށް ގެންދަން،" ޓެބާސް ވިދާޅުވި އެވެ.

ސީވީސީ ޑީލުން ކްލަބްތަކަށް އޮތް އެންމެ ބޮޑު ވަގުތީ އުފަލަކީ އެ ކޮންޓްރެކްޓައިވާ ގޮތުން ގޮތުން ފުރަތަމަ ދޭ ތިން ބިލިއަން ޑޮލަރުގެ 90 ޕަސެންޓް ކްލަބްތަކަށް (ސްޕެއިނުގެ ފުރަތަމަ ޑިވިޝަނާއި ދެ ވަަނަ ޑިވިޝަންގެ ޓީމުތަކަށް) ބަހާން ހަމަޖެހިފައި އޮތުމުންނެވެ. މިއީ ކޮވިޑާ ހެދި މާލީ ގޮތުން އަޑިގަނޑެއްގެ ތެރޭގައި އޮތް ކްލަބްތަކަށް ހިތްދެމިލަން ފުރުސަތަކަށް ވާނެ އެވެ.

ޓެބާސް ވިދާޅުވީ ސީވީސީ ޑީލާ ގުޅޭ ކަންތައްތަކުގައި 10 މަސް ދުވަސް ވަންދެން ކެނޑިނޭޅި ކުރި މަސައްކަތުގެ ނަތީޖާ ރަނގަޅު ކަމަށެވެ. އަދި މި ޑީލް އެއްކޮށް ހިނގައިގަނެ މި ވަގުތު މިކަމާ ދެކޮޅަށް އޮތް ކްލަބްތައް ކަމަށްވާ ރެއާލާއި ބާސެލޯނާ އަދި ބިލްބާއޯ ބޭނުންވެއްޖެނަމަ އަލުން އެއްވެސް ޖޫރިމަނާއެއް ދެއްކުމެއް ނެތި ތިން އަހަރުގެ ތެރޭގައި ޑީލްގައި ބައިވެރިވެވޭނެ ކަމަށް ޓެބާސް ވިދާޅުވި އެވެ.

"ސީވީސީ އިން އެ އޮތީ ބުނެފައި އެ ކްލަބްތަކަށް ވެސް ތިން އަހަރު ތެރޭ މީގެ ބައިވެރިވެވޭނެ ކަމަށް. މީގެ ހަގީގަތުގައި މި ވަގުތު ބައިވެރިވުން ވަރަށް މުހިއްމު. އެއީ ރެެއާލްގެ ބޮޑު އެއް ޓްރާންސްފާ (އެމްބާޕޭ ގެންނަން) ކުރަން އެ މީހުންނަށް ފައިސާ ބޭނުންވޭ. ބާސެލޯނާ އިން ގެނައި ހުރިހާ ކުޅުންތެރިން އަދި ރަޖިސްޓްރީއެއް ނުކުރެވޭ. އެހެންވީމަ އެބަޖެހޭ މި ވަގުތު ހުރި މައްސަލަތަކަށް ހައްލެއް ހޯދަން ވެސް މީގެއާ ގުޅެން،" ޓެބާސް ވިދާޅުވި އެވެ.

ބާސެލޯނާ އިން ހިލޭ ޓްރާންސްފާއެއްގައި ގެނައި މެމްފިސް ޑިޕާއި އަދި ސާޖިއޯ އަގުއޭރޯގެ ރަޖިސްޓްރޭޝަން އަދި އެއްކޮށް ނުނިމެ އެވެ.

މީގެ ކުރިން ސީވީސީ ކެޕިޓަލް އިން ވަނީ އިޓާލިއަން ލީގުގެ ހިއްސާއެއް ގަންނަން ވެސް މަސައްކަތް ކޮށްފަ އެވެ. އެކަމަކު، ކުޑަ ވަގުތު ކޮޅެއްގެ މާލީ މަންފާ އަށް ބަލައި ދުރުރާސްތާ ވިސްނުމެއް ނެތި ލީގުގެ ހިއްސާއެއް ވިއްކާލުމުގެ ގޯސް އަސަރުތަކެއް ކޮށްފައިވާނެތީ މަޝްހޫރު ކްލަބްތަކުން ވެސް އެ ޑީލަށް ނޫނެކޭ ބުނުމުން ސީވީސީ އަށް އެ ޑީލް ކުރިއަށް ނުގެންދެވުނެވެ.

އިޓަލީގެ ބޮޑެތި ކްލަބްތަކުން ސީވީސީއާ އެކު އެއްބަސްވި ޑީލަށް ވޯޓު ނުދިން އަނެއް ސަބަބަކީ މުޅި ލީގުގެ ހައިބަތަށް ބަލާއިރު ސީވީސީން ހުށަހެޅި ތިން ބިލިއަން ޑޮލަރަކީ ކުޑަ އަގެއް ކަމަށް ފެންނާތީ އެވެ. ސީވީސީން ޖަރުމަނު ލީގުގެ ހިއްސާއެއް ގަންނަންކުރި މަސައްކަތް ވެސް ކާމިޔާބެއްނުވި އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox