އެމްބާޕޭ ގޮސްފިނަމަ ޕީއެސްޖީން އަމާޒުހިފާނީ ރޮނާލްޑޯ އަށް: ރިޕޯޓް

Aug 13, 2021, 4:09 AM
އެމްބާޕޭ ގޮސްފިނަމަ ޕީއެސްޖީން އަމާޒުހިފާނީ ރޮނާލްޑޯ އަށް: ރިޕޯޓް

ޕެރިސް (އޮގަސްޓް 13) - ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ ޕީއެސްޖީ ދޫކޮށްލައިފިނަމަ އަންނަ ސީޒަނަށް އެ ޓީމުން އަމާޒުހިފާނީ ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ގެންނަން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މީގެ ކުރިން ޕީއެސްޖީން ވަނީ ރޮނާލްޑޯ ހޯދަން މަސައްކަތް ކޮށްފަ އެވެ. އެކަމަކު، އޭރު ބޮޑު ޓްރާންސްފާ ފީ އެއް ދައްކާފައި ރޮނާލްޑޯ ގަންނަން ޕީއެސްޖީން ބޭނުމެއް ނުވި އެވެ. އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޕީއެސްޖީގައި އެމްބާޕޭގެ ކޮންޓްރެކްޓާއި ޔުވެންޓަސްގައި ރޮނާލްޑޯގެ އެއްބަސްވުން ހަމަވާނެ އެވެ. އެމްބާޕޭ ހިލޭ ޓްރާންސްފާއެއްގައި ޕީއެސްޖީ ދޫކޮށްލައިފިނަމަ އެ ޓީމުން ހިލޭ ޓްރާންސްފާއެއްގައި ރޮނާލްޑޯ ގެންނަން ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ރޮނާލްޑޯ، 36، އަންނަ އަހަރު ޕީއެސްޖީ އަށް ބަދަލުވެއްޖެނަމަ އޭނާއާ އެންމެ ވާދަވެރި ކުޅުންތެރިޔާ ލިއޮނަލް މެސީއާ އެއް ޓީމުން ފެންނާނެ އެވެ. މެސީ ވަނީ ދާދި ފަހުން ހިލޭ އެއްބަސްވުމެއްގެ ދަށުން ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ޕީއެސްޖީއާ އެކު ސޮއިކޮށްފަ އެވެ.

ޕީއެސްޖީން ރޮނާލްޑޯ ހޯދަން މަސައްކަތް ކުރުމުގެ ކަންކަން ބަރޯސާވަނީ އެމްބާޕޭ އޭނާގެ މުސްތަގުބަލާ މެދު ނިންމާ ނިންމުމަކަށެވެ. އެމްބާޕޭ ޕީއެސްޖީގައި މަޑުކުރަން ނިންމައިފިނަމަ ޕީއެސްޖީން ރޮނާލްޑޯ ހޯދަން މަސައްކަތް ނުކުރާނެ ކަމަށް ފްރާންސްގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

މީގެ ކުރިން ރޮނާލްޑޯ ވަނީ ޔުވެންޓަސްއާ އެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓަށް އިހުތިރާމް ކުރާނެ ކަމަށް ބުނެފަ އެވެ. އެކަމަކު އެ ޓީމާ އެކު އާ އެއްބަސްވުމެއް ހަދަން ރޮނާލްޑޯ ބޭނުމެއް ނުވެ އެވެ. އެ ވާހަކަ ނުސީދާ ގޮތަކަށް ޔުވެންޓަސްގެ ވައިސް ޗެއާމަން ޕަވެލް ނެޑްވެޑް ވެސް ވަނީ މީޑިއާގައި ހިއްސާކޮށްފަ އެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓް ނިމުމުގެ ކުރިން އެމްބާޕޭ ޕީއެސްޖީ ދޫކޮށްލަން އުޅޭ ކަމަށް ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓްކުރި ނަމަވެސް ޕީއެސްޖީގެ ރައީސް ނާސިރު އެލް-ހެއްލާފީ ވަނީ އެ ވާހަަކަތައް ދޮގުކުރައްވައިފަ އެވެ. ހެއްލާފީ ވިދާޅުވީ އެމްބާޕޭ ދޫކޮށްލުމުގެ ވިސްނުމެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.

މީގެ ކުރިން ރޮނާލްޑޯ ވަނީ ފުޓްބޯޅަ ކެރިއަރު ނިމުމުގެ ކުރިން ފްރާންސްގައި ކުޅެލުމުގެ ޝައުގުވެރިކަން ހުރިކަމަށް ބުނެފަ އެވެ. ރޮނާލްޑޯއާ އެކު 2016 ވަަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި ޑިފެންޑަރު ހޯސޭ ފޮންޓް ވަނީ ފްރެންޗް ލީގަށް ކުޅެން ރޮނާލްޑޯ އަށް ދައުވަތު ދޭނެ ކަމަށް ބުނެފަ އެވެ. އޭނާ ކުޅެމުން އަންނަނީ ފްރާންސްގެ އެންމެ ފަހުގެ ޗެމްޕިއަން ލިލް އަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox