އެޗްޑީސީން ހުޅުމާލެ ރައްޔިތުންގެ ހިޔާލު ހޯދުމުން ކައުންސިލުން ރުޅިގަދަވެއްޖެ

ހުޅުމާލެ ގޮނޑުދޮށުގައި ބަޔަކު ވޮލީ ކުޅެނީ: ކުރިން އެ ސަރަހައްދު ވިޔަފާރިތަކުން ބޭނުން ކުރާތީ މައްސަލަ އޮތީ ބޮޑުވެފަ -- ފޮޓޯ: ހުސެއިން ސަޔާހު/އަދަދު

ހުޅުމާލެ ގޮނޑުދޮށުގައި ބަޔަކު ވޮލީ ކުޅެނީ: ކުރިން އެ ސަރަހައްދު ވިޔަފާރިތަކުން ބޭނުން ކުރާތީ މައްސަލަ އޮތީ ބޮޑުވެފަ -- ފޮޓޯ: ހުސެއިން ސަޔާހު/އަދަދު

ހުޅުމާލެ ގޮނޑުދޮށް ސަރަހައްދު ބޭނުން ކުރާނެ ގޮތުގެ ހިޔާލު ހޯދުމަށް ކްލަބް ހައުސް މެދުވެރިކޮށް ހުޅުމާލެ ޑެވެލޮޕްމެންޓް ކޯޕަރޭޝަންގެ ފަރާތުން ކްލަބް ހައުސްގައި ބައްދަލުވުމެއް ބޭއްވުމުން މާލޭ ސިޓީ ކައުންސިލުން އެކަން ކުށްވެރިކޮށްފި އެވެ.

ސިޓީ ކައުންސިލުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ މާލެ ތަރައްގީކޮށް ހިންގާނެ ގޮތުގެ ޕްލޭނަށް ހިޔާލު ހޯދުމަކީ ގާނޫނުގެ ދަށުން އެ ކައުންސިލަށް މަތިކޮށްފައި އޮތް ޒިންމާއެއް ކަމަށެވެ. އެހެންވެ، ގޮނޑުދޮށް ބޭނުން ކުރާނެ ގޮތުގެ ހިޔާލު ހޯދުމަށް އެޗްޑީސީން ބުދަ ދުވަހުގެ ރޭ ސޯޝަލް މީޑިޔާގައި ބޭއްވި ބައްދަލުވުމަކީ "ލާމަރުކަޒީ ގާނޫނަށް ގޮންޖައްސަވާ" ބޭއްވި ބައްދަލުވުމެއް ކަމަށް ކައުންސިލުން ބުނެފައިވެ އެވެ.

"ހުޅުމާލޭ ރައްޔިތުންގެ ހިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމަކީ މި ކައުންސިލުން ބަލައިގަންނާނެ ބައްދަލުވުމެއް ނޫން ކަމަށާއި އެފަދަ ބައްދަލުވުންތައް އެއްވެސް ހައިސިއްޔަތެއް ނެތް ފަރާތްތަކުން ބާއްވާކަމަކީ މި ކައުންސިލުން ނުހަނު ކަންބޮޑުވާ ކަމެއް ކަމުގައި ދަންނަވަން،" އެ ބަޔާނުގައިވެ އެވެ.

އޭގެ އިތުރުން އެ ބަޔާނުގައި ބުނެފައި ވަނީ މާލެ ސިޓީގެ ތަރައްގީގެ ޕްލޭން އެކުލަވާލުމަށް ހުރިހާ އަވަށެއްގެ ރައްޔިތުންގެ ވެސް ހިޔާލު ހޯދަމުން އަންނަ ކަމަށެވެ. ހުޅުމާލެ ރައްޔިތުންގެ ހިޔާލު ހޯދަން ތާވަލްކޮށްފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

"ހުޅުމާލޭ ރައްޔިތުންނާ ވެސް ބައްދަލު ކުރުމަށް ތާވަލްކޮށްފައި އޮތް ދަނޑިވަޅެއްގައި މިފަދަ ބައްދަލުވުމެއް ބޭއްވުމުގެ ސަބަބުން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަމެއް އުފެދިފައިވާތީ މިފަދަ ބައްދަލުވުންތައް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ނުބޭއްވުމަށް މި ކައުންސިލުން ގޮވާލަން،" އެ ބަޔާނުގައި ލިޔެފައިވެ އެވެ.

ހުޅުމާލެ ގޮނޑުދޮށް ސަރަހައްދު ވިޔަފާރިތަކުން ކުރިން ބޭނުން ކުރަމުންދިޔަ މައްސަލަ އޮތީ ވަރަށް ބޮޑުވެފަ އެވެ. އެކަން މަނާކޮށްފައި ވަނީ އެކި ފަހަރުމަތިން މަސައްކަތްކޮށްގެނެވެ. ގޮނޑުދޮށް ބޭނުން ކުރާނެ ގޮތުގެ ހިޔާލު އޭގެ ފަހުން މި ހޯދަނީ އަލަށެވެ.

އެޗްޑީސީއާމެދު ނުރުހުން ފާޅުކޮށް ސިޓީ ކައުންސިލުން ބަޔާނެއް ނެރެފައިވާއިރު ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ އާއި މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީއާ ވެސް ކައުންސިލުން ވަނީ މައްސަލަ ޖެހިފަ އެވެ. މައްސަލައިގެ ފެށުން އައީ އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދުން ސްޓެލްކޯއަށް ހައުސިން މިނިސްޓްރީން ދީފައިވާ ބިމެއް، ކައުންސިލުން ހުސްކުރި މައްސަލަ ފުލުހަށް ހުށަހެޅުމުންނެވެ.

އޭގެ ބަދަލެއްގެ ގޮތުން ކައުންސިލުން އެންގީ ސްޓެލްކޯއާ ވިދިގެން އޮތް ކުރިން މަގެއްގެ ގޮތުގައި ބޭނުން ކުރި ތަން ހުސްކޮށް އާންމުންނަށް ބޭނުން ކުރެވޭ ގޮތް ހެދުމަށެވެ. ފެން ކުންފުނި އޮފީސް ބިއްދޮށުން މާލެ އާ ސަހަރާ ކައިރިން ބަންދުކޮށްފައި އޮތް މަގު ހުސްކޮށް އަލުން އާންމުންނަށް ބޭނުން ކުރެވޭ ގޮތް ހެދުމަށް ވެސް ކައުންސިލުން އެންގި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox