މެސީ ގެނައުމަކީ އެމްބާޕޭ ވިއްކަންޖެހޭ ސަބަބެއް ނޫން: ޕީއެސްޖީގެ ރައީސް

Aug 12, 2021, 8:37 AM
ޕީއެސްޖީގެ މެޗެއްގެ ތެރެެއިން އެ ކްލަބްގެ ރައީސް ހެއްލާފީ (ކ) އާއި އެމްބާޕޭ (މ) އަދި ކޯޗު ޕޮޗެޓީނޯ (ވ).-- ފޮޓޯ: އޭއެފްޕީ

ޕީއެސްޖީގެ މެޗެއްގެ ތެރެެއިން އެ ކްލަބްގެ ރައީސް ހެއްލާފީ (ކ) އާއި އެމްބާޕޭ (މ) އަދި ކޯޗު ޕޮޗެޓީނޯ (ވ).-- ފޮޓޯ: އޭއެފްޕީ

ޕެރިސް (އޮގަސްޓް 12) - ޕީއެސްޖީން ދެ އަހަރުގެ ކޮންޓްރެކްޓެެއްގައި ލިއޮނަލް މެސީގެ ސޮއި ހޯދުމަކީ އެ ޓީމުން ކީލިއަން އެމްބާޕޭ ދޫކޮށްލަން ޖެހޭ ސަބަބެއް ނޫން ކަމަށް ޕީއެސްޖީގެ ރައީސް ނާސިރު އެލް ހެއްލާފީ ވިދާޅުވެއްޖެ އެވެ.

ބާސެލޯނާ އިން ހިލޭ ޓްރާންސްފާއެއްގައި މެސީ ވަނީ ޕީއެސްޖީ އަށް ބަދަލުވެފަ އެވެ. އެއާ އެކު ފްރާންސް މީޑިއާގައި އެންމެ ގަދަޔަށް ދެކެވުނު ވާހަކަ އަކީ އެމްބާޕޭ، ޕީއެސްޖީ ދޫކޮށްލަން ތައްޔާރުވަމުން އަންނަ ކަމުގެ ވާހަކަ އެވެ.

ޕީއެސްޖީ ކުޅުންތެރިއެއްގެ ގޮތުގައި މެސީ މީޑިއާ އަށް ތައާރަފްކުރަން ބޭއްވި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިއަކުގެ ސުވާލަކަށް ހެއްލާފީ ވިދާޅުވީ އެމްބާޕޭގެ ކަންކަމާ ބެހޭގޮތުން ޕީއެސްޖީން ވިސްނާ ގޮތް އަދިވެސް ބަދަލުނުވާ ކަމަށެވެ.

"ކީލިއަން (އެމްބާޕޭ) އަކީ ޕެރީސިއަން އެއް. (ޕެރިހުގެ މީހެއް). އޭނަ ބުނެފައި އެބައޮތް (ހުރިހާ މުބާރާތަކަށް ރަނގަޅަށް) ވާދަކުރެވޭނެ ފެންވަރު ޓީމެއް އޮތުމޭ ބޭނުމީ. މިހާރު އަހަރެމެން (ޕީއެސްޖީ) ވަރުގެ ވަރުގަދަ އަށް ވާދަކުރެވޭނެ އިތުރު ޓީމެއް ނޯންނާނެ. އެހެންވީމަ އޭނަ (އެމްބާޕޭ) މި ކްލަބް ދޫކޮށްލަން ޖެހޭ ސަބަބެއް ނެތް. އަދި އަހަރެމެން އޭނަ (އެމްބާޕޭ) ދޫކޮށްލަން ޖެހޭ ސަބަބެއް ވެސް ނެތް،" ހެއްލާފީ ވިދާޅުވި އެވެ.

ޕީއެސްޖީއާ އެކު އެމްބާޕޭ، 22، ކޮންޓްރެކްޓްގައި ހުރީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. މިދިޔަ ސީޒަނުގައި ޕީއެސްޖީން ވަނީ އެމްބާޕޭގެ ކޮންޓްރެކްޓް އާ ކުރަން ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. ޕީއެސްޖީން އެމްބާޕޭ އަށް ހަތަރު އަހަރުގެ އެއްބަސްވުމެއް ހުށަހެޅި އެވެ. އެއީ އަހަރަކު 36 މިލިއަން ޔޫރޯ (43 މިލިއަން ޑޮލަރު) ލިބޭ ގޮތަށެވެ. އެކަމަކު އެ ކޮންޓްރެކްޓްގައި ސޮއިކުރަން އެމްބާޕޭ ބޭނުމެއް ނުވި އެވެ.

ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ) ގަވާއިދުގެ ތެރެއިން ވެސް ޕީއެސްޖީ އަށް އެމްބާޕޭ ލައްވައި އާ ކޮންޓްރެކްޓެއް ހެދުމުގެ ފުރުސަތު އެބައޮތް ކަމަށް އެ ކްލަބުން ބުނެ އެވެ.

ޕީއެސްޖީގައި މަޑުކުރާނެ ކަމަށް ދާދި ފަހުން އިންޓަވިއުއެއްގައި ބުނި ނަމަވެސް އެމްބާޕޭގެ ވިސްނުމަކީ އެ ކްލަބާ އެކު މި ވަގުތު ހުރި ކޮންޓްރެކްޓް ފުރިހަމަަ ކުރުން ކަމަށް ފްރާންސްގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

މީގެ ކުރިން ވެސް ޕީއެސްޖީން ވަނީ އެ ކްލަބްގެ ބައެއް ކުޅުންތެރިން ކްލަބް ދޫކޮށްލަން ކުރި މަސައްކަތަށް ހުރަސް އަޅައިފަ އެވެ. އެއީ އެޑިންސަން ކަވާނީ އާއި ނޭމާ އަދި މާކޯ ވެރާޓީ އެވެ. ސްޕެއިންގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި މި މަހުގެ ނިޔަލަށް ކުރިއަށްދާ މި ފަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓް ނިމުމުގެ ކުރިން ރެއާލް މެޑްރިޑަށް ބަދަލުވާން އެމްބާޕޭ ބޭނުންވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އޮޑި ކައިރިން ވެސް ނިއު ރޭޑިއަންޓް ސަލާމަތްވީ ފަހު ވަގުތު

ދިވެހި ޕްރިމިއާ ލީގުގައި ރޭ އޮޑި ސްޕޯޓްސް ކްލަބާ ބައްދަލުކުރި މެޗު، ފަހު ވަގުތު ޖެހި ލަނޑުން 2-2 އިން އެއްވަރުކޮށް ނިއު ރޭޑިއަންޓް ބަލިނުވެ ސަލާމަތްވެއްޖެ. މިއީ ޖެހިޖެހިގެން ނިއު އިން ފަހު ވަގުތު ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ބަދަލުކޮށްލި ތިންވަނަ މެޗު. ދެ މެޗުން (އޮޑި އާއި ދިއްދޫ) އެއްވަރުކުރިއިރު، އެއް މެޗުން (މާޒިޔާ މެޗުން) މޮޅުވި.

ޓީސީ އަތުން މޮޅުވެ ޗެމްޕިއަން މާޒިޔާ އަށް ހަމަޖެހުމެއް

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އިން 3-0 ގެ ނަތީޖާއަކުން ޓީސީ ބަލިކޮށް، ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުނުވެ އޮތް ސިލްސިލާއަށް ނިމުމެއް ގެނެސްފި. އެންމެ ފަހުން ފަސް ސީޒަނުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ އިން މި ފަހަރުގެ ސީޒަނުގެ ހަތަރު މެޗުން ވަނީ ހަތް ޕޮއިންޓް ހޯދައިފައި.

ހަނގުރާމައާ ހެދި ސައުދީގެ "ސިކްސް ކިންގްސް ސްލޭމް" ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، މި މަހު ބޭއްވުމަށް ހަމަޖެހިފައި އޮތް "ސިކްސް ކިންގްސް ސްލޭމް" ޓެނިސް މުބާރާތް އަންނަ ޑިސެމްބަރު މަހަށް ފަސްކޮށްފި. ހަނގުރާމައިގެ ސަބަބުން މި މުބާރާތުގެ އިތުރުން ސައުދީ ޕްރޯ ލީގުގެ މެޗުތަކާއި އެހެނިހެން ކުޅިވަރު ހަރަކާތްތަކުގެ ޝެޑިއުލަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައި

ސިޓީ މައްސަލައިގައި ސިޔާސީ ނުފޫޒެއް؟ އިސްތިއުފާދޭނެ!

މާލީ ގަވާއިދުތަކާ ހިލާފުވި 114 މައްސަލައެއް މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާއިރު، އެ ކްލަބާ މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ޕްރިމިއާ ލީގުން އަންނަނީ ތައްޔާރުވަމުން. މި މައްސަލަ ބަލާ މިނިވަން ރެގިއުލޭޓާގެ ޗެއާމަން ޑޭވިޑް ކޯގަން ވިދާޅުވީ، މި ތަހުގީގަށް ސިޔާސީ އެއްވެސް ނުފޫޒެއް ފޯރުވައިފިނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް.

ސައުތުގޭޓް، ފުޓްބޯޅައާ މެދު އޮތް ޝައުގުވެރިކަން ކުޑަވެއްޖެ

އިންގްލެންޑްގެ ކޯޗުކަމުން ވަކިވި ފަހުން ފުޓްބޯޅައިގެ މަސައްކަތްތަކަށް އޮތް ޝައުގުވެރިކަން ކުޑަވެފައިވާ ކަމަށް ގަރެތު ސައުތުގޭޓް ވަނީ ބުނެފައި. އޭނާ ހާމަކުރި ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މޮޅާއި ބަލީގެ ފިއްތުންތަކުގައި އުޅުމަށްފަހު، ފުޓްބޯޅައާ ދުރުގައި ހޭދަކުރި މުއްދަތުގައި އޭނާގެ ދިރިއުޅުމަށް ވަނީ ހިތްހަމަޖެހުން ލިބިފައި

އޮސްކާގެ ކާމިޔާބީ ނިއުގައި ތަކުރާރުކުރަން އަންދްރޭ ބޭނުން

ނިއު ރޭޑިއަންޓްގެ ކުރީގެ ކޯޗު އޮސްކާ ބްރުޒޮން އެ ކްލަބުގައި ހޯދި ބޮޑު ކާމިޔާބީ ތަކުރާރުކުރުމަކީ މިހާރުގެ ކޯޗު އަންދްރޭގެ ބޮޑު އުންމީދެކެވެ. އަންދްރޭ ބުނިގޮތުގައި އޮސްކާގެ ކާމިޔާބީއާ ހަމައަށް ދިއުމަކީ ގޮންޖެހުން ބޮޑު ކަމެއް ނަމަވެސް، ޓީމުގެ ކުޅުން ރަނގަޅުކޮށް ކުރިއަށް ހުރި މެޗުތަކުން މޮޅުވުމަކީ އޭނާގެ އަމާޒެވެ.

ރެއާލަށް ރޯމާ އަތުން މޮޅެއް، ޕީއެސްޖީން ސިޓީ ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑުން ރޯމާ އަތުން ފަހަތުން އަރައި 4-3 އިން މޮޅުވިއިރު، ޕީއެސްޖީން ވަނީ 4-2 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފައެވެ. މީގެ އިތުރުން ލިވަޕޫލާއި އެސްޓަން ވިލާ އަދި ރެއާލް ބެޓިސް ވެސް ވަނީ ރޭ ކުޅުނު މެޗުތަކުން މޮޅުވެފައެވެ.

Newsletter

Get the latest news delivered straight to your inbox