އެމްޑީޕީގެ މަސްލަހަތަށްޓަކައި ދެ ރައީސުން ސުލްހަކުރަން ޗެއާޕާސަން އިސްނަންގަވައިފި

މީގެ ދެ އަހަރު ކުރިން ބޭއްވި އެމްޑީޕީ ކައުންސިލަރުންގެ މަހާސިންތާގައި ހަސަން ލަތީފާއި ރައީސް ސޯލިހު އަދި ރައީސް ނަޝީދު. -ފައިލް ފޮޓޯ: ރައީސް އޮފީސް

މީގެ ދެ އަހަރު ކުރިން ބޭއްވި އެމްޑީޕީ ކައުންސިލަރުންގެ މަހާސިންތާގައި ހަސަން ލަތީފާއި ރައީސް ސޯލިހު އަދި ރައީސް ނަޝީދު. -ފައިލް ފޮޓޯ: ރައީސް އޮފީސް

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު އުފެދިފައިވާ ހިޔާލުތަފާތުވުންތައް އެއްފަރާތްކޮށް، އެކުގައި އަލުން މަސައްކަތް ކުރެވޭނެ ގޮތެއް ހޯދައިދޭން އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް އިސްނަންގަވައިފި އެވެ.

ނަޝީދާއި ރައީސް ސޯލިހާ ދެމެދު ސިޔާސީ ހިޔާލުތަފާތުވުން ބޮޑުވެފައިވާ ތަން ފެންނަން ފެށީ، ބަރުލަމާނީ ނިޒާމުގެ ވާހަކަތަކުންނެވެ. ނަޝީދު ވަނީ އެމަނިކުފާނު ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ފުރުސަތު ދެއްވަން ރައީސް ސޯލިހްގެ އަރިހުން އެދިވަޑައިގެންފަ އެވެ. އެކަމަކު ނިޒާމް ބަދަލުކުރުމަކީ ރައްޔިތުންގެ އަތްމަތީގައި އޮތް ކަމެއް ކަމަށް ތަކުރާރުކޮށް ރައީސް ސޯލިހް ވަނީ ވިދާޅުވެފަ އެވެ.

އަދި އޭގެ ފަހުން، ރައީސް ސޯލިހްއާ ދެމެދު އެއްވެސް މައްސަލައެއް ނެތް ނަމަވެސް، އެމަނިކުފާނާ އެކު ސިޔާސީ ގޮތުން ދެން ހުންނެވެން ނެތް ކަމަށް ނަޝީދު ވަނީ ފާޅުގައި ވިދާޅުވެފަ އެވެ.

އަދި ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއަށްފަހު، އިސްލާމް ދީނާ ގުޅުވައިގެން ނަފްރަތު އުފައްދަން ހުއްޓުވަން ސަރުކާރުން ހުށަހެޅި ބިލާމެދު ފާޑުކިޔުންތައް ބޮޑުވުމުން އެ ބިލު ފާސްކުރަން ސަރުކާރުން ފަހަތު ފަޔަށް ބުރަވި މައްސަލައިގައި ވެސް އެމަނިކުފާނު ވަނީ ވަރަށް ބޮޑަށް ނުރުހުންފާޅު ކުރައްވައިފަ އެވެ.

އޭގެ އިތުރުން، ވެރިކަމުގެ ނިޒާމު، ބަދަލުކުރަން އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީންއާ އެކުގައި މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވިކަމަށް ވެސް ނަޝީދު ވަނީ މި ފަހުން އިއުލާނު ކުރައްވައިފަ އެވެ.

ދެ ރައީސުންގެ ކޯޅުމުގެ އަސަރު އެމްޑީޕީގެ ތެރެއިން ވެސް މިހާރު ދަނީ ފެންނަމުންނެވެ. އެގޮތުން، އެމްޑީޕީގެ ސާފު އަގުލަބިއްޔަތު އޮންނަ މަޖިލީހުގެ އިތުރުން ޕާޓީގެ މައި ގުނަން ކަމަށްވާ ގައުމީ މަޖިލީހުގެ ތެރޭގައި ވެސް ވަނީ ދެ ފެކްޝަނެއް އުފެދިފަ އެވެ.

އެކަމާ ގުޅޭގޮތުން "އަދަދު"ން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހަސަން ލަތީފް ވިދާޅުވީ ޕާޓީގެ އެންމެ އިސް ދެ ބޭފުޅުންގެ މެދުގައި އޮތް ހިޔާލުތަފާތުވުންތަކަށް ހައްލެއް ހޯދަންޖެހޭ ކަމަށެވެ.

އެގޮތުން، އެ ހިޔާލުތަފާތުވުންތައް އެއް ފަރާތްކޮށް، ދެ ބޭފުޅުން އެކުގައި މަސައްކަތް ކުރެވޭ މަގެއް ހޯދައިދޭން މަސައްކަތް ކުރުމަކީ ޕާޓީގެ ޗެއާޕާސަންގެ ހައިސިއްޔަތުން ކުރައްވަންޖެހޭނެ ކަމެއް ކަމަށް ހަސަން ގަބޫލުކުރައްވަ އެވެ.

"އެހެންވީމާ އެމަގަށް މަސައްކަތް ކުރެވޭނެ ގޮތެއް ހޯދަން އަޅުގަނޑު ވާނެ ރައީސް ސޯލިހާއި އަދި ރައީސް ނަޝީދާ ވެސް ބައްދަލުކުރަން އެދިފައި،" ހަސަން ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ ދެވަނަ ދައުރުގެ ޗުއްޓީއަށްފަހު އަންނަ ހޯމަ ދުވަހު މަޖިލީހުގެ ޖަލްސާތައް ފެށުމުގެ ކުރިން އެ ބައްދަލުވުންތައް ބޭއްވޭތޯ މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.

ދެ ރައީސުންގެ ހިޔާލުތަފާތުވުން ފިނިކުރަން ޗެއާޕާސަން އިސް ނެންގެވިއިރު، ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ ޕާޓީގެ ތެރޭގައި އުފެދިފައިވާ ބައިބައިވުމަކީ މުޅި ޕާޓީއަށް އޮތް ދެރައެއް ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވައިފަ އެވެ. އެކަމުގައި، އެމަނިކުފާނު ބައްލަވަނީ މަސްލަހަތަށް ކަމަށާއި ކުރިއަށް ވަޑައިގަންނަވާނީ އެ މަގުން ކަމަށް ވާހަކަފުޅު ދެއްކެވި އެވެ.

ޕާޓީގެ ނިންމުންތަކުުގެ ތެރެއިން ރައީސް ނަޝީދު ބޭނުންފުޅުވި ބައެއް ކަންކަމާ ސީދާ ދެކޮޅު ކަން ވެސް ހާމަކުރެއްވި އެވެ. އޭގެތެރޭގައި އިދިކޮޅު ޕީޕީއެމާއި ގުޅިގެން އެމްޑީޕީން މަސައްކަތް ކުރުމާއި ކުއްލި ހާލަތު އިއުލާންކުރުން ހިމެނެ އެވެ.

އެމްޑީޕީގެ އެންމެ އިސް ލީޑަރުގެ ހައިސިއްޔަތުން މަސައްކަތް ކުރައްވާނީ ޕާޓީއަށް ފައިދާހުރި ގޮތަށް ކަމުގެ ޔަގީންކަން ވެސް އޮތީ ދެއްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox