މެސީ ދޫކޮށްލަން ބާސެލޯނާ އަށް ޕްރެޝަރު ކުރިކަމުގެ ތުހުމަތު ރެއާލްގެ ރައީސް ޕެރޭޒަށް!

Aug 12, 2021, 4:04 AM
ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް: އޭނާ ވަނީ ބާސެލޯނާގެ އެއްވެސް ކަމަކަށް ޕްރެޝަރު ކޮށްފައިނުވާނެ ކަމަށް ވިދާޅުވެފައި.-- ފޮޓޯ: އޭއެފްޕީ

ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް: އޭނާ ވަނީ ބާސެލޯނާގެ އެއްވެސް ކަމަކަށް ޕްރެޝަރު ކޮށްފައިނުވާނެ ކަމަށް ވިދާޅުވެފައި.-- ފޮޓޯ: އޭއެފްޕީ

ބާސެލޯނާ (އޮގަސްޓް 12) - ބާސެލޯނާގެ މާލީ ހާލަތު އޮތްގޮތުން އެ ޓީމުގެ ކެޕްޓަން މެސީ ދޫކޮށްލަން އެ ކްލަބްގެ ލީޑަޝިޕަށް ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ޕްރެޝަރު ކުރިކަމުގެ ތުހުމަތު ކޮށްފި އެވެ.

ޕެރޭޒްގެ މައްޗަށް މި ތުހުމަތުކުރީ ބާސެލޯނާގެ މިނިވަން ކޮމިޝަނެއްގެ ކުރީގެ އޮފިޝަލެއް ކަމަށްވާ ޔޯމީ ލޯޕިސް އެވެ. ބާސެލޯނާގެ މިނިވަން އެސްޕައި ބާސާ ކޮމިޝަންގައި މަސައްކަތް ކުރަމުން އައި ޔޯމީ މަގާމުން އިސްތިއުފާ ދިނީ މެސީ އެ ޓީމުގައި ކުރިއަށް ނުދާނެކަން މިދިޔަ ބުރާސްފަތި ދުވަހު އެ ކްލަބުން އިއުލާނު ކުރުމުންނެވެ.

ސްޕެއިނުގެ ނޫސްތަކަށް ދާދި ފަހުން ޔޯމީ ދިން އިންޓަވިއުއެއްގައި ބުނީ މެސީގެ އާ ކޮންޓްރެކްޓް ރަޖިސްޓްރީ ކުރަން ބާސެލޯނާ އިން އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާ ކަމަށެވެ. ބާސެލޯނާގައި މެސީ އަށް މަޑުނުކުރެވުނީ ލީޑަޝިޕްގެ ވެސް އެންމެ ފުރިހަމަ ސަޕޯޓް ނުލިބިގެން ކަމަށް ޔޯމީ ވަނީ ބުނެފަ އެވެ. އެ ގޮތުން ޔޯމީ ވަނީ ބާސެލޯނާގެ ސީއީއޯ ފެރާން ރިވާޓާ ގެ މައްޗަށް ތުހުމަތުތަކެއް ކޮށްފަ އެވެ.

ޔޯމީ ބުނީ ޔޫރަޕްގެ ވަރުގަދަ އިންވެސްޓްމަންޓް ކުންފުނި ސީވީސީ ކެޕިޓަލް އިން ސްޕެނިޝް ލީގު (ލަލީގާ)ގެ 10 ޕަސެންޓް ހިއްސާ ތިން ބިލިއަން ޑޮލަރަށް ގަންނަން އެއްބަސްވި ޑީލަށް ބާސެލޯނާ އިން ތާއީދުކުރިނަމަ މެސީ ބާސެލޯނާގައި މަޑުކުރެވޭނެ ކަމަށެވެ. އެއީ ލަލީގާ އިން ވެސް ބާސެލޯނާ ކިބައިން އެދުނީ އެ ޑީލަށް ބާސެލޯނާ އިން ރުހޭކަން ހާމަކުރާށެވެ.

"ސީވީސީއާ އެކު ލަލީގާގެ ޑީލަށް ބާސެލޯނާ އިން ތާއީދުކޮށްފިނަމަ ރިވާޓާ ވަނީ މަގާމުން އިސްތިއުފާދޭނެކަން ލަޕޯޓާ އަށް އަންގާފައި. އަނެއްކޮޅުން ޕެރޭޒް (ރެއާލްގެ ރައީސް) ވެސް އޮތީ ލަޕޯޓާ އަށް ވިސްނައިދީފައި ސީވީސީ އެއްބަސްވުމާ ދެކޮޅު ހަދައި މެސީ ދޫކޮށްލުން އެއީ މި ވަގުތަށް ބުއްދިވެރިކަމެއްގެ ގޮތުގައި. އަހަންނަށް މީގެ މައްސަލަ އަކީ ކަން ހިނގައިދިޔަ ގޮތް ސާފުކޮށް ކްލަބްގެ ސަޕޯޓަރުންނަށް ބުނެދީފައި ނުވުން،" ރިވާޓާ ބުންޏެވެ.

މެސީގެ ކޮންޓްރެކްޓް އާ ނުކުރެވޭނެކަން ހާމަކުރިތާ މާ ގިނައިރެއް ނުވެ، ބާސެލޯނާ އިން ވަނީ ސީވީސީ އާއި ލަލީގާގެ އެއްބަސްވުމަށް ތާއީދުނުކުރާ ކަމަށް ބުނެ ބަޔާނެއް ނެރެފަ އެވެ. ޔޯމީ ވަނީ މެސީގެ ކަންކަން ނިމުމަށް ފަހު ޕެރޭޒާއި ލަޕޯޓާ އަދި ރިވާޓާ ވަނީ ބައްދަލުކޮށްފައި ކަމަށް ބުނެފަ އެވެ.

މެސީ ވަނީ ބާސެލޯނާ ދޫކޮށް ހިލޭ ޓްރާންސްފާއެއްގައި ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުން ޕީއެސްޖީ އަށް ސޮއިކޮށްފަ އެެވެ.

ބާސެލޯނާގެ ކަމަކަށް އަހަރެންގެ ނުފޫޒެއް ނޯންނާނެ: ޕެރޭޒް

ޔޯމީގެ ތުހުމަތުތަކާ އެކު ޕެރޭޒް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހޮނިހިރު ދުވަހު ލަޕޯޓާ އާއި ރިވާޓާއާ އެކު ބައްދަލުކުރިއިރު މެސީގެ ހުރިހާ ކަމެއް އޮތީ ނިމިފައި ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ޔުވެންޓަސްގެ ރައީސް އަންދްރެއާ އަގްނެލީ ވެސް ބައިވެރިވި ކަމަށް ޕެރޭޒްގެ ފަރާތުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ. ރިޕޯޓްތައް ބުނާގޮތުން އެއީ ޔޫރަޕިއަން ސުޕަ ލީގާ ގުޅޭ ބައްދަލުވުމެކެވެ.

ޕެރޭޒް ވިދާޅުވީ އޭނާއާ ބާސެލޯނާގެ ސީއީއޯ ރިވާޓާ އަކީ ވަރަށް ގާތް ދެ އެކުވެރިން ކަމަށް ނުބުނެވޭނެ ކަމަށާއި ސަބަބަކީ ހަޔާތުގައި ވެސް ރިވާޓާއާ ދިމާވީ ދެ ފަހަރު ކަމަށްވާތީ އެވެ.

މިހާތަނަށް އެއްވެސް އިރެއްގައި އަހަރެން ބާސެލޯނާގެ ކަމަކަށް ނުފޫޒު ފޯރުވާފައެއް ނޯންނާނެ. ހާއްސަކޮށް އެ ފާހަގަކޮށްފައިވާ މެސީގެ ޓްރާންސްފާގެ ކަމެއްގައި އަހަރެންގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ. ހަގީގަތަށް ވިސްނާނަމަ އެއީ ކުރެވޭނެ ވެސް ކަމެއް ނޫން - ޕެރޭޒް

ޔޯމީ މީޑިއާގައި ދައްކާފައިވާ ވާހަކަތަކުގެ ހަގީގަތް ހާމަކުރަން ޖެހޭނެ ކަމަށް ޕެރޭޒް ވަނީ ވިދާޅުވެފަ އެވެ. އަދި އެކަން ނުކޮށްފިނަމަ ޔޯމީ ގޮވައިގެން ކޯޓަށް ދިއުމަށް ޕެރޭޒްގެ ގާނޫނީ ޓީމުން މަސައްކަތް ކުރާނެ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ރެއާލުން ވެސް ސީވީސީ އާއި ލަލީގާ ހަދާފައިވާ އެއްބަސްވުމާ ދެކޮޅަށް ބަޔާން ނެރުނެވެ. އަދި ދާދި ފަހުން ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން ވެސް ވަނީ ސީވީސީ އާއި ލަލީގާގެ ޑީލު ގާނުނާ ހިލާފު ކަމަށް ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox