މާލޭގައި ދުއްވާ ވެހިކަލްތަކުގެ އަދަދު ވަރަށް އަވަހަށް ކަނޑައަޅާނަން: މުއިއްޒު

މާލޭގެ މޭޔަރު މުއިއްޒު: މާލޭގައި ވެހިކަލް ދުއްވޭނެ އަދަދު ކަނޑައަޅަން ކައުންސިލުން އަންނަނީ މަސައްކަތް ކުރަމުން. -- ފޮޓޯ/ އަދަދު

މާލޭގެ މޭޔަރު މުއިއްޒު: މާލޭގައި ވެހިކަލް ދުއްވޭނެ އަދަދު ކަނޑައަޅަން ކައުންސިލުން އަންނަނީ މަސައްކަތް ކުރަމުން. -- ފޮޓޯ/ އަދަދު

ވެހިކަލްތަކުން ފުރި ބާރުވެފައި އޮތް މާލޭގައި ދުއްވޭނެ ވެހިކަލްތަކުގެ އަދަދު ވަރަށް އަވަހަށް ކަނޑައެޅޭނެ ކަަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

މާލޭގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލަން އާއްމުންގެ ހިޔާލު ހޯދަން ރޭ ބޭއްވި ބައްދަލުވުމުގައި މުއިއްޒު ފާހަގަކުރެއްވި ގޮތުގައި ވެހިކަލް އެތެރެކުރެވޭނެ އަދަދު ކަނޑައެޅުމަކީ ގާނޫނުން އެ ކައުންސިލަށް ލާޒިމްކޮށްފައި އޮތް ކަމެކެވެ. އެ މަސައްކަތް ކައުންސިލުން ކުރަމުން އަންނަ އިރު ލަސްތަކެއް މެދުވެރިވެފައި ވަނީ ޓްރާންސްޕޯޓް މިނިސްޓްރީއާ ހެދި ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މާލޭގައި މިހާރު ދުއްވަނީ ކިހާ އަދަދެއް އަދި ކޮން ބާވަތެއްގެ ވެހިކަލް ކަން ސާފުކޮށްދޭން ޓްރާންސްޕޯޓުގައި ވާނީ އެދިފަ އެވެ. ސިޓީ ފޮނުވައިގެންނާއި ބައްދަލުކޮށްފައި ވެސް އެ ތަފްސީލްތައް ދޭން އެދިފައިވިޔަސް މިހާތަނަށް މައުލޫމާތު ނުދޭ ކަމަށް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ މިނިސްޓަރު އައިޝަތު ނަހުލާއާ އެކު ބޭއްވި ބައްދަލުވުމުގައި ވެސް އެ ވާހަކަ ހިއްސާކުރައްވައި ސިޔާސީ މީހުންނާ އެކު އެ ވާހަކަ ދައްކަވާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް މިތަނުގައި ހުރީ އަދި ދުއްވަނީ ކިތައް ވެހިކަލް ކަމެއް ރަސްމީކޮށް ނޭނގި ލިމިޓް ކަނޑައެޅުން އެހާ ދެކޮޅު ޖެހޭ ކަމަކަށް ނުވާނެ," މުއިއްޒު ވިދާޅުވި އެވެ.

"ކައުންސިލްގެ ވިސްނުމަކީ މާލަސްތަކެއް ނުވެ މާލޭގައި ދުއްވޭނެ ވެހިކަލްތަކުގެ އަދަދު ކަނޑައެޅުން."

މާލޭގައި ދުއްވޭނެ ވެހިކަލްތަކުގެ އުމުރު ވެސް ކަނޑައަޅަން ޖެހޭނީ ކައުންސިލުންނެވެ.

މާލޭގެ މަގެއް ވެހިކަލްތަކުން ފުރިފައި: ވެހިކަލްތަކުގެ އަދަދު ކަނޑައެޅުމަކީ ސިޓީ ކައުންސިލްގެ ޒިންމާއެއް.

މުއިއްޒު ވިދާޅުވި ގޮތުގައި މާލޭގެ ޕާކިން މައްސަލަ ހައްލުކުރަން ބިލްޑިންގުތަކެއް އަޅަން ޖެހެ އެވެ. އޭގެ ބޭނުމަކީ ވެހިކަލްތައް އިތުރުކުރުން ނޫން ކަަމަށާއި ކައުންސިލްގެ ވިސްނުމަކީ ވެހިކަލްތައް މަދުކޮށް ހިތްފަސޭހަ ތަނެއްގެ ގޮތުގައި މާލެ ހެދުން ކަމަށް ވިދާޅުވި އެވެ.

މާލޭގެ މަގުތައް ބަންދުކުރުމުން އާއްމުންނަށް ދިމާވާ ދަތިތައް ހައްލުކުރަން ވެސް ރޭގެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި އެވެ.

މުއިއްޒު ވިދާޅުވީ މާލޭގެ ބައެއް މަގުތައް ފަސޭހަކުރަން ޗާންދަނީ މަގާއި އެ ނޫން ވެސް ބޮޑެތި މަގުތަކުގައި ތާރު އެޅުމުގެ ވިސްނުން ކައުންސިލްގައި އެބަހުރި ކަމަށެވެ. އެކަމަކު ގޮތް ނިންމާނީ މާލޭގެ ރައްޔިތުން ކަަމަށް ވިދާޅުވި އެވެ.

މަގު ހެދުމުގެ މަޝްރޫއުގެ ތެރޭގައި ނުހިމެނުނަސް ޕޭވްމަންޓްތައް މީހުންނަށް ލުއިކޮށް, ޕާކުކުރާނެ ގޮތަށް ވެސް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ. އެއީ ގެތަކަށް ވަދެ ނުކުމެ އުޅުމުގައި އާއްމުންނަށް ފަސޭހަކުރަން ކަމަށް ވިދާޅުވި އެވެ.

ކޮންސްޓްރަކްޝަން މަސައްކަތަށް މަގުތައް ބަންދުކުރާ އިރު ދުއްވާ މީހުންނަށް އެކަން ނޭނގުމަކީ އުނދަގޫތަކެއް ކުރިމަތިވާނެ ކަމަކަށް ވާތީ, އެކަން ފަސޭހަކުރަން އެޕްލިކޭޝަނެއް ތައާރަފްކުރަން ސިޓީ ކައުންސިލުން ވަނީ ނިންމައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox