ސާފް ޗެމްޕިއަންޝިޕް ބަލަން ދަނޑަށް ވަނުން ވެކްސިނާ ގުޅިފައި

ބަންގްލަދޭޝްގައި 2018 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމަށް ފަހު ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް ސަޕޯޓަރުންނާ އެކު އުފާފާޅުކުރަނީ. -- ފޮޓޯ/ އިމޭޖަސްއެމްވީ

ބަންގްލަދޭޝްގައި 2018 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމަށް ފަހު ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް ސަޕޯޓަރުންނާ އެކު އުފާފާޅުކުރަނީ. -- ފޮޓޯ/ އިމޭޖަސްއެމްވީ

ފުޓްބޯޅައިގައި ދިވެހި ސަޕޯޓަރެއް ނުވަތަ ކުޅުންތެރިޔަކަސް އެންމެ ފޮނި ހަނދާނާ ގުޅިފައި އޮންނާނީ 2008 ވަނަ އަހަރު ރާއްޖެ އާއި ސްރީ ލަންކާގައި ބޭއްވި ސާފް ޗެމްޕިއަންޝިޕާ އެވެ. އެއީ ސްރީ ލަންކާގެ ސްޓޭޑިއަމްގައި ކުޅުނު ފައިނަލުން މޮޅުވެ، ސަރަހައްދުގެ ޗެމްޕިއަންކަން ރާއްޖޭން ފުރަތަމަ ފަހަރަށް ހޯދުމެވެ.

އެ އުފަލުގައި މުޅި ރާއްޖެ އޮތީ ރަތުން ދިއްލާލައިފަ އެވެ. އެންމެން ނެރުނީ ގައުމީ ރޫހެވެ. އެކަތިގަނޑަކަށް ވެ ފޯރީގައި މަޖާ ނެގި އެވެ. އެ ކާމިޔާބީގެ ހަނދާން ގެނުވާނެ ކަމެއް އަނެއްކާވެސް މިއޮތީ ކުރިމަތިވެފަ އެވެ.

އެއީ, އޮކްޓޯބަރު 1-13 އަށް ރާއްޖޭގައި އޮންނަ ސާފް ޗެމްޕިއަންޝިޕެވެ. މި ފަހަރު ދިވެހިންގެ އަމިއްލަ ގައުމުގަ އެވެ.

މި އީދު ގާތްވެފައިވާ އިރު ކަންބޮޑުވުންތަކެއް ވެސް އެބަހުއްޓެވެ. އެއީ, ކޮވިޑް-19ގެ ބިރުވެރިކަމުގެ ތެރެއަށް މުބާރާތް ލައްވާލާތީ އެންމެން އެކަށީގެންވާ ގޮތެއްގައި ރައްކާތެރި ނުވެވިދާނެ ކަމުގެ ބިރެވެ. މިއީ, އެންމެން ވިސްނަން ޖެހިފައި އޮތް ކަމެކެވެ.

އޮކްޓޫބަރު މަހު މާލޭގައި ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް އެފްއޭއެމުން މިހާރު އަންނަނީ އެކި ގޮތްގޮތުން ތައްޔާރު ވަމުންނެވެ. އެކަމަކު، މި ވަގުތަށް ބަލާއިރު މި މުބާރާތާ ގުޅޭ ވަރަށް މުހިއްމު ކަމެއް އަދި އޮތީ އެއްކޮށް ކޮޅެއްގައި ނުޖެހި އެވެ.

އެއީ ސަޕޯޓަރުންނަށް މެޗު ބަލަން ވަދެވޭނެތޯ އުފެދިފައިވާ ސުވާލަށް ޖަވާބެއް ހޯދުމެވެ.

މި ފަަހަރުގެ ސާފް ޗެމްޕިއަންޝިޕް ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ކުރިއަށްދާއިރު އެ މުބާރާތް ބަލަން ސަޕޯޓަރުންނަށް ދަނޑަށް ނުވަދެވުމުގެ ބިރު އެބައޮތެވެ.

އެކަމަކު، އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ)، "އަދަދު" އަށް ވިދާޅުވީ ހުރިހާ ދޮރެއް ބަންދުނުވާ ކަމަށާއި ސަޕޯޓަރުން ވެއްދޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށެވެ. ސަޕޯޓަރުން ދަނޑަށް ވައްދަން ބާރު އެޅޭނެ އެންމެ މުހިއްމު ކަމެއްގެ ގޮތުގައި އޮތީ ވީހާވެސް ގިނަ ބަޔަކު ވެކްސިން ޖެހުމެވެ.

ވެކްސިން ޖެހުމަށް ފަހު ގައުމީ ޓީމު އަދި މާޒިޔާގެ ކީޕަރު ހުސެން ވެކްސިން ކާޑު ދައްކާލަނީ.-- ފޮޓޯ: އެފްއޭއެމް

"ގައިޑްލައިނެއް ހަދަމުން މިއަންނަނީ. ދެން ގައިޑްލައިން ހަދަމުންދާއިރު އަޅުގަނޑުމެންނަށް ލިބިގެންދާ ވަރަށް ބޮޑު ބާރެއް އެއީ ވެކްސިން ޖެހި އާބާދީ އިތުރުވުން. އަޅުގަނޑުގެ ވަރަށް ބޮޑު އިލްތިމާސެއް އެއީ ސަޕޯޓަރުން ދުރާލާ ޓީމަށް ސަޕޯޓްކުރަން ތައްޔާރުވުމަށް ޓަކައި ވިޔަސް ވެކްސިން ޖަހަން. އެއީ އަޅުގަނޑުމެންނަށް ގައިޑްލައިން ހަދާއިރު ސަޕޯޓަރުން ވައްދާ ގޮތަށް ހަދަން ލިބޭ ވަރަށް ބޮޑު އެހީތެރިކަމަކަށް ވާނެ،" ޖަވާ ވިދާޅުވި އެވެ.

ސާފް ޗެމްޕިއަންޝިޕްގެ ބޭއްވުމުގެ ތައްޔާރީތަކުގެ ތެރެއިން އެންމެ މުހިއްމު މަސައްކަތެއްގެ ގޮތުގައި ކުރަން ޖެހޭ އެއް ކަމަކީ ސިއްހީ ގައިޑްލައިންތަކެއް ތައްޔާރުކުރުމެވެ. އެކަން ކުރާއިރު، ދަނޑަށް ސަޕޯޓަރުން ވެއްދޭނެ ގޮތެއް އޮތްތޯ ބަލައި އެ އަށް ވަރަށް ބޮޑަށް މަސައްކަތް ކުރާނެ އެވެ. އެއީ މިހާތަނަށް ހުރިހާ ސާފް ޗެމްޕިއަންޝިޕެއް ބޭއްވިފައި އޮތީ ސަޕޯޓަރުން ވައްދައިގެން ނުހަނު ފޯރީގައި ކަމަށްވާތީ އެވެ.

ފަޅަށް އޮތް ދަނޑެއްގައި ސަރަހައްދުގެ ބޮޑު މުބާރާތް ކުރިއަށްދާން ސާފްގެ އެއްވެސް ގައުމަކުން ބޭނުމެއް ނުވާނެކަން ޔަގީނެވެ.

ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީގެ 21 ޕަސެންޓް މީހުން ފުރަތަމަ ޑޯޒު ނުޖަހާ އެބަތިއްބެވެ. އާބާދީގެ ނިސްބަތަށް ބަލާއިރު ވެކްސިން ދެ ޑޯޒް ފުރިހަމަކުރި މީހުންގެ ޕަސެންޓަކީ 57 އެވެ.

ކޮވިޑް ތެރޭގައި ބައިނަލްއަގުވާމީ ބައެއް މުބާރާތްތަކުގައި ސަޕޯޓަރުން ދަނޑަށް ވައްދަން އަމަލުކުރަމުން އަންނަ އެއް ގައިޑްލައިނަށް ބަލާއިރު އާބާދީގެ ނިސްބަތުން ދެ ޑޯޒް ވެކްސިން ފުރިހަމަކުރި މީހުންގެ ޕަސެންޓް 80 އަށް އަރައިފި ނަމަ ދަނޑުތަކުގެ ކެޕޭސިޓީއާ އެއްވަރަށް ސަޕޯޓަރުން ވަނުމުގައި ހުރަހެއް ނެތެވެ.

ސާފް ޗެމްޕިއަންޝިޕްގެ ބިޑް ކުރި މުއްދަތެއްގެ ތެރޭގައި ރާއްޖޭން ކާމިޔާބު ކުރުމުގައި އެންމެ ބޮޑު އެއް ބާރަކަށްވީ ރާއްޖޭގެ އާބާދީގެ ބޮޑު އިންސައްތަ އެއް ކޮވިޑް-19ގެ ވެކްސިނުގެ ދެ ޑޯޒް ފުރިހަމަކޮށްފައިވުން ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވެސް ވަނީ ވިދާޅުވެފަ އެވެ.

ކޮވިޑް-19ގެ ނުރައްކާތެރިކަން ބޮޑުވެ މި އަހަރު ކުރީކޮޅުގައި ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މެދުކަނޑާލުމަށް ފަހު އަލުން ފެށިއިރު، ފުރަތަމަ ޑިވިޝަނުގެ ހުރިހާ ޓީމެއްގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ވެކްސިން ޖަހައިފަ އެވެ. އަދި މިހާރު ފުރަތަމަ ޑިވިޝަނުގެ ޓީމުތަކުގެ ކުޅުންތެރިން ވަނީ ދެ ޑޯޒު ވެކްސިން ފުރިހަމަކޮށްފަ އެެވެ.

ރާއްޖެ އިން އަންނަނީ އާބާދީގެ 90 ޕަސެންޓް މީހުން މި މަސް ނިމޭއިރު ވެކްސިން ފުރިހަމަ ކުރުމުގެ ކެމްޕޭނެއް ވެސް ހިންގަމުންނެވެ. ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ އެންމެންނަށް ސަރުކާރުން ވަނީ ވެކްސިން ހޯދައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox