ކައުރީ ދޯރުން ދިން ހައްލާއި ދިރުވި ހިރިގަލުގެ ވަޑާން

އިލާލާއިން ބާޒާރަށް ނެރުނު ކައުރީ ދޯރު: މިއީ ފިނިކަމާއި ހޫނުކަން ގިނަ އިރުތަކެއް ވަންދެން ހިފަހައްޓާ ފުޅިއެއް. -- ފޮޓޯ: އިލާލާ

އިލާލާއިން ބާޒާރަށް ނެރުނު ކައުރީ ދޯރު: މިއީ ފިނިކަމާއި ހޫނުކަން ގިނަ އިރުތަކެއް ވަންދެން ހިފަހައްޓާ ފުޅިއެއް. -- ފޮޓޯ: އިލާލާ

"މިއީ މި ފުޅި އަކީ. ވަކި މީހަކަށް، ވަކި އުމުރަކަށް ނެރޭ އެއްޗެއް ނޫން. މިއީ ހުރިހާ އެންމެންގެ ޕްރޮޑަކްޓެއް. ކައުރީ މަސައްކަތް ކުރީ އެންމެންނަށް ބޭނުންކުރެވޭނެ، އެންމެންނާ ގުޅޭ ޕްރޮޑަކްޓެއް ނެރެން. އެންމެ ބޮޑު މަގްސަދަކަށް ވީ ޕްލާސްޓިކް ނޫން ހައްލެއް ހޯދައިދިނުން،"

ސީދާ މައުލޫ އަށް ދިއުމުގެ ކުރިން އިލާލާ ފިހާރައިގެ އެއް ޕާޓްނަރު އަޝްޖައު ޝަހީދުގެ މި ވާހަކަ އެއް ފަށައިގަތީ އެންމެ ފުނުންނެވެ. އޭނާ އަކީ އެ ވިޔަފާރީގެ މުގުލުގައި ހުރި އެންމެ ޒުވާން، ވިސްނުންތެރި އެއް ސިކުނޑިއެވެ. ކަމާ ކަންފަށައި، މި ވާހަކައެއް ދައްކަން އައިސް އަހަރެމެން ޖައްސާލައިގެން ތިބި ރެސްޓޯރަންޓުގެ މޭޒަށް އެރުވި ފުޅިން ތައްޓަށް އެޅި ފެންފޮދުން ކޯވަރަކަށް ދަމާލަމުން، ކިޔައި އެ ދިނީ އިލާލާއިން އަލަށް ނެރުނު ވެކިއުމް ފްލެސްކް، "ކައުރީ ދޯރު" ގެ ތައާރަފެކެވެ.

އެއީ އިލާލާގެ ދިވެހިވަންތަ ލައިފްސްޓައިލް ޕްރޮޑަކްޓް ލައިން "ކައުރީ" މަރުކާގެ އުފެއްދުމެވެ. މީގެ ކުރިން ދިވެހިވަންތަ ކުރެހުން އެޅި މޫދު ސޯޓެއް ތައާރަފު ކުރި އެވެ. ދެން އޮތީ ދިވެހިވަންތަ ނަލަ، އަދި ކަވި ކުރެހުންތަކުގެ ޓީޝާޓް، މި ފަހުރުވެރި ދިވެހި ކުޑަ އެއްގެ ނިވަލަށް ވައްދައިލުމެވެ.

ކައުރީ ދޯރު: ހަތަރު ކުލައެއްގެ ފުޅި ލިބެން އެބަހުރި
ކައުރީ ދޯރު: ހަތަރު ކުލައެއްގެ ފުޅި ލިބެން އެބަހުރި

ކައުރީ ދޯރު: ހަތަރު ކުލައެއްގެ ފުޅި ލިބެން އެބަހުރި

"ކައުރީ ދޯރު" ގެ ހާއްސަ ވާހަކަ ތަކާއި "ފެކްޓްސް"

ފުރަތަމަ ކަމަކަށް، "ކައުރީ" އަކުން ދުވަހަކު ދެރައެއް ނުދޭނެ އެވެ. ދެވަނަ ކަމަކަށް، މި ވާހަކަ އެއް މި ލިޔަނީ، މި ފުޅި އެއް ގެއަށް ގެންގޮސް، ދެ ދުވަސް ވަންދެން ފެނާއި ޖޫހާއި ކަޅުސައި މިއަށް އަޅައިގެން ޓެސްޓު ކޮށްފައި ލިބުނު ހިތްހަމަ ޖެހުމާ ވެސް އެކުގަ އެވެ.

ދެން އޮތީ، މި ތަރުމޯޒު ފުޅިއަކުން އެއަށް އަޅާ ފެނާއި ސަޔާއި ޖޫހުގެ ފިނި ހޫނުމިން ހިފަހައްޓައިދޭ ގޮތުގެ "ޓެކްނިކަލް" ވާހަކަ ތަކާއި ދިވެހި ހިރިގަލުގެ ވަޑާމުގެ ގަދީމީ ކުރެހުމުން ބޭރު ފެވި ފުރިހަމަވެގެން، ނުލާއި ކަޅާއި ރަތުން ކުލަވެގެން އަންނަ މި ލުއި، ހިތްގައިމު ފުޅީގެ "ކޫލް" ވާހަކަ ތަކެވެ.

  • "ކައުރީ ދޯރު" އަކީ ދެ ލޭޔަރު ގެ ސްޓެންލެސް ސްޓީލް ހިމަނައިގެން ތައްޔާރުކޮށްފައިވާ ވެކިއުމް ފްލެކްސް އެކެވެ. ފުޅީގެ އެންމެ ބޭރު ކަވަރަކީ "އިންސިއުލޭޓެޑް" ބޮޑީ އެކެވެ. މި ކަވަރުގެ ސަބަބުން އެތެރޭގެ ފިނިހޫނުމިން ބޭރަކަށް ނޭނގޭނެ އެވެ. ފުޅި އާ އެކު އަންނަ ދެ މަތިގަނޑަކީ "ތާމަލް ޕްލާސްޓިކް" މަތިގަނޑު ތަކެކެވެ. މި ކަހަލަ މަތިގަނޑު ތަކުގައި އެތެރޭގައި ހުންނަ މާއްދާގެ ފިނިހޫނުމިން ބޭރުވިޔަ ނުދީ ގިނަ އިރު ހިފަހައްޓައިދޭ ސީލިން ޓެކްނިކެއް ބޭނުންކޮށްފައި ހުރެ އެވެ.
  • ފުޅި އަށް އަޅާ ހޫނު ފެން އޭގެ ޓެމްޕަރޭޗަރަށް އެއްވެސް ބަދަލެއް ނައިސް 12 ގަޑި އިރަށް ހުރެ އެވެ. ފިނި ފެން އަޅައިފި ނަމަ ފިނިކަން ނުފިލައި 20 ގަޑި އިރަށް ހިފަހައްޓަ އެވެ.
  • ފުޅީގެ ބޭރު ކަވަރަކީ 18/8 ސްތެންލެސް ސްޓީލް އެވެ. އެހެންވީމަ، ފިންޏާއި ހޫނުން ދޭ ޝަޒާ އަކުން މި ފުޅި ހަލާކެއް ނުވާނެ އެވެ.

"ކައުރީ ދޯރު" އަކީ ބީޕީއޭ-ފްރީ އުފެއްދުމެކެވެ. ބީޕީއޭ އަކީ ޕްލާސްޓިކް ތައްޓާއި ފުޅި ފަދަ ތަކެތި އުފައްދާ އިރު ބައެއް ފަހަރު ބޭނުންކުރާ "ބިސްޕެނޮލް އޭ" ނަމަކަށް އިންޑަސްޓްރިއަލް ކެމިކަލެކެވެ. ބީޕީއޭ ގައި އިންސާނުންގެ ހަށިގަނޑަށް ގެއްލުންދޭ ގިނަ މާއްދާތަކެއް ހުރެ އެވެ. ބީޕީއޭ-ފްރީ އުފެއްދުންތަކުގައި މި ކެމިކަލް ބޭނުމެއް ނުކުރެ އެވެ.

  • "ކައުރީ ދޯރު" ގަންނަ އިރު ފުޅި އާ އެކު ލިބޭ ދެ މަތިގަނޑުން އެކައްޗަކީ އާންމުކޮށް ލޯޝަން ފުޅި ފަދަ ތަކެތީގައި ހުންނަ ކަހަލަ ޕުޝް-ބަޓަން މަތިގަނޑެކެވެ. އެހެންކަމުން އެއް އަތުން ހުޅުވާފައި ލެއްޕޭނެ އެވެ. ދެން އިންނަނީ ތުން ޖަހާ ތަންކޮޅު ދިގުކޮށް އަނބުރައިގެން ނަގާ މައްޗެއް އިންނަ މަތިގަނޑެކެވެ. މި ދެ މަތިގަނޑަކީ ވެސް ގެންގުޅެން ފަސޭހަ، ސާދާ ޑިޒައިނެއްގެ ދެ މަތިގަނޑެވެ.
  • ކައުރީ ފުޅީގެ މައި "ލިޑް" ނަގައިލުމުން ފުޅީގެ އަނގަ އިންނާނީ ވަށް ބުރަ އަށް ހުންނަ ބިއްލޫރި ތައްޓެއްގެ އަނގަ އާއި އެއްވަރަށް ބޮޑުކޮށެވެ. މީގެ ސަބަބުން ފުޅި ދޮންނަން ފަސޭހަ ވާނެ އެވެ.
  • ފުޅީގެ ތިން ސައިޒެއް ލިބެން ހުރެ އެވެ. 540 އެމްއެލް އާއި 650، އަދި 720 އެމް އެލްގެ ފުޅި އިލާލާ އިން ގަނެވޭނެ އެވެ. އެހެންވީމަ ސްކޫލް ކުދިންގެ އިންޓަވަލް އަށް ވެސް މި ފުޅި ބޭނުންކުރެވޭނެ އެވެ.
  • އަގު: 540 އެމްއެލް - 450ރ.، 650 އެމްއެލް - 500ރ.، އަދި 720 އެމް އެލްގެ ފުޅިއެއް 550 ރ. އެވެ.

މީގެ ފުޅިއެއް ބޭނުން ނަމަ އިލާލާގެ 9677830 އަށް ގުޅާލައިގެން ނުވަތަ ފޭސްބުކް ޕޭޖުން އޯޑަރު ދެވޭނެ އެވެ. މާލެ، ހުޅުމާލެ، އަދި މާލެއިން ފުރާ ބޯޓު ފަހަރަށާއި، ލޯންޗްފަހަރަށް ހިލޭ ޑެލިވަރީ ކޮށްދެ އެވެ.

ކައުރީ ދޯރު
ކައުރީ ދޯރު

ކައުރީ ދޯރު

ދިވެހި "ފީލްސް"، ދިވެހި "ވައިބް"

ދިވެހިންގެ ލެޔާއި ހިތާއި ފިތާއި އެންމެ ރަނގަޅަށް ކުޅެލެވޭނީ ދިވެހި އުފެއްދުމަކުންނެވެ. ގޭމުގެ ކުރީގައި އިލާލާ އޮތީ އެހެންވެ އެވެ. ދެން ވެސް ދިވެހިން މާޔޫސް ނުކޮށްލާނެ އެވެ.

"އަޅުގަނޑުމެންގެ ވިސްނުމުގައި ދެން އެންމެ އަވަހަށް ހުރީ ކައުރީ ބްރޭންޑުގެ ޓީޝާޓް ތަކެއް ނެރުން. އެވެސް ދިވެހި ވާނެ،" އަޝްޖައުގެ ސްޓައިލްގައި ޖަހައިލީ ހިނިގަނޑެކެވެ.

އެއީ އޭނާގެ ސަމާސާ މިޒާޖުގައި ދިން ޔަގީން ކަމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox