ސީރިޔާގައި އިތުރު ދިވެއްސަކު މަރުވުމާ އެކު ކަންބޮޑުވުންތަކެއް

Aug 10, 2021, 8:11 AM
ސީރިޔާގައި މަރުވި ދިވެހި މީހާގެ މަހާނަ: އޭނާ މަރުވީ ސީރިޔާ ސިފައިންގެ ސްނައިޕަރަކު ބަޑިޖަހައިގެން --

ސީރިޔާގައި މަރުވި ދިވެހި މީހާގެ މަހާނަ: އޭނާ މަރުވީ ސީރިޔާ ސިފައިންގެ ސްނައިޕަރަކު ބަޑިޖަހައިގެން --

ޓެރަރިސްޓު ޖަމާއަތަކާ ގުޅިގެން ސީރިޔާގައި ހަނގުރާމަ ކުރަނިކޮށް އިތުރު ދިވެއްސަކު މިދިޔަ ހަފްތާގައި މަރުވެފައިވާތީ އެކަމުގެ ކަންބޮޑުވުން ކަމުގެ ތަޖުރިބާކާރުން ފާޅުކޮށްފި އެވެ.

ހަޔާތު ތަހްރީރް އަލް ޝާމް ނުވަތަ އެޗްޓީއެސްއާ ގުޅިގެން ހަނގުރާމަ ކުރަނިކޮށް ދެކުނު އިދްލީބުގައި މިދިޔަ ބުރާސްފަތި ދުވަހު ދިވެއްސަކު މަރުވެފައިވާކަން އެ ޖަމާއަތާ ގުޅުން އޮންނަ ބައެއް ސޯޝަލް މީޑިއާ އެކައުންޓުތަކުގައި ވަނީ އިއުލާންކޮށްފަ އެވެ.

އެގޮތުން ޓުވިޓާ، ޓެލެގްރާމް، ފޭސްބުކް އަދި ރެޑިޓްގެ އެކައުންޓުތަކުން އެ ހަބަރު ވަނީ ގެނެސްދީފަ އެވެ. އޭގެ ތެރެއިން ބައެއް އެކައުންޓުތަކަކީ ޓެރަރިސްޓުނާ ގުޅުން އޮތް އެކައުންޓުތައްކަން މި ނޫހުން ވަނީ ކަށަވަރުކޮށްފަ އެވެ.

މަރުވި ކަމަށް އިއުލާންކޮށްފައި ވަނީ އަބޫ އަބްދުއްރަހްމާން ނުވަތަ އަބޫ ހާޖަރެވެ. އޭނާގެ އަސްލު ނަން ހާމަކޮށްފައެއްނުވެ އެވެ. އޭނާ މަރުވެފައި ވަނީ ސީރިޔާ ސަރުކާރާއި ރަޝިޔާގެ ހަނގުރާމަމަތީ ސިފައިން ގުޅިގެން އިދްލީބުގެ ކޮންޓްރޯލް ނެގުމަށް ހިންގި ވަރުގަދަ އޮޕަރޭޝަނެއްގައި ކަމަށްވެ އެވެ. އަދި ދިވެހި މީހާ މަރާލީ ސީރިޔާ ސިފައިންގެ ސްނައިޕަރަކު ބަޑިޖަހައިގެން ކަމަށްވެ އެވެ.

ސީރިޔާގައި ދިވެއްސަކު އަނެއްކާ ވެސް މަރުވުމާ ގުޅިގެން މުހިންމު ދެ ކަމެއް ފާޅުވެއްޖެ ކަމަށް ޓެރަރިޒަމްގެ މައްސަލަތަކާ ގުޅޭ ތަޖުރިބާކާރު އަދި ރާއްޖޭގެ ޓެރަރިޒަމްގެ ހާލަތު ދިރާސާ ކުރައްވާ އާޒިމް ޒާހިރު ފާހަގަ ކުރައްވަ އެވެ. އެއް ކަމަކީ އަދި ވެސް ސީރިޔާއި ދިވެހިން ހަނގުރާމަ ކުރުމެވެ. އަނެއް ކަމަކީ ސީރިޔާގައި އުޅޭ ފަރާތްތަކާ ގުޅިގެން ރާއްޖޭގައި މީހުން ހަރަކާތްތެރިވުމެވެ.

"އެ މީހާގެ މަހާނައިގެ ފޮޓޯއެއް ވެސް ޝެއާކޮށްފަ އިނީ އެކައުންޓުތަކުން. މީގެން އެނގިގެންދަނީ އެ ސަރަހައްދުގައި ދިވެހިން އުޅޭކަން. އަދި އެމީހުންނާ ގުޅިގެން މަސައްކަތް ކުރާ ބަޔަކު ރާއްޖޭގައި އުޅޭކަން،" އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން އެފަދަ ޓެރަރިސްޓު އެކައުންޓުތަކުން ކުރާ ޕޯސްޓުތަކަށް ލައިކްކޮށް ހެދުން ވެސް އެއީ މައްސަލައެއްގެ ގޮތުގައި އާޒިމް ފާހަގަ ކުރައްވަ އެވެ.

އެޗްޓީއެސްއަކީ ކުރިން ދިވެހި ޓެރަރިސްޓުންގެ ތެރޭގައި މަގްބޫލް ޖަމާއަތް އަލް ނުސްރާ ފްރަންޓާއި ޖަބްހަތު ފަތަހް އަލް ޝާމް އެކުވެގެން އުފެދުނު ޖަމާއަތެކެވެ. އޭގެ އިތުރުން ދިވެހިން ދެން އެންމެ ގިނައިން ހަނގުރާމަކޮށްފައި ވަނީ ޓެރަރިސްޓު ޖަމާއަތް އައިސިސްއާ ގުޅިގެންނެވެ.

އެޗްޓީއެސް ކުރިން މަސައްކަތް ކުރީ ސީރިޔާގެ ސަރުކާރު އަދި އެތަނުގައި ހަނގުރާމަ ކުރި ބައެއް އެހެން ޖަމާއަތްތަކާ ދެކޮޅަށް ޖިހާދުގެ ނަމުގައި ހަރަކާތްތެރިވާ ގްރޫޕެއްގެ ގޮތުގަ އެވެ. ނަމަވެސް މިހާރު އެ ޖަމާއަތުން މަސައްކަތް ކުރަނީ އިދުލީބުގައި ވަކި ސަރުކާރެއް ހަދައި ދުނިޔޭގެ ބަލައިގަތުން ހޯދުމަށެވެ.

ތަޖުރިބާކާރު ބުނާ ގޮތުގައި އެޗްޓީއެސްގެ ލީޑަރު އަބޫ މުހައްމަދު އަލް ގޮލާނީ މިހާރު މަސައްކަތް ކުރަނީ ހުޅަނގުގެ ގައުމުތަކުގެ ރުހުން ހޯދުމަށެވެ. އެމެރިކާގެ ޕީބީއެސް ފްރޮންޓްލައިނަށް ނިމިދިޔަ އޭޕްރީލް މަހު ގޮލާނީ އިންޓަވިއުއެއް ދިނުމަކީ ރުހުން ހޯދުމުގެ އެޖެންޑާގެ ތެރެއިން ހިންގި ހަރަކާތެއް ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox