އެފްއޭއެމާއި އާކްގެ މަސައްކަތް ރައީސް ފާހަަގަކުރައްވައިފި

Aug 9, 2021, 5:28 AM
ޯވޯލްޑް ކަޕް ކޮލިފައިން މެޗެއްގެ ތެރެއިން އެފްއޭއެމްގެ ރައީސް ބައްސާމް (ކ) ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް ޖޯޒީއެއް ހަދިޔާކުރައްވަނީ

ޯވޯލްޑް ކަޕް ކޮލިފައިން މެޗެއްގެ ތެރެއިން އެފްއޭއެމްގެ ރައީސް ބައްސާމް (ކ) ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް ޖޯޒީއެއް ހަދިޔާކުރައްވަނީ

މުޖުތަމައުގައި އުޅޭ ކުޑަކުދިންނަށް ފުޓްބޯޅައިގެ ތެރެއިން ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ހާއްސަ އަމާޒެއްގައި އެފްއޭއެމް އާއި އެޑްވޮކޭޓިން ރައިޓްސް އޮފް ޗިލްޑްރެން (އާކް) އިން އެކުލަވާލި "އެފްއޭއެމް ޗައިލްޑް ސޭފްގާޑިން ޕޮލިސީ" ގެ މަސައްކަތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފާހަގަކުރައްވައިފި އެވެ.

ބުރާސްފަތި ގަލޮޅު ދަނޑުގައި ބޭއްވި ހަފްލާއެއްގައި އެފްއޭއެމްގެ މި ޕޮލިސީ ލޯންޗް ކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ފަޒްނާ އަހްމަދެވެ.

ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ފުޓްބޯޅައިގައި ބައިވެރިވެ އުޅޭ ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކޮށްދެވޭނެ ފަދަ ޕޮލިސީ އެއް ކަމަށެވެ.

Advertisement

"މަދަނީ މުޖުތަމައުން ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރަން އަމިއްލަ އަށް އިސްނަަގައިގެން ކުރާ މި ފަދަ ކަންތައްތަކުގެ ސަބަބުން ހިތަށް ވަރަށް ބޮޑު ފިނިކަމެއް ލިބިގެންދޭ،" ރައީސް ވިދާޅުވި އެވެ.

އެފްއޭއެމް އިން މި ލޯންޗްކުރި ޗައިލްޑް ސޭފްގާޑިން ޕޮލިސީ އަކީ އެފްއޭއެމް ފައުންޑޭޝަނުން ކުރި މަސައްކަތެކެވެ. މިދިޔަ އަހަރު ނޮވެމްބަރު މަހު ލޯންޗް ކުރެވުނު އެފްއޭއެމް ފައުންޑޭޝަނުން ވަނީ މިހާތަނަށް ވެސް މުޖުތަމައު އަށް ފައިދާހުރި ގިނަ ޕްރޮޖެކްޓްތަކެއް ކުރިއަށް ގެންގޮސްފަ އެވެ.

މި ޕޮލިސީ އިން ކަށަވަރުކޮށްދޭ ކަންތައްތަކަށް ބަލާއިރު، ކޮންމެ ކަމެއް ނިންމުމުގައި ވެސް ކުއްޖާގެ ހައްގަށް އިސްކަން ދިނުމާއި ކުޑަކުދިންގެ ހައްގުތަކަށް ހުރިހާ ފަރާތެއް އިހުތިރާމްކުރުމާއި އެއްވެސް ޒާތެއްގެ ނަސްލީ ތަފާތުކުރުމެެއް ނުގެންގުޅުން ހިމެނެ އެވެ. ދެން ހިމެނެނީ ބޮޑެތި މީހުންގެ ޒިންމާ ބޮޑުވާ ގޮތްގޮތަށް ކުޑަކުދިންގެ ހައްގު ކަށަވަރުކުރުން އަދި ކުދިންގެ ހައްގަށް އިސްކަންދީގެން އެފްއޭއެމުން ވެސް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމެވެ.

ކުޑަކުދިންގެ ހައްގުގައި މި ލޯންޗްކުރެވުނު ޕޮލިސީގެ ކަންކަން ތަންފީޒްކުރަން އެފްއޭއެމުން ވެސް ގިނަ ކަންތައްތަކެއް ކުރާނެ އެވެ. އެގޮތުން އެފްއޭއެމުން ހާއްސަ ސޭފްގާޑް ޔުނިޓެއް އެކުލަވާލައި ޗައިލްޑް ސޭފްގާޑް ކޮމިޓީއެއް ހަދައި ޗައިލްޑް ސޭފްގާޑް އޮފިސަރެއް އައްޔަނުކޮށް އަދި ޗައިލްޑް ސޭފްގާޑް ފޯކަލް ޕޮއިންޓުން ހަމަޖައްސާނެ އެވެ. މީގެ ތެރެއިން ފޯކަލް ޕޮއިންޓް ހަމަޖައްސަން ޖެހޭނީ ކްލަބްތަކާއި އެކަޑަމީތަކުގަ އެވެ. އޭގެ އެންމެ ބޮޑު ބޭނުމަކީ ޗައިލްޑް ސޭފްގާޑާ ގުޅޭ ކަންކަމުގައި ސީދާ ޝާމިލުވެ އުޅޭ ފަރާތެއް އެނގޭ ގޮތަށް ހުރުމެވެ.

އެފްއޭއެމުން ވަނީ ޗައިލްޑް ސޭފް ގާޑިން ޕޮލިސީއާ ގުޅޭ މައުލޫމާތުގެ ސެޝަނެއް އައްޑޫ ސިޓީގައި ކުރިއަށް ގެންގޮސްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox