ސައުދީ އަރަބިއްޔާގައި ކޮވިޑް ޖެހިގެން މަރުވާ ސިއްހީ މަސައްކަތްތެރިންގެ އާއިލާތަކަށް ބަދަލު ދެނީ

ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގައި ކޮވިޑާ ދެކޮޅަށް މަސައްކަތް ކުރާ ސިއްހީ ދާއިރާގެ މުވައްޒަފުން.-- ފޮޓޯ: އޭއެފްޕީ

ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގައި ކޮވިޑާ ދެކޮޅަށް މަސައްކަތް ކުރާ ސިއްހީ ދާއިރާގެ މުވައްޒަފުން.-- ފޮޓޯ: އޭއެފްޕީ

ރިޔާދް، ސައުދީ އަރަބިއްޔާ (އޯގަސްޓު 8) - ކޮވިޑުގައި މަރުވާ ސައުދީ އަރަބިއްޔާގެ ސިއްހީ މަސައްކަތްތެރިންގެ އާއިލާތަކަށް ބަދަލުގެ ގޮތުގައި ފައިސާގެ އެހީ ދޭން ފަށައިފި އެވެ.

ދައުލަތުގެ މީޑިއާއިން އާދީއްތަ ދުވަހު އެގޮތަށް ރިޕޯޓު ކުރިއިރު، މިދިޔަ އަހަރު ސައުދީ ސަރުކާރުން އިއުލާނު ކުރި ގޮތުގައި ކޮންމެ އާއިލާއަކަށް ވެސް ބަދަލުގެ ގޮތުގައި 500,000 ސައުދީ ރިޔާލު (133،000 ޑޮލަރު) ލިބޭނެ އެވެ.

މި އެހީ ދިނުމުގައި މަރުވި މުވައްޒަފު ނިސްބަތްވަނީ ސަރުކާރު ނުވަތަ އަމިއްލަ ހޮސްޕިޓަލަކަށްތޯ، މަދަނީ ނުވަތަ އަސްކަރީ ހޮސްޕިޓަލަކަށްތޯ ނުބަލާނެ ކަމަށާއި ސައުދީ ރައްޔިތުންނާއި އެހެން ގައުމުތަކުގެ ރައްޔިތުންގެ މެދުގައި ތަފާތު ނުކުރާނެ ކަމަށް ބުނެފައި ވެ އެވެ.

ތެލުގެ މުއްސަނދިކަން ލިބިފައިވާ ސައުދީ ސަރުކާރުން ބުނީ އެ ނިންމުމުގައި ބަލާނީ ސައުދީ އަރަބިއްޔާގެ އެންމެ ފުރަތަމަ ކޮވިޑް ކޭސް ފެނުނު މާޗް 2، 2020 ވަނަ ދުވަހުން ފެށިގެން މަރުވި ސިއްހީ މަސައްކަތްތެރިންނަށް ކަމަށެވެ.

ސައުދީ އަރަބިއްޔާއިން ކޮވިޑުގައި މިހާތަނަށް މަރުވީ ކިހާ އަދަދެއްގެ ސިއްހީ މަސައްކަތްތެރިންނެއް ކަމެއް ސާފެއް ނޫނެވެ. ނަމަވެސް އެހެން ގައުމުތަކުގެ އެތައް ހާސް ރައްޔިތުން ސިއްހީ މަސައްކަތްތެރިންގެ ގޮތުގައި ސައުދީގައި މަސައްކަތް ކުރެ އެވެ.

ބަލިމަޑުކަމުގެ އަސަރު ކުޑަ ކުރުމުގެ ގޮތުން ސައުދީ އަރަބިއްޔާއިން މަސައްކަތް ކުރަމުން ދަނީ ވެކްސިން ޕްރޮގްރާމްގެ ދުވެލި އަވަސް ކުރުމަށެވެ. އެގޮތުން ސަރުކާރުގެ އެއްވެސް އިމާރާތަކަށް ވަދެވޭނީ ވެކްސިން ޖަހާފައިވާ މީހުންނަށް ކަމަށް އަންގާފައި ވެ އެވެ.

އޭގެ އިތުރުން ތައުލީމް ފޯރުކޮށްދޭ ތަންތަނާއި މުނިފޫހިފުލުވުމުގެ މަރުކަޒުތައް އަދި އާއްމު ދަތުރުފަތުރުގެ ނިޒާމު ވެސް ބޭނުން ކުރެވޭނީ ހަމައެކަނި ވެކްސިން ޖަހާފައިވާ މީހުންނަށެވެ.

ހެލްތު މިނިސްޓްރީން ހޮނިހިރު ދުވަހު އިއުލާނު ކުރި ގޮތުގައި މިހާތަނަށް ވެކްސިންގެ 29 މިލިއަން ޑޯޒް ދޫކޮށްފައިވާއިރު، 35 މިލިއަން މީހުންގެ އާބާދީގެ ތެރެއިން ގާތްގަނޑަކަށް 10 މިލިއަން މީހުން ވަނީ ވެކްސިންގެ ޑޯޒު ފުރިހަމަކޮށްފަ އެވެ.

ސައުދީ އަރަބިއްޔާއިން މިހާތަނަށް ކޮވިޑް ބަލީގެ 532،000 ކޭސް ފެނިފައި ވާއިރު، 8،300 މީހުން މި ބަލީގައި މަރުވެފައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox