ހޯމަ ދުވަހުން ފެށިގެން އެހެން ގައުމުތަކުގެ މީހުންނަށް އުމްރާ ހުޅުވާލަނީ

މި އަހަރު ކުރިއަށް ދިޔަ ހައްޖުގެ އަޅުކަމުގައި ބައިވެރިވުމުގެ ފުރުސަތު ލިބުނީ ސައުދީ އަރަބިއްޔާގައި ދިރިއުޅޭ ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް އެކަނި. -- ފޮޓޯ: އޭއެފްޕީ

މި އަހަރު ކުރިއަށް ދިޔަ ހައްޖުގެ އަޅުކަމުގައި ބައިވެރިވުމުގެ ފުރުސަތު ލިބުނީ ސައުދީ އަރަބިއްޔާގައި ދިރިއުޅޭ ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް އެކަނި. -- ފޮޓޯ: އޭއެފްޕީ

ރިޔާދް، ސައުދީ އަރަބިއްޔާ (އޯގަސްޓު 8) - ކޮވިޑް ބަލިމަޑުކަމާ ގުޅިގެން ސައުދީ އަރަބިއްޔާގެ ބޯޑަރު ބަންދު ކުރިތާ 18 މަސް ފަހުން، އެހެން ގައުމުތަކުގެ ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް އުމްރާގެ އަޅުކަމަށް މައްކާއަށް ޒިޔާރަތް ކުރުމުގެ ހުއްދަ ދޭން ތައްޔާރުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ، ސައުދީ ޕްރެސް އެޖެންސީން ރިޕޯޓު ކުރި ގޮތުގައި ބޭރުގެ އުމްރާވެރިންގެ ކަންކަން ބެލެހެއްޓުމާ ހަވާލުވެފައިވާ މިނިސްޓްރީގެ ކަމާ ބެހޭ ފަރާތްތަކުން ހޯމަ ދުވަހުން ފެށިގެން އެކި ގައުމުތަކުގެ މީހުން އުމްރާ ކުރުމަށް އެދި ފޮނުވާ ރިކުއެސްޓުތައް ބަލައިގަންނަން ފަށާނެ އެވެ.

ކޮވިޑުގެ ބަލިމަޑުކަމާ ހެދި އުމްރާ އާއި ހައްޖުގެ އަޅުކަމަށް ވެސް ވަރަށް ބޮޑަށް ބުރޫއެރި އެވެ. އެތައް މިލިއަން މީހުން ކޮންމެ އަހަރަކު ވެސް މި ދެ އަޅުކަން އަދާ ކުރާއިރު، ބަލިމަޑުކަމަށް ފަހު އެ ފުރުސަތު ލިބެމުން ދަނީ ވަރަށް މަދު އަދަދެއްގެ މީހުންނަށެވެ.

މީގެ ކުރިން އުމްރާ ކުރުމުގެ ހުއްދަ ދޫކުރަމުން ދިޔައީ ހަމައެކަނި ވެކްސިން ފުރިހަމަކޮށްފައިވާ ސައުދީ އަރަބިއްޔާގައި ދިރިއުޅޭ މީހުންނަށް އެކަންޏެވެ.

ސައުދީ ޕްރެސް އެޖެންސީން ބުނީ އުމްރާ ކުރުމަށް ސައުދީ އަރަބިއްޔާއަށް އެތެރެވާން ބޭނުންވާ ފަރާތްތަކުގެ ވަކި ޝަރުތުތަކެއް ފުރިހަމަ ވާން ޖެހޭ ކަމަށެވެ. އެގޮތުން ސައުދީން ބަލައިގަންނަ ކޮވިޑް ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަކޮށްފައި ވުމާއި، ކަރަންޓީނު ވާން އެއްބަސްވާން ޖެހެ އެވެ.

ބަލިމަޑުކަމުގެ އަސަރު ކުޑަ ކުރުމުގެ ގޮތުން ސައުދީ އަރަބިއްޔާއިން މަސައްކަތް ކުރަމުން ދަނީ ވެކްސިން ޕްރޮގްރާމްގެ ދުވެލި އަވަސް ކުރުމަށެވެ. އެގޮތުން ސަރުކާރުގެ އެއްވެސް އިމާރާތަކަށް ވަދެވޭނީ ވެކްސިން ޖަހާފައިވާ މީހުންނަށް ކަމަށް އަންގާފައި ވެ އެވެ.

އޭގެ އިތުރުން ތައުލީމް ފޯރުކޮށްދޭ ތަންތަނާއި މުނިފޫހިފުލުވުމުގެ މަރުކަޒުތައް އަދި އާއްމު ދަތުރުފަތުރުގެ ނިޒާމު ވެސް ބޭނުން ކުރެވޭނީ ހަމައެކަނި ވެކްސިން ޖަހާފައިވާ މީހުންނަށެވެ.

ސައުދީ އަރަބިއްޔާއިން މިހާތަނަށް ކޮވިޑް ބަލީގެ 532،000 ކޭސް ފެނިފައި ވާއިރު، 8،300 މީހުން މި ބަލީގައި މަރުވެފައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox