ޕީއެސްޖީން މޮޅަކުން ލީގު ފަށައިފި

Aug 8, 2021, 5:38 AM
ލަނޑު ޖެހުމަށް ފަހު ޕީއެސްޖީގެ އިކާޑީ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ޕީއެސްޖީގެ އިކާޑީ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޕެރިސް (އޮގަސްޓް 8) - ފްރެންޗް ލީގުގެ އާ ސީޒަނުގައި ޕީއެސްޖީ ކުޅުނު ފުރަތަމަ މެޗުން ރޭ ފަހަތުން އަރައި 2-1 އިން ޓްރޯޔެސްގެ މައްޗަށް ކުރިހޯދައިފި އެވެ.

މީގެ ފަސް ދުވަސް ކުރިން ފްރެންޗް ސުޕަ ކަޕްގައި ލިލް އަތުން ބަލިވުމުން ޕީއެސްޖީން ލީގުގެ ފުރަތަމަ މެޗުން ރަނގަޅު ކުޅުމަކާ އެކު މޮޅެއް ހޯދަން އަމާޒުހިފި އެވެ. އެކަަމަކު، ޓްރޯޔެސް ކައިރީގައި ޕީއެސްޖީ އަށް އެންމެ ރަނގަޅު ކުޅުމެއް ނުދެއްކުނެވެ. މެޗުން މޮޅުވެވުނީ ވެސް ލިބުނު ބޯޅަތަކަށް ބަލާއިރު މަދު ފުރުސަތުތަކެއްގެ ބޭނުން ހިފައިގެންނެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ޓްރޯޔެސް އިން ވަނީ މެޗުގެ ނުވަ ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. މި ގޯލު ކާމިޔާބުކުރީ އޫލިދު އެލް ހައްޔާމް ބޮލުންނެވެ. ޓްރޯޔެސް އަށް ލީޑު ހިފަހައްޓައިލެވުނީ 10 މިނިޓް އެވެ. އެންޑަ ހެރޭރާ ދިން ބޯޅަ އަކުން މެޗުގެ 19 ވަނަ މިނިޓްގައި އަޝްރަފް ހަކީމީ ވަނީ ޕީއެސްޖީ އަށް އެއްވަރުކޮށްދީފަ އެވެ. ހަކީމީ އަކީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޕީއެސްޖީން ގަތް ކުޅުންތެރިއެކެވެ.

Advertisement

ނަތީޖާ ހަމަހަމަ ކުރިތާ ދެ މިނިޓް ފަހުން ޕީއެސްޖީން ވަނީ ލީޑުނަގައިފަ އެވެ. މި ގޯލު ޖެހީ ކީލިއަން އެމްބާޕޭ ދިން ބޯޅައަކުން މައުރޯ އިކާޑީ އެވެ. ފަހުން ވެސް ލަނޑު ޖަހާނެ ރަނގަޅު ބޯޅަތަކެއް ލިބުނު ނަަމަވެސް ޕީއެސްޖީ އަށް ބޭނުމެއް ނުހިފުނެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޕީއެސްޖީން ގެނައި ލިވަޕޫލްގެ މިޑްފީލްޑަރު ޖިއޮޖީނިއޯ ވައިނަލްޑަމް ރޭގެ މެޗުގައި ކުޅުނެވެ. އެކަމަކު، ސާޖިއޯ ރާމޯސް އާއި ޖިއަންލުއީޖީ ޑޮންނަރުންމާ މި މެޗުގައި ވެސް ނުފެނެ އެވެ.

ޕީއެސްޖީން އަންނަނީ ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ގެންނަން މަޝްވަރާކުރަމުންނެވެ. އަދި ކުރިއަށް އޮތް ދެ ދުވަސް ތެރޭ އެ ޓްރާންސްފާގެ ކަންކަން ނިމޭނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

އެކަމަކު، ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ މެސީގެ ޓްރާންސްފާއާ ބެހޭގޮތުން ވަރަށް ގިނަ ގޮތްގޮތަށް ވަރަށް ގިނަ ވާހަކަ އެބަދެކެވޭ ކަމަށާއި އޭނާގެ ވިސްނުމަކީ ވާދަކުރާ ކޮންމެ މުބާރާތެއް ކާމިޔާބު ކުރެވޭ ވަރަށް ޕީއެސްޖީ ވަރުގަދަ ވުން ކަމަށެވެ.

ލީގުގައި ރޭ ލިޔޯން ކުޅުނު މެޗުން ވަނީ 1-1 އިން ބްރެސްޓާ އެއްވަރުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޗެލްސީ ބަލިކޮށް ޓޮޓެންހަމް އިން ހިންދެމިލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީގެ މައްޗަށް 2-0 އިން ކުރިހޯދައި، ޓޮޓެންހަމް އިން އެ ޓީމުގެ ދަނޑުގައި 37 އަހަރު ތެރޭ ދެވަނަ ފަހަރަށް ތާރީހީ މޮޅެއް ހޯދައިފި. ޗެލްސީގެ ކީޕަރު އަތުން ބައިކޮޅަށް ވަން ލަނޑަކާއި މަތީސް ޓެލް ޖެހި ގޯލުން ޓޮޓެންހަމް މޮޅުވިއިރު، މި މެޗުގައި ޗެލްސީގެ ތަރި ކޯލް ޕާމާ އަށް ވަނީ ރަތް ކާޑު ދައްކާފައި.

ރިޒޭ ދެއްކި ތަފާތާ އެކު ވިކްޓަރީން އޮޑި ބަލިކޮށް ލީޑުގައި

އަހުމަދު ރިޒްވާން (ރިޒޭ) ކާމިޔާބުކުރި ދެ ލަނޑާއެކު، އޮޑި ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށް ވިކްޓަރީން ލީގު ތާވަލުގެ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މޮޅާއެކު ވިކްޓަރީން 16 ޕޮއިންޓް ހޯދާފައިވާއިރު، އެ ޓީމަކީ މިހާތަނަށް ލީގުގައި ބަލިނުވެ އޮތް ދެ ޓީމުން ކުރެ އެއް ޓީމު.

ވިލާ އިން ސިޓީގެ ރެކޯޑް ނިމުމަކަށް، އާސެނަލް ފައިދާނަގައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާ އަތުން 2-1 އިން ބަލިވެ މެންޗެސްޓާ ސިޓީގެ މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް އައިއިރު، އެވަޓަން ބަލިކޮށް އާސެނަލުން ވަނީ ސިޓީއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފައެވެ. ނަމަވެސް، ލަނޑުގެ ތަފާތުން ސިޓީ އަދިވެސް ތާވަލުގެ އެއްވަނައިގައި އޮތްއިރު، އާސެނަލް އޮތީ ދެވަނައިގައެވެ.

ބޮޑު މޮޅެއް ހޯދައި ނިއު އިން އީގަލްސްގެ ރެކޯޑް ނިމުމަކަށް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް 7-1 އިން ބަލިކޮށް، ނިއު ރޭޑިއަންޓް ލީގުގެ ދެ ވަނަ އަށް ޖެހިލައިފި. މި ނަތީޖާއާއެކު މި ސީޒަނުގައި އީގަލްސް ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަށް ނިމުން އައިސްފައިވާއިރު، ދެ ޓީމަށްވެސް މިހާރު ލިބިފައިވަނީ 11 ޕޮއިންޓު.

ކޮމްޕެނީ ޓީމާ ގުޅޭނީ އެއްކޮށް ފިޓްވުމުން: ބަޔާން

ބަޔާން މިއުނިކްގެ ކޯޗު ވިންސެންޓް ކޮމްޕެނީގެ ސިއްހީ ހާލަތު ގޯސްވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާތީ، އޭނާ އަލުން ޓީމާ ގުޅޭނީ ފުރިހަމައަށް ފިޓްވުމުން ކަމަށް އެ ކްލަބުން ބުނެފި. ކޮމްޕެނީއަށް ފަރުވާދެމުންދާ މި ދަނޑިވަޅުގައި ޓީމުގެ ތަމްރީނުތަކާއި ކުރިއަށް ހުރި މެޗުތަކުގައި އިރުޝާދުދޭނީ އެސިސްޓަންޓް ކޯޗުން

ފަލަސްތީނު 17 އަހަރުން ދަށުގެ ޓީމު ރާއްޖެ އަށް

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ތަމްރީނު ކޭމްޕަކަށް މި މަހު ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައި. މި ދަތުރުގައި ކ. ގުރައިދޫގައި ކޭމްޕްކޮށް، ރާއްޖޭގެ ޒުވާން ޓީމާ ދެކޮޅަށް ދެ މެޗެއް ކުޅުމަށް ވަނީ ނިންމާފައި. މިއީ އޭއެފްސީ ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުންނާއި ދެ ގައުމުގެ ގުޅުމަށް ފައިދާކުރާނެ ކަމެއް.

ކޮންޓޭ، މެންޗެސްޓާ ޔުނައިޓެޑާ ގުޅޭ ވާހަކަތައް ދޮގުކޮށްފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމަށް މަޝްވަރާކުރަމުންދާ ކަމަށް މީޑިއާތަކުން ފަތުރާ ޚަބަރުތައް އެންޓޯނިއޯ ކޮންޓޭ ދޮގުކޮށްފި. އޭނާ ބުނިގޮތުގައި އެއްވެސް ކްލަބަކާއެކު މިހާތަނަށް މަޝްވަރާކޮށްފައި ނުވާނެ ކަމަށާއި، އޭނާ ބޭނުންވަނީ އިހުތިރާމާއެކު ކުރިއަށްދެވޭނެ ރަނގަޅު ޕްރޮޖެކްޓެއް.

Newsletter

Get the latest news delivered straight to your inbox