ޖަލަށް މަނާ ތަކެތި ވެއްދުން ހުއްޓުވެންދެން، އޮޕަރޭޝަންތައް އިތުރު ކުރަނީ

ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދު ފުޅު ޖަލުގެ ހާލަތު ބައްލަވާ ލައްވަނީ: މި ދިޔަ ހަފްތާ ހިންގި އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ މަނާ ތަކެތި އަތުލާގަނެފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ 44 މޯބައިލް ފޯނު ހިމެނޭ ކަމަށް ކަރެކްޝަނުން ބުނޭ-- ފޮޓޯ: ކަރެކްޝަން

ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދު ފުޅު ޖަލުގެ ހާލަތު ބައްލަވާ ލައްވަނީ: މި ދިޔަ ހަފްތާ ހިންގި އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ މަނާ ތަކެތި އަތުލާގަނެފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ 44 މޯބައިލް ފޯނު ހިމެނޭ ކަމަށް ކަރެކްޝަނުން ބުނޭ-- ފޮޓޯ: ކަރެކްޝަން

ޖަލުތަކަށް މަނާ ތަކެތި ވައްދާ މައްސަލަ ހައްލު ކުރެވެންދެން އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ ކަމަށް މޯލްޑިވްސް ކަރެކްޝަންސް ސާވިސް އިން ބުނެފި އެވެ.

މީގެ ކުރިންވެސް ޖަލުތަކުން ވަނީ ޖަލަށް ވެއްދުން މަނާ ތަކެތި އަތުލައިގެންފަ އެވެ. ޖަލަށް މަނާ ތަކެތި ވެއްދުމަކީ މިހާރު ވެސް ހިނގަމުންދާ ކަމެއް ކަމަށް ކަރެކްޝަނުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދު ފުޅު ވިދާޅުވީ ހުސްވި ހަފްތާތެރޭ އައްސޭރިޖަލާއި މާފުށީ ޖަލުގައި ގިނަ އޮޕަރޭޝަންތަކެއް ކުރިއަށް ގެން ގޮސްފައިވާ ކަމަށެވެ.

އަދި ޖަލުތަކަށް ތަކެތި ވައްދާ މައްސަލައަށް ދާއިމީ ހައްލު ހޯދެންދެން، އަވަސްއަވަހަށް އޮޕަރޭޝަންތައް ކުރިޔަށް ގެންދެވޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެ އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ މަނާ ތަކެތި އަތުލާގަނެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 44 މޯބައިލް ފޯނާއި، 8 މޯބައިލް ފޯނު ބެޓެރި، 7 ސިމް ކާޑު، 7 ފޯނު ހެޑްސެޓު، 22 މޯބައިލް ފޯނު ޗާޖަރު، 3 ޕެން ޑްރައިވްގެ މަސްތުވާ ތަކެއްޗަށް ޝައްކުކުރެވޭ 10 ރަބަރު ޕެކެޓު ކަމަށް ކަރެކްޝަނުން މައުލޫމާތުދެ އެވެ.

ގައިދީންނާ ބައިވެރިވެގެން ޖަލަށް މަނާ ތަކެތި ވައްދަން އެހީތެރިވަނީ ޖަލު އޮފިސަރުން ކަމަށް އަހުމަދު ވަނީ މީގެ ކުރިން "އަދަދު" އަށް ދެއްވި އިންޓަވިއު އެއްގައި ވިދާޅުވެފަ އެވެ.

އަދި އެ ފަރާތްތަކަށްވެސް ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު މި ދަނީ އެންމެ ޖޫނިއާ ލެވެލްގެ މީހުންނާއެކު ސިޓް ކުރަމުން. އަޅުގަނޑު ބުނެފައި އޮންނާނީ އެއްވެސް ވަރަކަށް ޓޮލެރޭޓް ނުކުރާނަމޭ އެކަހަލަ އެއްވެސް މައްސަލައެއް. އެކަހަލަ މައްސަލައެއް ދިމާވެގެން ފިޔަވަޅު އަަޅަންޖެހިއްޖެޔާ އެންމެ ހަރުކަށި ފިޔަވަޅު އަޅާނީ. އަދި އިދާރީ ފިޔަވަޅު އެޅުމަށްފަހު ނިންމައެއް ވެސް ނުލާނަން. ޖިނާއީ ތަހުގީގު ކުރުމަށް ފޮނުވަން ވެސް މި ތިބީ ތައްޔާރަށް،"

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox