އިންޑަސްޓްރިއަލް ވިލެޖަކީ ސިޓީ ކައުންސިލުގެ ބިމެއް ނޫންކަން އަންގައިފި

ސްޓެލްކޯއަށް އިންޑަސްޓްރިއަލް ޒޯނުން ދީފައިވާ ބިން: އެ ބިން ވަނީ ހުސްކޮށްފައި-- ފޮޓޯ: ހުސައިން ޝަޔާހް

ސްޓެލްކޯއަށް އިންޑަސްޓްރިއަލް ޒޯނުން ދީފައިވާ ބިން: އެ ބިން ވަނީ ހުސްކޮށްފައި-- ފޮޓޯ: ހުސައިން ޝަޔާހް

މާލޭ އިންޑަސްޓްރިއަލް ވިލެޖަކީ މާލެ ސިޓީ ކައުންސިލުގެ އިހުތިސޯސްގެ ދަށުގައި އޮތް ބިމެއް ނޫން ކަން ޕްލޭނިން މިނިސްޓްރީން މިއަދު އަންގައިފި އެވެ.

ޕްލޭނިން މިނިސްޓްރީން މިގޮތަށް އަންގާފައިވަނީ މޭރީބްރައުން ކުރިމަތިން އިންޑަސްޓްރިއަލް ޒޯން ބިއްދޮށުން ސްޓެލްކޯއަށް 2016 ވަނަ އަހަރު ދީފައިވާ 21،000 އަކަފޫޓްގެ ބިމެއް ސިޓީ ކައުންސިލުން އަތުލިކަމުގެ ތުހުމަތު ކުރެވިފައިވަނިކޮށެވެ.

އެ ބިން ސްޓެލްކޯއިން އޮތީ ވަށައިގެން ފެންސް ޖަހައި ބަންދުކޮށްފައި ވަނިކޮށް މިދިޔަ އީދު ބަންދުގެ ތެރޭގައި އެ ފެންސްގެ ބޮޑު ބައެއް ވަނީ ސިޓީ ކައުންސިލުން ނަގައިފަ އެވެ.

ސިޓީ ކައުންސިލުން އެ ބިން ހުސްކުރިއިރު އެތަނުގެ ތެރޭގައި ގުދަންކޮށް ބަހައްޓާފައި ހުރި ސީސީޓީވީ ހަރުކުރާ ސާމާނުތައް ވެސް ގެއްލިފައިވާ ކަމަށާއި އެ ތަކެތީގެ އަގު ކުރަން ވެސް ދަތި ކަމަށް ސްޓެލްކޯއިން ބުނެފައި ވެ އެވެ.

އެކަމާ ގުޅިގެން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަލް ކަމާލުއްދީން ސޮއިކުރައްވައި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ އެ އިދާރާއިން މާލޭގައި ގާއިމުކުރާ ސަބްސްޓޭޝަންގެ ކޮންސްޓްރަކްޝަން މަސައްކަތަށް ބޭނުންވާ މެޓީރިއަލްސް ފަދަ ތަކެތި ބެހެއްޓުމަށް މާލޭ އިންޑަސްޓްރިއަލް ވިލެޖުން ސްޓެލްކޯއަށް ދޫކޮށްފައިވާ ބިމުގައި ޖަހާފައިވާ ފެންސާއި އެތަނުގައި ބަހައްޓާފައިވާ ތަކެތި ކައުންސިލުން ނަގާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އޭގެ އިތުރުން މާލޭގައި ދެމުންދާ ބަހުގެ ހިދުމަތާއި ގުޅިގެން ބަސްޑެޕޯގެ ގޮތުގައި ބޭނުންކުރުމަށް އިންޑަސްޓްރިއަލް ވިލެޖުގެ ތިން ނަމްބަރު ކޮށިން ވަގުތީގޮތުން ކަނޑައަޅާފައިވާ ބިން މާލެ ސިޓީ ކައުންސިލުން ބަންދުކޮށްފައިވާކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ އިންޑަސްޓްރިއަލް ވިލެޖުގެ ބިމަކީ ސިޓީ ކައުންސިލާ ހަވާލުކުރެވިފައިވާ ބިމެއް ނޫންކަމަށާއި އެ ބިމަކީ ސްޓެލްކޯގެ ބޭނުމަށް ވަގުތީ ގޮތުން ދޫކޮށްފައިވާ ބިމެއް ކަމަށެވެ.

"...އިންޑަސްޓްރިއަލް ވިލެޖުގެ ބިމަކީ ތިޔަ އިދާރާއާ ހާވާލުކުރެވިފައިވާ ބިމެއް ނޫންކަމުގައި ދެންނެވީމެވެ،" އެ ސިޓީގައި ބުންޏެވެ.

އެހެންކަމުން، މާލޭ އިންޑަސްޓްރިއަލް ވިލެޖުން ސްޓެލްކޯގެ ބޭނުމަށް ދޫކޮށްފައިވާ ބިމުގައި ޖަހާފައިވާ ފެންސާއި އެތަނުގައި ހުރި ތަކެތި ކައުންސިލުން ނަގާފައިވާނަމަ އެތަކެތި އެ ކުންފުންޏާ ހަވާލުކޮށް ދިނުމަށް އެ ސިޓީގައި އެދިފައި ވެ އެވެ.

އޭގެ އިތުރުން އިންޑަސްޓްރިއަލް ވިލެޖްގެ ތިން ނަންބަރު ކޮށީގެ ބިން ވެސް ކައުންސިލުން ބަންދުކޮށްފައިވާނަމަ އެކަން ހުއްޓާލުމަށް ވެސް އަންގާފައި ވެ އެވެ.

އެ ސިޓީއާ ގުޅޭގޮތުން އަކްރަމް މިރޭ "އަދަދު"އަށް ވިދާޅުވި ގޮތުގައި އެ ބިމުގެ މައްސަލަ ސާފުކުރަން މުއިއްޒުއަށް ގުޅުއްވި ކަމަށާއި، ނަމަވެސް އެކަމުގެ މައުލޫމާތެއް އެނގިވަޑައިނުގަންނަވާކަމަށް ވިދާޅުވި ކަމަށެވެ،

"ވިދާޅުވި ބައްލަވާލައްވާނަމޭ. އެކަމަކު އޭގެ ފަހުން ފޯނެއް ނުނަންގަވާ. އެހެންވީމާ އަޅުގަނޑުމެން މިއަދު މި ސިޓީ ފޮނުވީ،" އަކްރަމް ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ އިންޑަސްޓްރިއަލް ވިލެޖަކީ ސިޓީ ކައުންސިލާ އެއްވެސް އިރެއްގައި ހަވާލުކޮށްފައިވާ ބިމެއް ނޫން ކަމަށެވެ.

ބިން އަތުލި މައްސަލަ ސްޓެލްކޯއިން ފުލުހުންނަށް ހުށަހެޅުމުން ފުލުހުން ވަނީ ތަހުގީގު ފަށައިފަ އެވެ.

ސްޓެލްކޯއިން ބުނީ އެ ބިން ހުސްކުރުމާ ގުޅޭގޮތުން ސިޓީ ކައުންސިލުން މިހާތަނަށް އެއްވެސް އެއްޗެއް އެ ކުންފުންޏަށް އަންގާފައި ނުވާ ކަމަށެވެ.

އެކަމާ ގުޅޭގޮތުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާ "އަދަދު" އިން ސުވާލު ކުރުމުން ވިދާޅުވީ އެފަދަ ކަމެއް ހިނގިކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox