އެރިކްސަން ހުރީ އަލުން ދަނޑަށް އައުމުގެ އުއްމީދުގައި

Aug 7, 2021, 5:18 AM
މިދިޔަ ސީޒަނުގައި އިންޓަގެ މެޗެއްގެ ތެރެއިން ލަނޑު ޖެހުމަށް ފަހު އެރިކްސަން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މިދިޔަ ސީޒަނުގައި އިންޓަގެ މެޗެއްގެ ތެރެއިން ލަނޑު ޖެހުމަށް ފަހު އެރިކްސަން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މިލާން (އޮގަސްޓް 7) - އިންޓަ މިލާންގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަންގެ ސިއްހީ ހާލަތު ދެނެގަންނަން ހަދާ ޓެސްޓްތަކަށް ފަހު އޭނާ އަޒުމު ކަނޑައަޅައިގެން ހުރީ މި ސީޒަނުގައި އަލުން ދަނޑަށް އެނބުރި އައުމަށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޑެންމާކުން ފިންލެންޑާ ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުގެ ފަހު ކޮޅުގައި އެރިކްސަން ހިތްހުއްޓިގެން ދަނޑުމައްޗަށް ވެއްޓުނެވެ. ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީ ހެދި ޓެސްޓްތަކުން އެނގުނީ އެރިކްސަން ހިތަށް އިމްޕްލާންޓަބަލް ކާޑިއޮވާޓާ ޑެފިބްރިލޭޓާ (އައިސީޑީ) ލައްވަން ޖެހޭ ކަމެވެ.

އެރިކްސަން ހިތަށް އައިސީޑީ ލެއްވިއިރު، އެ ޑިވައިސް އަކީ ހާޓް ރޭޓް ކޮންޓްރޯލް ވަރެއްގައި ދެމެހެއްޓުމަށް ހަރުކުރާ ޑިވައިސް އެކެވެ. ހިތުގެ ވިންދު މާ އަަވަސްވާނަމަ އައިސީޑީން އެ ޑިޓެކްޓްކޮށް ކޮންޓްރޯލް ކުރާނެ އެވެ.

އައިސީޑީ ލައްވައިގެން ހުރެ, އެރިކްސަން އަށް އިޓާލިއަން ލީގުގައި ނުކުޅެވޭނެ ކަމަށް ބުނެފައިވަނިކޮށް އެރިކްސަން ދާދި ފަހުން ވަނީ އިންޓަގެ ޓްރެއިނިން ސެންޓަރަށް ގޮސް ކްލަބްގެ މީހުންނާ ބައްދަލުކޮށްފަ އެވެ. އެރިކްސަން، އިންޓަގެ ޓްރެެއިނިން ސެންޓަރަށް ދިޔައީ އަލުން ކެރިއަރު ކުރިއަށް ގެންދަން ބަލާއިރު ހަދަންޖެހޭ މެޑިކަލް ޓެސްޓްތަކެއް ހެދުމަށެވެ.

އިންޓަ ޓީމުން އެރިކްސަން އަށް ހާއްސަ މަރުހަބާއެއް ކިޔައި އޭނާ އަށް ވަނީ ކުރިއަށް އޮތް ސީޒަނުގެ ޖޯޒީއެއް ހަދިޔާކޮށްފަ އެވެ. އެރިކްސަންއާ ބެހޭގޮތުން އިންޓަ އިން އެ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "ފިޒިކަލީ އަދި މެންޓަލީ" އެރިކްސަން ހުރީ ރަނގަޅަށް ކަމަށެވެ.

އެރިކްސަން އިންޓަގެ ޓްރެއިނިން ސެންޓަރުގައި.

އެރިކްސަން އެ ދުވަހު އިންޓަގެ ސްކޮޑާ އެކު ގިނަ ވަގުތުތަކެއް ހޭދަކުރިއިރު، ކެރިއަރުގައި ކުރިއަށްދިއުމާ ބެހޭގޮތުން ވަނީ ކުޅުންތެރިންނާ އެކު މަޝްވަރާކޮށްފަ އެވެ.

"އެރިކްސަން ހުރީ ހަތަރެއް ނޫނީ ފަސް މަސް ތެރޭ އަލުން ދަނޑަށް ނުކުންނަން އަމާޒު ހިފައިގެން. އޭނާގެ ޓެސްޓްތައް ދަނީ ރަނގަޅަށް،" އިންޓަގެ ކުޅުންތެރިއަކާ ހަވާލާދީ އިޓަލީގެ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެ އެވެ.

އިންޓަ އާއި ޑެންމާކްގެ ހާއްސަ ޑޮކްޓަރުންގެ ޓީމަކުން ހަދާ އެރިކްސަންގެ ޓެސްޓްތަކުގައި ބަލާނީ އޭނާ އަށް އައިސީޑީ ނުލައްވައި ކުޅެވޭނެތޯ އެވެ. އެ ޓެސްޓްތަކުން އެރިކްސަން ފާސްވެއްޖެނަމަ އޭނާ ހަ މަސް ދުވަސް ވަންދެން އިތުރު ޓެސްޓްތަކެއް ހަދާނެ އެވެ.

ގަވާއިދުން ހެދޭ އެ ޓެސްޓްތައް ރަނގަޅުނަމަ ލަސްވެގެން އަށް މަހެއްހާ ދުވަސް ތެރޭ އެރިކްސަން އަށް އަލުން ކުޅުމަށް އެނބުރި އާދެވޭނެ ކަމަށް ޑެންމާކްގެ ޑޮކްޓަރުންނާ ހަވާލާދީ އެ ގައުމުގެ މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ.

އެރިކްސަން އަކީ މިދިޔަ ސީޒަނުގައި އިންޓަ އިން އިޓަލީގެ ޗެމްޕިއަންކަން ހޯދިއިރު، ސީޒަންގެ ފަހު މެޗުތަކުގައި މޮޅު ކުޅުމެއް ދައްކައި މުހިއްމު ގޯލުތަކެއް ޖެހި ކުޅުންތެރިއެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox