ކޮވިޑް ވެކްސިންގެ ބޫސްޓާ ޝޮޓް މަޑުޖައްސާލަން ޑަބްލިއުއެޗްއޯއިން ގޮވާލައިފި

މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑު 19 ގެ ރޯގާއިން ރައްކާތެރިވުމަށް ޖަހާ ވެކްސިން: ބޫސްޓާ ޝޮޓް ޖެހުން ލަސްކޮށްލައިފި ނަމަ ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް މަދުވެގެން 10 ޕަސެންޓު މީހުންނަށް ވެކްސިން ދިނުމަށް މަގުފަހިވާނެ ކަމަށް ޑަބްލިއުއެޗްއޯއިން ބުނޭ..- ފޮޓޯ: އަދަދު

މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑު 19 ގެ ރޯގާއިން ރައްކާތެރިވުމަށް ޖަހާ ވެކްސިން: ބޫސްޓާ ޝޮޓް ޖެހުން ލަސްކޮށްލައިފި ނަމަ ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް މަދުވެގެން 10 ޕަސެންޓު މީހުންނަށް ވެކްސިން ދިނުމަށް މަގުފަހިވާނެ ކަމަށް ޑަބްލިއުއެޗްއޯއިން ބުނޭ..- ފޮޓޯ: އަދަދު

ޖެނީވާ، ސްވިޓްޒަލޭންޑް (އޯގަސްޓު 4) - ކޮވިޑް ވެކްސިންގެ ބޫސްޓާ ޝޮޓު ނުވަތަ ތިން ވަނަ ޑޯޒެއް ދިނުން މަޑުޖައްސާލަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ގޮވާލައިފި އެވެ.

ޑަބްލިއުއެޗްއޯއިން ބުނީ ސެޕްޓެމްބަރު މަސް ނިމެންދެން ބޫސްޓާ ޝޮޓު ދިނުން މަޑުޖައްސާލައިފި ނަމަ ފަގީރު ގައުމުތަކާއި މުއްސަނދި ގައުމުތަކަށް ވެކްސިން ލިބުމުގައި އޮތް ފަރަގު ކުޑަވެ، ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް މަދުވެގެން 10 ޕަސެންޓު މީހުންނަށް ވެކްސިން ދިނުމަށް މަގުފަހިވާނެ ކަމަށެވެ.

އޭއެފްޕީގެ ތަފާސްހިސާބަށް ބަލާއިރު ކޮވިޑް ބަލިމަޑުކަމުގައި މުޅި ދުނިޔެއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 4.2 މިލިއަނަށް އަރާފަ އެވެ. އެންމެ ގިނަ މީހުން މަރުވެފައި ވަނީ އެމެރިކާ، ބްރެޒިލް އަދި އިންޑިއާ އިންނެވެ.

އޮލިމްޕިކް ގޭމްސްގެ ފުރަތަމަ ކްލަސްޓާ

ޖަޕާނުގައި ކޭސްތައް އިތުރުވަމުން ދިޔަ ނަމަވެސް އޮލިމްޕިކް ގޭމްސް ލަސްނުކޮށް ވަނީ ފަށައިފަ އެވެ. މުބާރާތުގައި ވާދަކުރާ ގްރީސްގެ އާޓިސްޓިކް ސްވިމިން ޓީމުގެ ފަސް މެމްބަރުން ކޮވިޑަށް ޕޮޒިޓިވްވުމުން، 12 މެމްބަރުންގެ އެ ޓީމު ވަނީ އައިސޮލޭޓުކޮށްފަ އެވެ.

މުބާރާތުގެ ތަރުޖަމާނު މާސާ ޓަކާޔާ ވިދާޅުވީ އެ ޓީމުން މުބާރާތުގެ ބާކީ އިވެންޓުތަކާ ވަކިވެފައިވާ ކަމަށާއި ކޮވިޑް ސާމްޕަލް ނެގެޓިވް ކަމަށް ދެއްކި ހަތް މެމްބަރުން "ކްލޯޒް ކޮންޓެކްޓްސް" އަށް ހާއްސަ ފެސިލިޓީއެއްގައި ބައިތިއްބާފައިވާ ކަމަށެވެ.

ޓަކާޔާ ވިދާޅުވީ އެއީ މުބާރާތުގެ ތެރެއިން މިހާތަނަށް ފާހަގަވި ފުރަތަމަ ކްލަސްޓާ ކަމަށެވެ. ނަމަވެސް މީގެ ކުރިން މުބާރާތާ ގުޅުން ހުރި 322 މީހަކު ޕޮޒިޓިވްވެފަ ވާއިރު، އޭގެ ތެރޭގައި އެތުލީޓުންނާއި އޮފިޝަލުން އަދި މީޑިއާ ހިމެނެ އެވެ.

ޗައިނާގެ ފިޔަވަޅުތައް ވަރުގަދަ ކުރުން

ޑެލްޓާ ވޭރިއެންޓު ސަބަބުން ޗައިނާގައި ހަލުވިކަމާއެކު ބަލި ފެތުރެމުންދާތީ ބައެއް ސިޓީތަކުގައި މީހުން ގެއިން ނިކުތުން ވަނީ މަނާކޮށްފަ އެވެ. އަދި އެތެރޭގެ ދަތުރުތައް ކުރުމަށް ހުރަސްތައް އަޅާފައިވާއިރު، ގައުމުން ބޭރަށް ދިޔުމުގެ އުސޫލު ވެސް ވަނީ ހަރުކަށިކޮށްފަ އެވެ.

ޗައިނާގެ އިމިގްރޭޝަނުން ބުދަ ދުވަހު ބުނީ ޒަރޫރީ ބޭނުމެއް ޖެހިގެން ނުވަތަ އެމެޖެންސީ ހާލަތެއް މެދުވެރިވެގެން މެނުވީ ގައުމުން ބޭރަށް ދިޔުމަށް ޕާސްޕޯޓާއި އެހެން ލިޔުންތައް ދޫނުކުރާނެ ކަމަށެވެ. ނަމަވެސް ތައުލީމާއި، ވަޒީފާ އަދި ވިޔަފާރީގެ ބޭނުމެއްގައި ކޮންމެހެން ދަތުރު ކުރަން ޖެހޭ ނަމަ ހުއްދަ ލިބޭނެ އެވެ.

މީގެ ކުރިން ޗައިނާގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރީ ވެސް ގައުމުގެ ބޯޑަރުތައް ބަންދުކޮށް، އެއް ފަހަރާ ގިނަ އަދަދެއްގެ މީހުން ޓެސްޓު ކުރުމާއެކު ލޮކްޑައުން ތަންފީޒުކޮށްގެންނެވެ. މިހާރު ބަލި ފެތުރެމުން ދާ ގޮތަށް ބަލާއިރު، ޖުލައި މަހުގެ މެދަކާ ހިސާބުން ފެށިގެން 500 ޑޮމެސްޓިކް ކޭސް ފެނިފައި ވެ އެވެ.

އިރާނުގެ ޖުމްލަ ކޭސްތައް ހަތަރު މިލިއަނަށް

އިރާނުގެ ކޮވިޑުގެ ހާލަތު ގޯހުން ގޯހަށް ދާ ތަން ފެންނައިރު، ބުދަ ދުވަހުގެ ތަފާސްހިސާބުން ދެއްކި ގޮތުގައި އެ ގައުމުގެ ޖުމްލަ ކޭސްތައް ވަނީ ހަތަރު މިލިއަނަށް އަރައިފަ އެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭގައި 39،357 ކޭސް ފެނިފައި ވާއިރު 409 މީހުން މަރުވި އެވެ. އެއާއެކު މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 92،194 އަށް އަރައިފަ އެވެ.

ސަރުކާރުން ބުނެފައި ވަނީ ފަސް ވަނަ ރާޅުގައި ހަލުވިކަމާއެކު ބަލި ފެތުރެމުން ދަނީ ޑެލްޓާ ވޭރިއެންޓުގެ ސަބަބުން ކަމަށެވެ. ބަލި ކޮންޓްރޯލް ކުރަން އަޅަން ޖެހުނު ހުރިހާ ފިޔަވަޅެއް އެޅުމަށް ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ ވަނީ އަމުރު ކުރައްވާފަ އެވެ.

އިންޑޮނީޝިއާގައި އެއް ލައްކަ މަރު

ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގައި ހަލުވިކަމާއެކު ބަލި ފެތުރެމުން ދާއިރު، އިންޑޮނީޝިއާގައި މަރުވި މީހުންގެ އަދަދު ވަނީ އެއް ލައްކައަށް އަރައިފަ އެވެ.

އެ ސަރަހައްދުގެ އެންމެ ބޮޑު އިގްތިސާދު އޮތް އިންޑޮނީޝިއާއިން ޑެލްޓާ ވޭރިއެންޓު ފެނުނީ މިދިޔަ ޖޫން މަހު އެވެ. މިހާރު ވަނީ ބޮޑު ސަރަހައްދަކަށް ފެތުރިފަ އެވެ.

ގިނަ އަދަދެއްގެ ބަޔަކު މަރުވަމުން ދަނީ ފަރުވާ ނުލިބުމުގެ ސަބަބުންނެވެ. ހޮސްޕިޓަލްތައް ފުރި، އޮކްސިކަން ހުސްވެފައި ވާއިރު، ސިއްހީ މަސައްކަތްތެރިން ވެސް ތިބީ ވަރުބަލިވެފަ އެވެ.

މިހާތަނަށް އެ ގައުމުގައި 3.5 މިލިއަން ކޭސް ރަސްމީކޮށް ރިކޯޑްކޮށްފައި ވާއިރު، ނުރަސްމީ ތަފާސްހިސާބު އެއަށްވުރެ އެތައް ގުނައެއް އިތުރުވާނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox