ޗައިނާ މައްސަލައިގައި ސިންގަޕޫރުގެ އިންޒާރު އެމެރިކާއަށް!

ސިންގަޕޫރުގެ ބޮޑު ވަޒީރު ލީ ސިއެން ލޫންގް.-- ފޮޓޯ: އޭއެފްޕީ

ސިންގަޕޫރުގެ ބޮޑު ވަޒީރު ލީ ސިއެން ލޫންގް.-- ފޮޓޯ: އޭއެފްޕީ

ވޮޝިންޓަން، އެމެރިކާ (އޯގަސްޓު 3) - ޗައިނާއާ މެދު އެމެރިކާއިން ގެންގުޅޭ ހަރުކަށި ފިކުރުގެ "ނުރައްކާ ބޮޑު" ކަމަށް ވިދާޅުވެ، "ރުޅިވެރިކަމާއެކު" ޗައިނާއަށް ގޮންޖެހުމާ ދެކޮޅަށް ސިންގަޕޫރުގެ ބޮޑު ވަޒީރު ލީ ސިއެން ލޫންގް އެމެރިކާއަށް އިންޒާރު ދެއްވައިފި އެވެ.

ލީ ވިދާޅުވީ ޗައިނާއާ އެކު ރަނގަޅު ވާދަވެރިކަމެއް ކުރިން އޮތް އެމެރިކާއިން މިހާރު ގެންގުޅޭ ވިސްނުމަކީ "ކޮންމެ ގޮތަކުން ވިޔަސް ޗައިނާ ފަހަތަށް ވައްޓާލުމަށް ފަހު މޮޅުވުމުގެ ވިސްނުން" ކަމަށެވެ.

"އެމެރިކާގެ ވިސްނުމަކީ [ޗައިނާއާ މެދު] ހަރުކަށިވުން. އެއީ އެންމެ ރަނގަޅު ގޮތް ކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ،" އެސްޕެން ސެކިއުރިޓީ ފޯރަމްގައި އެމަނިކުފާނު ވިދާޅުވި އެވެ.

Advertisement

"ޗައިނާއަކީ ދުޝްމަނެއް ކަމަށް ކަނޑައަޅައިފި ނަމަ، އެއީ ކިހާ ވަރެއްގެ ކުޅަދާނަ ކަމާއި ގާބިލްކަން ހުރި ދުޝްމަނެއް ކަން އެމެރިކާ ރައްޔިތުންނަށް ވިސްނޭހެން އަޅުގަނޑަކަށް ހިޔެއް ނުވޭ. މި ހާލަތުގައި ދެ ފަރާތަށް ވެސް އަޅުގަނޑު ދަންނަވާނީ މަޑުކޮށްލާށޭ. އަވަސް އަރުވާލުމުގެ ކުރިން ރަނގަޅަށް ވިސްނާށޭ، މިއީ ނުރައްކާތެރި ހާލަތެކޭ."

ލީ ވިދާޅުވީ އެމެރިކާ އާއި ޗައިނާ އެކުގައި މަސައްކަތް ކުރުން މުހިއްމު ކަމަށާއި ދެ ގައުމުގެ މެދުގައި ކުރިމަތިލުމެއް ހިނގައިފި ނަމަ ދުނިޔެއަށް ބޮޑު ކާރިސާއެއް އަންނާނެ ކަމަށެވެ.

ޗައިނާ އާއި އެމެރިކާގެ ލީޑާޝިޕާ ގުޅޭ ތަޖުރިބާކާރެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ލީ އިތުރަށް ވިދާޅުވީ އެމެރިކާއިން ޗައިނާއާ މެދު ހަރުކަށި ވިސްނުމެއް ގެންގުޅޭއިރު، ޗައިނާއިން ގަބޫލުކުރާ ގޮތުގައި އެމެރިކާއަކީ އިތުބާރު ކުރެވޭ ގައުމެއް ނޫނެވެ.

އޭގެ އިތުރުން މިދިޔަ މާޗް މަހު އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ސަރުކާރުން ޗައިނާ އާއެކު ބޭއްވި ފުރަތަމަ ބައްދަލުވުމުގައި އެމެރިކާއިން "ގަދަބާރު" ދައްކަން އުޅުނުކަން ފާހަގަކުރައްވާ ލީ ފާޑުވިދާޅުވި އެވެ.

ނަމަވެސް ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ހިލާފަށް ބައިޑެންގެ ސަރުކާރުން ގެންގުޅޭ "ހަމަޖެހޭ ހާރިޖީ ސިޔާސަތަށް" މަރުހަބާ ވިދާޅުވި އެވެ.

ޓައިވާންގެ މައްސަލައަކީ ޗައިނާ އާއި އެމެރިކާއިން އެންމެ އަރައިރުންވާ އެއް މައްސަލަކަން ފާހަގަކުރައްވާ ލީ ވިދާޅުވީ ޓައިވާން ހިފަން ޗައިނާއިން ނޫޅުނު ނަމަށް "ނުރައްކާ އެބަ އޮތް" ކަމަށެވެ.

ޗައިނާއިން ބުނާ ގޮތުގައި ޓައިވާނަކީ އެ ގައުމުގެ ބައެކެވެ. ނަމަވެސް ޓައިވާނުން ދެކޭ ގޮތުގައި ޓައިވާނަކީ މިނިވަން ދައުލަތެކެވެ.

މިދިޔަ ހަފްތާގައި އެމެރިކާގެ ޑިފެންސް ސެކެޓްރީން ލޮއިޑް އޯސްޓިން ސިންގަޕޫރަށް ވަޑައިގެން ވިދާޅުވީ ޓައިވާނުގެ ހާލަތު ބަދަލު ކުރުމާ ދެކޮޅަށް އެމެރިކާ ތެދުވާނެ ކަމަށެވެ. ލީ ވަނީ އެކަމަށް މަރުހަބާ ވިދާޅުވެފަ އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި އެ ވިސްނުން ސާފުކޮށް ދަމަހައްޓާ ނަމަ ޓައިވާން ސްޓްރެއިޓްގައި ސުލްހަ އާއި ހަމަޖެހުން އޮންނާނެ،" އޭނާ ވިދާޅުވި އެވެ.

އެމެރިކާއިން އަންނަނީ ޓައިވާނުގެ އަސްކަރިއްޔާ ޒަމާނީކޮށް ވަރުގަދަ ކުރުމަށް ބާރު އަޅަމުންނެވެ. އެމެރިކާއިން ބޭނުންވަނީ ޗައިނާއިން ދީފާނެ ހަމަލާއަކަށް އެ ގައުމުން ތައްޔާރުވެފައި އޮތުމެވެ. ޓައިވާނަށް އެންމެ ގިނައިން ހަތިޔާރު ފޯރުކޮށްދީ، ބައިނަލްއަގްވާމީ މުޖުތަމައުގައި ޓައިވާނުގެ އެންމެ ބޮޑު ބައިވެރިއަކީ ވެސް އެމެރިކާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox