އޭއެފްސީ ކަޕް: އޮސްކާ ދެކޭގޮތުގައި ހުރިހާ ޓީމަކަށް އޮތީ ހަމަހަމަ ފުރުސަތެއް

އޭއެފްސީ ކަޕް: އޮސްކާ ދެކޭގޮތުގައި ހުރިހާ ޓީމަކަށް އޮތީ ހަމަހަމަ ފުރުސަތެއް

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ މެޗުތައް މި މަހު މާލޭގައި ކުޅެން ތައްޔާރުވަމުން އަންނައިރު، ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސްގެ ކޯޗު އޮސްކާ ބްރުޒޮން ދެކޭގޮތުގައި މުބާރާތުގެ އަނެއް ބުރަށް ދިއުމަށް ހުރިހާ ޓީމަކަށް ވެސް އޮތީ ހަމަހަމަ ފުރުސަތެއް ކަމަށް ބުނެފި އެވެ.

އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާ ފަޅީގެ ޕްލޭއޮފުގައި ރާއްޖޭގެ އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު އެފްސީގެ މެޗު އޮންނާނީ މި މަހުގެ 15 ވަނަ ދުވަހު އެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ދެކުނު އޭޝިއާ ގްރޫޕުގެ ފަހު ޖާގަ ލިބޭނެ އެވެ.

ދެކުނު އޭޝިއާގެ ގްރޫޕްގައި މި ވަގުތު އޮތީ ބަޝުންދުރާގެ އިތުރުން ރާއްޖޭގެ ޗެމްޕިއަން މާޒިޔާ އަދި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އެވެ. ބަޝުންދުރާ ކުޅޭ ފުރަތަަމަ މެޗުގައި މި މަހު 18 ވަނަ ދުވަހު މާޒިޔާއާ ބައްދަލުކުރުމަށް ފަހު 21 ވަނަ ދުވަހު ކުޅޭނީ ބެންގަލޫރާއި އީގަލްސް ތެރެއިން ޕްލޭއޮފުން މޮޅުވާ ޓީމަކާ އެވެ. ބަޝުންދުރާ މި މަހު 24 ވަނަ ދުވަހު ގްރޫޕްގެ ފަހު މެޗުގައި ބައްދަލުކުރާނީ އޭޓީކޭއާ އެވެ.

ބަންގްލަދޭޝްގެ ރޭސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި އޮސްކާ ބުނީ ގްރޫޕްގެ ކޮންމެ މެޗެއް ވެސް އުނދަގޫވާނެ ކަމަށާއި ކޮންމެ ޓީމަކަށް ވެސް އަނެއް ބުރުން ފުރުސަތު ހޯދިދާނެ ކަމަށެވެ. ކޮންމެ ގްރޫޕަކުން އަނެއް ބުރަށް ހޮވޭނީ އެއް ވަނަ ޓީމެވެ.

"އަހަރެމެންގެ މި ވަގުތުގެ އަމާޒަކީ ފުރަތަމަ މެޗުން (މާޒިޔާ އަތުން) މޮޅުވުން. ފޯމެޓް އޮތްގޮތަށް ބަލާއިރު އަހަރެންގެ ނަޒަރުގައި ހަ ޕޮއިންޓް ހޯދައިގެން އަނެއް ބުރަށް ދެވިދާނެ. ވަރަށް އުނދަގޫ ޓާސްކެއް ކޮންމެ ޓީމަކަށް ވެސް މި އޮތީ. އެއް ވަނަ އަށް އެރުމުގެ ހަމަހަމަ ފުރުސަތެއް އޮތަސް މީގެ އެއްވެސް މެޗެއް ފަސޭހައެއް ނުވާނެ،" އޮސްކާ ބުންޏެވެ.

ކޮލިފައިން ގްރޫޕްގެ މަންޒަރު ސާފުކޮށް ފެންނާނީ ކޮންމެ ޓީމެއްގެ އެއް މެޗު ނިމުމުން - އޮސްކާ

އޭއެފްސީ ކަޕްގައި އޮސްކާ ވަނީ ރާއްޖޭގެ ނިއު ރޭޑިއަންޓް ގޮވައިގެން ވާދަކޮށްފަ އެވެ. އޭރު މެޗުތައް އޮތީ ހޯމް އެންޑް އަވޭ އުސޫލުންނެވެ. އެކަމަކު، މި ފަހަރު ކޮވިޑް-19ގެ ހާލަތުގެ ސަބަބުން މެޗުތައް ސެންޓްރަަލައިޒްކޮށް ކުޅޭނީ ހަމައެކަނި މާލޭގަ އެވެ.

އޮސްކާ ބުނީ ކޮންމެ ޓީމަކަށް ވެސް ރަނގަޅުވާނީ ހޯމް އެންޑް އަވޭ އުސޫލުން މެޗުތައް ކުޅުން ކަމަށާއި އެކަމަކު މި ވަގުތު ހާލަތު އޮތްގޮތުން އެ ފުރުސަތު ނެތްކަން ވެސް ގަބޫލުކުރަން ޖެހޭ ކަމަށެވެ.

"މިހާރު މި އޮތް ގޮތުން ތިން މެޗު ވެސް ކުޅެން ޖެހޭނީ އެއް ލެވަލަކަށް ފޯކަސް ބަހައްޓައިގެން. ހެދޭ އެންމެ ގޯހެއްގެ ސަބަބުން ވެސް ލިބޭ ގެއްލުން ވަރަށް ބޮޑުވާނެ،" އޮސްކާ ބުންޏެވެ.

ނިއު ދޫކޮށް 2018 ވަނަ އަހަރު ބަންގްލަދޭޝަށް ބަދަލުވެ، އޮސްކާ އަންނަނީ އެ ޓީމުގައި ފާހަގަކޮށްލެވޭ ރަނގަޅު މަސައްކަތްތަކެއް ކުރަމުންނެވެ. އޮސްކާ ހަވާލުވި ފަހުން ބަންގްލަދޭޝްގައި ބަޝުންދުރާ ވާދަކުރި ހުރިހާ މުބާރާތެއް ވަނީ ކާމިޔާބުކޮށްފަ އެވެ. އަދި އޭނާ ވަނީ އެ ގައުމުގެ މޮޅު ކޯޗުގެ މަގާމު ވެސް ހޯދައިފަ އެވެ.

ބަޝުންދުރާ ގޮވައިގެން މިހާތަނަށް އޮސްކާ ވަނީ އޭއެފްސީ ކަޕްގެ އެއް މެޗަށް ނުކުމެފަ އެވެ. އެއީ މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބާ ބައްދަލުކުރި މެޗެވެ. ބަންގްލަދޭޝްގައި ކުޅުނު އެ މެޗުން ބަޝުންދުރާ މޮޅުވީ 5-1 އިންނެވެ. އެ މެޗުގައި ބަޝުންދުރާގެ ހަތަރު ގޯލު ޖެހީ އާޖެންޓީނާގެ ފޯވާޑް ހާނަން ބާކޯސް އެވެ. މިދިޔަ އަހަރުގެ އޭއެފްސީ ކަޕް ކެންސަލްކޮށްލިއިރު، ބާކޯސް ވެސް ވަނީ ބަޝުންދުރާ ދޫކޮށްލައިފަ އެވެ.

އޮސްކާ ވަނީ މި ވަގުތު ބަޝުންދުރާގެ އެޓޭކްގައި ތިބި ބްރެޒިލްގެ ފެނާންޑޭޒާއި ރޮބީނިއޯ އަދި އާޖެންޓީނާގެ ރައުލް ބަސޭރާ އަކީ ވެސް ތަފާތު ދެއްކޭނެ ކުޅުންތެރިން ކަމަށް ބުނެފަ އެވެ. ބަންގްލަދޭޝް ލީގުގައި މިހާތަނަށް މި ފަހަރު ރޮބީނިއޯ 17 ގޯލު ޖެހިއިރު، ރައުލް ވަނީ 15 ގޯލު ކާމިޔާބުކޮށްފަ އެވެ.

ބަޝުންދުރާ އޮތީ މިހާރު ކުރިއަށްދާ ބަންގްލަދޭޝް ޕްރިމިއާ ލީގުގެ އެއް ވަނައިގަ އެވެ. އެއީ ހަތް ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ބަންގްލަދޭޝް ލީގު މި ވަގުތު ކުރިއަށްދާތީ ބަޝުންދުރާ އޭއެފްސީ ކަޕަށް އަންނާނީ ރަނގަޅު ލެވަލެއްގައި ކުޅެމުން އައިސްކަމަށްވާތީ އެ ޓީމަށް ކޮންމެވެސް ވަރެއްގެ އެޑްވާންޓޭޖެއް އޮންނާނެ އެވެ.

އޮސްކާ ބޭނުންވަނީ އޭއެފްސީ ކަޕްގެ މެޗުތަކުގެ ހަފްތާއެއްހާ ދުވަސް ކުރިން މާލެ އަންނާށެވެ. އެއީ މާހައުލަށް ރަނގަޅަށް ހޭނުމުގެ ބޭނުމުގަ އެވެ. އެކަމަކު، ރާއްޖެ އަންނާނެ ސީދާ ތާރީހެއް އަދި ފައިނަލްނުވާ ކަމަށް އޮސްކާ ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox