ޖޭޕީގެ ސްލޮޓްތަކުގައި ތިބެ ސަރުކާރަށް ފާޑުކިޔާ މެމްބަރުން ވަކިކުރަން ހުށަހަޅާނަން: ގާސިމް

ރައީސް ސޯލިހާއި ގާސިމް ސަލާމްކުރައްވަނީ: ސަރުކާރު ދަމަހައްޓަން ރައީސް ސޯލިހާއެކު ހުންނެވި ކަމަށް ގާސިމް ގެންދަވަނީ ވިދާޅުވަމުން. -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ސޯލިހާއި ގާސިމް ސަލާމްކުރައްވަނީ: ސަރުކާރު ދަމަހައްޓަން ރައީސް ސޯލިހާއެކު ހުންނެވި ކަމަށް ގާސިމް ގެންދަވަނީ ވިދާޅުވަމުން. -- ފޮޓޯ/ ރައީސް އޮފީސް

ޖުމްހޫރީ ޕާޓީގެ ސްލޮޓްތަކުގައި، ސިޔާސީ މަގާމްތަކުގައި ތިބެގެން ސަރުކާރަށް ފާޑުކިޔާ އެ ޕާޓީގެ މެމްބަރުން ވަކިކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅުއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އިއްޔެ ވިދާޅުވެއްޖެ އެވެ.

މާމިގިލީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގާސިމް މިގޮތަށް ވިދާޅުވީ ޖުމްހޫރީ ޕާޓީގައި އިސްކޮށް އުޅުއްވި ދަގެނތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އާއި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އިސްވެ މަޖިލީހުގެ މެމްބަރުންތަކަކާ އެކު އުފައްދާ ޕާޓީގައި ޖޭޕީގެ ބައެއް މެމްބަރުން ހަރަކާތްތެރިވާ ކަމުގެ ތުހުމަތު އެޅިފައި ވަނިކޮށެވެ. އެ ޕާޓީގެ އަމާޒަކީ ސަރުކާރު ޒިންމާދާރުކުރުވައި 2023ގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުން ކަން ވަނީ އިއުލާންކޮށްފަ އެވެ.

މީގެ އިތުރުން ގައުމު މިނިވަންކުރުމުގެ ނަމުގައި އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ފަށައިގެން އުޅޭ ކެމްޕޭންގައި ޖޭޕީ ވެސް ބައިވެރިވާން އޮތީ ދައުވަތު ދީފަ އެވެ. މި ދައުރުގައި ދެމިތިބޭނީ މި ވެރިކަން ދަމަހައްޓަން އެއްބާރުލުން ދިނުމުގައި ކަމަށް ވިދާޅުވެ, އިދިކޮޅު ކޯލިޝަނާ އެކު ސިޔާސީ މަސައްކަތް ކުރުމުގެ ދައުވަތު ގާސިމް ގަބޫލެއް ނުކުރެއްވި އެވެ.

ސިޔާސީ ޕާޓީތަކުގެ މަސައްކަތްތަކުން ސަރުކާރަށް ފިއްތުމާއި ދަތިތައް ކުރިމަތިކުރަމުންދާ މައްސަލައިގައި ގާސިމް "އަދަދު"އަށް ވިދާޅުވީ ފަސް އަހަރުގެ ދައުރަކަށް އުފެއްދި ރައީސް ސޯލިހްގެ ވެރިކަން ދަމަހައްޓަން ޖުމްހޫރީ ޕާޓީއަށް ވެދެން އޮތް އެއްބާރުލުމަކާއި އެހީތެރިކަމެއް ދޭނެ ކަަމަށެވެ.

އެކަމަކު ޖުމްހޫރީ ޕާޓީން ސިޔާސީ އެކި މަގާމްތަކަށް ލާފައި ތިބި ބައެއް މީހުން މި އެއްބަސްވުމަށް އިހްތިރާމްކުރުމެއް ނެތި ސަރުކާރާ މެދު ހިތްހަމަނުޖެހިގެން ފާޑުކިޔަމުންދާ ކަން އެނގިވަޑައިގެންފައިވާ ކަމަށް ގާސިމް ވިދާޅުވި އެވެ.

ބައެއް ނަންތައް ވިދާޅުވެ, އެއީ އެފަދަ މަގާމްތަކުގައި ތިއްބަވައިގެން ކުރައްވައިގެންވާނެ ކަމެއް ނޫން ކަމަށް ގާސިމް ވިދާޅުވި އެވެ.

"މިފަދަ ބޭފުޅުންނާ މެދު އަޅުގަނޑުމެން ކައުންސިލްގައި މަޝްވަރާކުރުމަށް ފަހު ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާނަން ވަކިކޮށްދޭން," ކޯލިޝަންގެ އެއް ލީޑަރު ގާސިމް ވިދާޅުވި އެވެ.

މަޖިލީހުގެ ޖަލްސާއެއްގައި ގާސިމް ބައިވެރިވެވަޑައިގަންނަވަނީ: ޖޭޕީގެ ސްލޮޓްތަކުގައި ތިބެ ސަރުކާރަށް ފާޑުކިއުން ބަލައިނުގަނެވޭ ކަމަށް ވިދާޅުވި. -- ފޮޓޯ/ މަޖިލިސް

ގާސިމް ގަބޫލުކުރައްވާ ގޮތުގައި ރައްޔިތުންނަށް ވައުދުތަކެއްވެ ކޯލިޝަނަކުން ވެރިކަމެއް ދަމަހައްޓަން އެއްބަސްވުމަށް ފަހު ޖުމްހޫރީ ޕާޓީން ވެސް ސިޔާސީ މަގާމްތަކަށް ފޮނުވާ މީހުން ސަރުކާރުން ރައްޔިތުންނަށް ދޭ ހިދުމަތްތަކަށް ދަތިވާ ގޮތަށް މަސައްކަތްތަކެއް ކޮށްގެން ނުވާނެ އެވެ. މަގާމްތަކުގައި ތިއްބަވާ ބޭފުޅުން ވެސް މަސައްކަތް ކުރަން ވާނީ އެ ޕާޓީގެ ވިސްނުމާ އެއްގޮތަށް ކަމަށާއި އެއީ ވެރިކަމުގެ މެދުތެރެއިން ސަރުކާރާ ތަޅާފޮޅައި ވައްޓާލުން ނޫން ކަމަށް ވިދާޅުވި އެވެ.

ގާސިމް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ގޮތުގައި ރައްޔިތުން ބޭނުންވާ ކަންކަން ހާސިލް ނުވަނީސް ފާޑުކިޔައި ކޯލިޝަނުން ވަކިވުމަކީ ޖުމްހޫރީ ޕާޓީން ކުރާނެ ކަމެއް ނޫނެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި މި ސަރުކާރުން ރައްޔިތުންނަށް ވީ ވައުދުތައް އަންނަނީ ފުއްދަމުންނެވެ.

ލީޑަރުންގެ ސަމާލުކަމަށް ރައީސް ސޯލިހް ވެސް ގެންނެވި މައްސަލައެއް

މި ވެރިކަން އުފެއްދި ކޯލިޝަންގައި ހިމެނިވަޑައިގަންނަވަނީ މައި ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ އިތުރުން އަދާލަތާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނިސްބަތްވެވަޑައިގަންނަވާ އެމްއާރުއެމް އެވެ.

ރައީސް ސޯލިހް އެމަނިކުފާނުގެ ކެބިނެޓާއި އެހެން މަގާމްތައް ވެސް އެކުލަވާލެއްވީ ކޯލިޝަން ޕާޓީތަކާ އެކު އެއްބަސްވެވުނު ގޮތަށެވެ. އެއީ ކެބިނެޓާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެ ނޫން ވެސް ސިޔާސީ މަގާމްތަކަށް ޕާޓީތަކުން އައްޔަންކުރަން ފޮނުވާ މީހުން ހިމެނޭ ގޮތުންނެވެ.

ކެބިނެޓު އެކުލަވާލަން އެއްބަސްވީ އެމްޑީޕީ އަށް 40 ޕަސެންޓު، ޖުމްހޫރީ ޕާޓީ އަށް 25 ޕަސެންޓް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް 20 ޕަސެންޓް އަދި އަދާލަތު ޕާޓީ އަށް 15 ޕަސެންޓެވެ.

އެކަމަކު ވަޒީރުން އެކި ސަަބަބުތަކާ ހުރެ ވަކިކުރަން ޖެހުމާއި އިސްތިއުފާ ދެއްވުން ފަދަ ސަބަބުތަކާ ހެދި މި ޕަސެންޓޭޖަށް ބަދަލުތަކެއް ވަނީ އައިސްފަ އެވެ.

ކެބިނެޓަށް އެންމެ ފަހުން ބަދަލު ގެންނަވާފައި ވަނީ ރައީސް ސޯލިހް ވިދާޅުވި ގޮތުގައި ބައެއް ވުޒާރާތަކުން އެކަށީގެންވާ މަސައްކަތްތައް ނުކުރާތީ އެވެ.

އެކި ވުޒާރާތައް ހިންގުމުގައި، ސިޔާސީ މަގާމްތަކަށް ކޯލިޝަން ޕާޓީތަކުން ވަޑައިގެންނެވި ބޭފުޅުންގެ އެހީތެރިކަމާއި އެއްބާރުލުން ނުލިބޭ މައްސަލަ ރައީސް ވެސް ވަނީ މިދިޔަ އެޕްރީލްމަހުގެ ތެރޭގައި ކޯލިޝަން ލީޑަރުންގެ ސަމާލުކަމަށް ގެންނަވައިފަ އެވެ. މިކަމުގެ ސަބަބުން ސިޔާސަތުތަކާއި މަސައްކަތްތައް ތަންފީޒުކުރަން ހުރަސްތައް މެދުވެރިވާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ކެބިނެޓަށް ބަދަލު ގެންނެވީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް އަވަސް މިނެއްގައި ފުއްދައި ރައްޔިތުން ބަލައިގަންނަ މިންވަރަށް ނަތީޖާ ނެރެދޭން ކަމަށް އޭރު ރައީސް ވިދާޅުވެފައިވެ އެވެ.

މި ވާހަކަތަކަށް ބާރު ލިބޭ ގޮތަށް ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވަނީ ޖުމްހޫރީ ޕާޓީން މަގާމްތަކަށް ފޮނުވާފައި ތިބި މީހުން ވާން ޖެހޭނީ ސަރުކާރަށް އެއްބާރުލުންދީ ސަރުކާރު ދަމަހައްޓަން މަސައްކަތް ކުރާ ބައަކަށް ކަމަށެވެ. އެހެން ނޫން ނަމަ، މަގާމްތަކުގައި ތިއްބަވައިގެން ފާޑުކިޔަމުން ދިއުމަކީ އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ރީތި ގޮތެއް ނޫނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox