އެމްބާޕޭއާ މެދު ޕީއެސްޖީން ދެ ވަނަ ވިސްނުމަކަށް: ރިޕޯޓް

Aug 4, 2021, 3:28 AM
އެމްބާޕޭއާ މެދު ޕީއެސްޖީން ދެ ވަނަ ވިސްނުމަކަށް: ރިޕޯޓް

ޕެރިސް (އޮގަސްޓް 4) - އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކޮންޓްރެކްޓްގައި ހުރި ޕީއެސްޖީގެ ތަރި ކީލިއަން އެމްބާޕޭ، އެ ޓީމާ އެކު ހަދާފައިވާ އެއްބަސްވުން އާ ކުރާނެ ކަމުގެ ޔަގީންކަން ކުޑަވެ، އެ ކްލަބުން ދެ ވަނަ ވިސްނުމަކަށް ދާން ތައްޔާރުވަމުން އަންނަ ކަމަށް ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މިދިޔަ ސީޒަނުގައި ޕީއެސްޖީން ވަނީ އުމުރުން 22 އަހަރުގެ އެމްބާޕޭގެ ކޮންޓްރެކްޓް އާ ކުރަން ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. ޕީއެސްޖީން އެމްބާޕޭ އަށް ހަތަރު އަހަރުގެ އެއްބަސްވުމެއް ހުށަހެޅި އެވެ. އެއީ އަހަރަކު 36 މިލިއަން ޔޫރޯ (43 މިލިއަން ޑޮލަރު) ލިބޭ ގޮތަށެވެ. އެކަމަކު އެ ކޮންޓްރެކްޓްގައި ސޮއިކުރަން އެމްބާޕޭ ބޭނުމެއް ނުވި އެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެމްބާޕޭ ނުވިއްކާނެ ކަމަށާއި ކުރިއަށް އޮތް ސީޒަން ނިންމާފައި ހިލޭ ޓްރާންސްފާއެއްގައި އެމްބާޕޭ ޓީމު ދޫކޮށްދިއުމުގެ ފުރުސަތެއް ނެތް ކަމަށް ޕީއެސްޖީގެ ރައީސް ނާސިރު އެލް-ހެއްލާފީ ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

Advertisement

އެކަަމަކު، އެމްބާޕޭ ކޮންޓްރެކްޓް އާ ނުކޮށް މަޝްވަރާތައް ދިގުލާނަމަ ޕީއެސްޖީން މިހާރު އޮތީ ދެ ވަަނަ ވިސްނުމަކަށް ދާން ތައްުޔާރަށެވެ.

ރިޕޯޓްތައް ބުނާގޮތުން ޕީއެސްޖީން މިހާރު ވިސްނަމުން އަންނަނީ ޖެނުއަރީ މަހާ ހަމައަށް އެމްބާޕޭ ކޮންޓްރެކްޓް އާ ނުކޮށްފިނަމަ އެ މަސް ތެރޭ އަންނަ ފިނި މޫސުމުގެ ޓްރާންސްފާ މާކެޓް ތެރޭ އޭނާ ވިއްކާލުމަށެވެ. އެއީ ސީޒަން ނިމެންދެން މަޑުކޮށްފިނަމަ އެމްބާޕޭ ކްލަބް ދޫކޮށްލާނީ އެއްވެސް އަގެއް ނުލިބި ކަމަށްވާތީ އެވެ.

ދާދިފަހުން ޕީއެސްޖީގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި އެމްބާޕޭ ވަނީ ޕީއެސްޖީއާ އެކު ޗެމްޕިއަންސް ލީގު ތަށި އުފުލާލުން އެއީ ހުވަފެނެއް ކަމަށް ބުނެފަ އެވެ. އެކަމަކު، އެ ކްލަބްގައި ދިގު މުއްދަތަކަށް މަޑުކުރުމާ ބެހޭގޮތުން ކުރި ސުވާލަށް ސީދާ ޖަވާބެއް ދޭން އެމްބާޕޭ ބޭނުމެއްނުވި އެވެ.

މޮނާކޯ ދޫކޮށް އެމްބާޕޭ އެންމެ ފުރަތަމަ ޕީއެސްޖީ އަށް ބަދަލުވީ 2017 ވަނަ އަހަރު ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. ޖެހިގެން އައި އަހަރު ޕީއެސްޖީން އެމްބާޕޭގެ އެއްބަސްވުން ދާއިމީ ކުރީ ޖުމްލަ އެއްކޮށް 210 މިލިއަން ޑޮލަރު ދެއްކުމަށް ފަހު އެވެ.

ޕީއެސްޖީގެ ވިސްނުމަކީ ދުރު މުސްތަގުބަލަކަށް ވިސްނައި އެމްބާޕޭ ވަށައިގެން ޓީމެއް އެކުލަވާލުމެވެ. އެ ގޮތުން މި ފަހަރުގެ ޓްރާންްސްފާ މާކެޓްގައި ޕީއެސްޖީ އަށް ބަދަލުވި ހުރިހާ ކުޅުންތެރިން ވަނީ އެމްބާޕޭ އެ ޓީމުގައި މަޑުކުރަން އެދޭ ކަމަށް ބުނެފަ އެވެ.

ފްރާންސްގެ ލަ ޕެރީސިއަން ނޫހުން ރިޕޯޓްކުރާގޮތުގައި އެމްބާޕޭގެ ވިސްނުން މިހާރު ހުރީ މި ސީޒަން ޕީއެސްޖީ އަށް ކުޅެދިނުމަށް ފަހު އަންނަ އަހަރު ހިލޭ ޓްރާންސްފާއެއްގައި ސްޕެއިންގެ ގަދަބާރު ރެއާލް މެޑްރިޑަށް ބަދަލުވުމަށެވެ. މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބޮޑު އަގެއް ދީގެން އެމްބާޕޭ ގަނެވޭ ވަރުގެ މާލީ ތަނަވަސްކަމެއް މި ވަގުތު ރެއާލްގެ ނެތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox