މަޝްހޫރު އެކްޓަރު ރޭނޯލްޑް ވްރެކްސަމް ގަތް ސަބަބު އޮޅުންފިލުވައިދީފި

Aug 1, 2021, 4:43 AM
ަމަޝްހޫރު އެކްޓަރު ރޭނޯލްޑް: އޭނާ ވަނީ ވޭލްސްގެ ނޮން ލީގު ކްލަބެއް ކަމަށްވާ ވްރެކްސަމް ގަނެފައި.

ަމަޝްހޫރު އެކްޓަރު ރޭނޯލްޑް: އޭނާ ވަނީ ވޭލްސްގެ ނޮން ލީގު ކްލަބެއް ކަމަށްވާ ވްރެކްސަމް ގަނެފައި.

ކާޑިފް (އޮގަސްޓް 1) - ކެނަޑާ އަށް އުފަން މަޝްހޫރު އެކްޓަރު ރަޔާން ރޭނޯލްޑް، ވޭލްސްގެ ނޮން ލީގު ކްލަބް ވްރެކްސަމް ގަތީ އެ ޓީމާއި އެ ކްލަބް ހިމެނޭ ސަރަހައްދަށް ގިނަ ހިދުމަތްތަކެއް ކޮށްދެން ބޭނުންވާތީ ކަމަށް ބުނެފި އެވެ.

މިދިޔަ ފެބްރުއަރީ މަހު ރޭނޯލްޑް ވަނީ ތިން މިލިއަން ޑޮލަރަށް ވްރެކްސަމް ގަނެފަ އެވެ. ވްރެކްސަމް ފާއިތުވި 13 އަހަރު ކުޅެފައިވަނީ ނޮން ލީގުގަ އެވެ. ލީގު ސިސްޓަމަށް ވަންނަން މިދިޔަ ސީޒަނުގައި ޕްލޭއޮފްގެ ޖާގައަކުން ކެޓީ ފަހު ވަގުތު އެވެ. ލީގު ސިސްޓަމަށް ވަންނަން ޕްލޭއޮފްގެ ޖާގައެއް ނުލިބުނު ނަމަވެސް ރޭނޯލްޑްގެ ވިސްނުމަކީ ވްރެކްސަމް އަށް ކުރަމުން އަންނަ އިންވެސްޓްމަންޓް ކުރިއަށް ގެންދިއުމެވެ.

"ކުރިއަށް އޮތްތަނުގައި ޕްރޮމޯޝަނަކަށް ފަހު ޕްރޮމޯޝަނެއް. މިއީ އަހަރެންގެ އަމާޒު،" މަޝްހޫރު ސުޕަ ހީރޯ ފިލްމް ޑެޑްޕޫލްގެ މެއިން ކެރެކްޓާގެ އެކްޓިން އިން ގިނަ ބަޔެއްގެ ސަމާލުކަން ހޯދި ރޭނޯލްޑް ބުންޏެވެ.

ކޮވިޑް-19ގެ ސަބަބުން ވްރެކްސަމްގެ މެޗެއް ދަނޑަށް ގޮސް ބަލާލުމުގެ ނަސީބު އަދި ރޭނޯލްޑަށް ނުލިބެ އެވެ. ވަރަށް އަވަހަށް އެ ކަން ކުރަން އަމާޒުހިފައިގެން ހުރި ރޭނޯލްޑް ބުނީ ކްލަބާ ގުޅޭ އެކިއެކި މައުލޫމާތު އެއްކުރަމުން އަންނަ ކަމަށާއި ކުރިއަށް އޮތްތަނުގައި ގިނަ ބަދަލުތަކެއް ކްލަބް ހިންގުމަށް ގެންނާނެ ކަމަށެވެ.

"އާ ސީޒަނަކާ ކުރިމަތިލާއިރު އަހަރެންގެ އުއްމީދުތައް މިހުރީ ވަރަށް މަތީގައި. އެއީ އަހަރެންގެ ހަޔާތުގައި ވެސް ކަންތައް ކުރާ ގޮތަކީ ބޮޑު ކަމެއް ހާސިލްކުރާނަމަ އަބަދުވެސް އުއްމީދުތައް މަތި ކުރަން ޖެހޭނެ،" މިލްކިއްޔާތުގައި 150 މިލިއަން ޑޮލަރު ހުރި ރޭނޯލްޑް ބުންޏެވެ.

ވްރެކްސަމް އަކީ 156 އަހަރުވެފައިވާ ކްލަބެކެވެ. ވޭލްސް އަށް ނިސްބަތްވާ ކްލަބްތަކުގެ ތެރެއިން އެންމެ ދުވަސްވީ ކްލަބަކީ ވްރެކްސަމް އެވެ. ވްރެކްސަމް ވަނީ މީގެ ކުރިން ވޭލްސް ކަޕްގެ ޗެމްޕިއަނުންގެ ގޮތުގައި ޔޫރަޕިއަން ކަޕް ވިނާސް ކަޕްގައި ވެސް ވާދަކޮށްފަ އެވެ.

އިނގިރޭސި ދަށް ޑިވިޝަންތަކުގައި ގިނަ އަހަރުތަކެއް ގުނަމުން އަންނަ ވްރެކްސަމްގެ އަމާޒަކީ އިނގިރޭސި މަތީ ޑިވިޝަންތަކުގައި ކުޅުމެވެ.

ވްރެކްސަމް ވަނީ އިނގިރޭސި ލީގު ސިސްޓަމަށް ބަލާއިރު، ތިން ވަަނަ ޑިވިޝަނުގައި ވާދަކޮށްފަ އެވެ. އެއީ 2004-2005 ވަނަ ސީޒަނުގަ އެވެ. އެ ޓީމުން އެންމެ ފަހުން ލީގު ސިސްޓަމްގެ އެންމެ މަތީ ލެވަލެއްގައި ކުޅެފައިވަނީ 2007-2008 ވަނަ އަހަރު އެވެ. އެ ފަހަރު އެ ޓީމުން ވަނީ އިނގިރޭސި ހަތަރު ވަނަ ޑިވިޝަނުގައި ވާދަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox