ސުޕާ ކްރޫޒްޝިޕެއް ފުރަތަމަ ފަހަރަށް ސައުދީ އަރަބިއްޔާއިން ފުރައިފި

ސައުދީ އަރަބިއްޔާގެ ހުޅަނގު އައްސޭރި ފަށާ ދިމާލުން ކްރޫޒް ޝިޕެއް. -- ފޮޓޯ: އޭއެފްޕީ

ސައުދީ އަރަބިއްޔާގެ ހުޅަނގު އައްސޭރި ފަށާ ދިމާލުން ކްރޫޒް ޝިޕެއް. -- ފޮޓޯ: އޭއެފްޕީ

ރިޔާދް، ސައުދީ އަރަބިއްޔާ (ޖުލައި 31) - ތެލަށް ބަރޯސާވެފައިވާ އިގްތިސާދުގެ ތެރެއިން އެކި ދާއިރާތައް ވެއްދުމުގެ ގޮތުން ފަތުރުވެރިކަން ފުޅާ ކުރުމުގެ މަގްސަދުގައި ފުރަތަމަ ފަހަރަށް ސައުދީ އަރަބިއްޔާއިން ސުޕާ ކްރޫޒްޝިޕެއް ފުރައިފި އެވެ.

އެމްއެސްސީ ބެލިއްސިމާއަކީ ތިން ފުޓްބޯޅަ ދަނޑަށް ވުރެ ދިގުކޮށް ފަރުމާކޮށްފައިވާ ބޯޓެކެވެ. އެ ބޯޓުގެ މި ދަތުރުގައި ޖިއްދާ އިސްލާމިކް ޕޯޓުން ފުރައިގެން ގޮސް އުރުދުންގެ އަގަބާ އަދި މިސްރުގެ ސަފާގާއަށް މަޑު ކުރާނެ އެވެ.

ހުކުރު ދުވަހު ސުޕާ ކްރޫޒްޝިޕްގެ ހިދުމަތް ފެށިއިރު، އޭގެ ދެ ދުވަސް ކުރިން ސައުދީ އަރަބިއްޔާއިން ވަނީ އެ ގައުމުގެ ހުޅަނގު އައްސޭރިފަށުގައި ހުންނަ ޖިއްދާ ބަނދަރުގައު ފުރަތަމަ ފަހަރަށް ކްރޫޒްޝިޕް ޓާމިނަލެއް ގާއިމްކޮށްފަ އެވެ.

"ފުރަތަމަ ކްރޫޒްޝިޕް ޕޯޓު ހުޅުވުމުން ރަމްޒުކޮށްދެނީ މުހިއްމު ފިޔަވަޅެއް. އެއީ ފަތުރުވެރިކަމުގެ ދާއިރާއަށް އެހީވުމަށް އެޅި ފިޔަވަޅެއް،" ކްރޫޒް ސައުދީގެ މެނޭޖިން ޑިރެކްޓަރު ފަވާޒް ފާރޫގީ ވިދާޅުވީ ކަމަށް ސައުދީ ޕްރެސް އެޖެންސީން ބުންޏެވެ.

ފަތުރުވެރިކަމާއި ލެއިޝާ ސެކްޓަރު ތަރައްގީ ކުރުމަކީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ "ވިޝަން 2030" ތަސައްވުރުގެ މުހިއްމު ބަޔެކެވެ. އެ ތަސައްވަރަކީ 2030 ވަނަ އަހަރު އަންނަން ވާ އިރަށް އަރަބި ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދު ތެލަށް ބަރޯސާވުން ހުއްޓުވުމަށް ގެންގުޅޭ ތަސައްވަރެކެވެ.

ސައުދީ އަރަބިއްޔާއިން 2019 ވަނަ އަހަރު ޓޫރިސްޓް ވިސާ ދޫކުރަން ނިންމީ އޭގެ ބޭނުމުގަ އެވެ. އޭގެ ވިސާ ދޫކުރުމުގެ ކަންކަން އޮތީ ވަރަށް ބޮޑަށް ހިފަހައްޓާފަ އެވެ. އެގޮތުން ވިސާ ލިބެނީ ވިޔަފާރި ދަތުރުވެރިންނާއި ހައްޖު އަދި އުމްރާއަށް ދާ މީހުންނަށެވެ.

ނަމަވެސް ޓޫރިސްޓް ވިސާ ދޫކުރަމް ފެށުމުން 49 ގައުމެއްގެ ރައްޔިތުންގެ ޝަރުތު ހަމަވާ ކަމަށް ކަނޑައެޅި އެވެ. އޭގެ ތެރޭގައި ގިނައިން ހިމެނެނީ ޔޫރަޕް ގައުމުތަކެވެ.

ސައުދީގެ ފުރަތަމަ ސުޕަ ކްރޫޒްޝިޕް، އެމްއެސްސީ ބެލިއްސިމާއަކީ ފްރާންސްގައި ބިނާކުރި ބޯޓެކެވެ. އޭގެ ދިގު މިނުގައި 315 މީޓަރު ހުންނަ އިރު، 4،500 ޕަސެންޖަރުން އުފުލުމުގެ ކެޕޭސިޓީ ލިބިފައި ވެ އެވެ. އެހެންކަމުން މިއީ މިހާރު ދުނިޔޭގައި އޮތް އެންމެ ބޮޑު އެއް ކްރޫޒްޝިޕެވެ.

އެންމެ ފުރަތަމަ 2019 ވަނަ އަހަރު ލޯންޗުކޮށް ސްވިޒަލޭންޑުގެ އެމްއެސްސީ ކްރޫޒަޒްއިން އޮޕަރޭޓް ކުރި މި ބޯޓުން އޮކްޓޯބަރު 30 އާ ހަމައަށް 21 ދަތުރު ކުރާނެ އެވެ.

އެ ކްރޫޒްޝިޕުން ގިނަ ހިދުމަތްތަކެއް ލިބެ އެވެ. އޭގެ ތެރޭގައި ސްވިމިން ޕޫލްތަކާއި ޖިމްތަކާއި ރެސްޓޯރެންޓް، ކެފޭ އަދި ޕާޓީއަށް ހާއްސަ ބޯލްރޫމްތައް ހިމެނެ އެވެ.

ދަތުރެއްގެ އަގު ފެށެނީ ގާތްގަނޑަކަށް 585 ޑޮލަރުންނެވެ. ބައެއް ދަތުރުތަކުގައި މިސްރުގެ ލަކްސާ އަދި އުރުދުންގެ ޕެޓްރާ ފަދަ މަންޒިލްތަކަށް ދާނެ ކަމަށް ޓްރެވެލް އޭޖެންސީތަކުން ބުނެފައި ވެ އެވެ.

ސައުދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑުގެ ދަށުން ހިންގާ ކްރޫޒް ސައުދީން މިދިޔަ އޭޕްރިލް މަހު ވަނީ އެމްއެސްސީ ކްރޫޒަޒް އާއެކު ފިނި މޫސުމުގެ ދަތުރުތަކެއް ނޮވެމްބަރު 2021 އިން މާޗް 2022 އާ ހަމައަށް ކުރުމަށް އެއްބަސްވެފަ އެވެ.

އެ ދަތުރުތައް ފަށާނީ ސައުދީގެ އިރުމަތީ އައްސޭރިފަށުގައިވާ ޖިއްދާ އަދި ދައްމާމުންނެވެ. އެ ދަތުރުތަކުގައި 170،000 ގެސްޓުން ބައިވެރިވާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.

މިހާތަނަށް ހަތަރު މިލިއަން މީހން މަރުވެފައިވާ ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން ދުނިޔޭގެ ކްރޫޒް އިންޑަސްޓްރީއަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ.

ސައުދީ އަރަބިއްޔާއިން މަސައްކަތް ކުރަނީ ވެކްސިން ޕްރޮގްރާމްގެ ދުވެލި އަވަސްކޮށް ފަތުރުވެރިކަން ފަށައި، ކުޅިވަރާއި މުނިފޫހިފުލުމުގެ ހަރަކާތްތައް ހޯސްޓު ކުރަން ފެށުމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެ ގައުމުން ވަނީ ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އެތެރެވުމުގެ ހުއްދަ ދިނުމަށް ނިންމާފަ އެވެ.

ސައުދީ ދައުލަތުގެ ޓީވީން ބުނި ގޮތުގައި އެމްއެސްސީ ބެލިއްސިމާގެ ދަތުރު ފެށުމުގެ ކުރިން އޭގެ ކްރޫ ވަނީ 14 ދުވަހުގެ ކަރަންޓީން ފުރިހަމަކޮށްފަ އެވެ.

ދެ ހާސް ސަތާރަ ވަނަ އަހަރުން ފެށިގެން ވަލީ އަހުދު މުހައްމަދު ގެންދަވަނީ ބޮޑެތި އިގްތިސާދީ އަދި އިޖްތިމާއީ ބަދަލުތަކެއް ގައުމަށް ގެންވަމުންނެވެ. އޭގެ ތެރޭގައި އަންހެން މީހުންނަށް ކާރު ދުއްވަން ހުއްދަ ދިނުމާއި، ސިނަމާތައް އަލުން ހުޅުވުމާއި، ދެ ޖިންސުގެ މީހުން އެކުގައި މިއުޒިކް ކޮންސެޓުތައް ބޭއްވުމާއި އެހެނިހެން މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިމެނެ އެވެ.

ނަމަވެސް އިދިކޮޅު ފިކުރާއި ހިލާލު ފާޅު ކުރުމުގ މިނިވަންކަމާ ދެކޮޅަށް ވެސް ދަނީ ގިނަ ކަންކަން ހިންގަމުންނެވެ. އެގޮތުން އަންހެން އެކްޓިވިސްޓުންނާއި، ޝެއިހުންނާއި ނޫސްވެރިން އަދި ޝާހީ އާއިލާގެ ބައެއް މެމްބަރުން ވެސް ހައްޔަރުކޮށްފައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox