ސާފް ޗެމްޕިއަންޝިޕް ބާއްވަން ރަސްމީކޮށް ރާއްޖޭން ބިޑްކޮށްފި

2019 ވަަނަ އަހަރު މާލޭގައި ކުރިއަށްދިޔަ ވޯލްޑް ކަޕް ކޮލިފައިންގެ މެޗެއްގެ ތެރެއިން: އެފްއޭއެމްގެ ރައީސް ބައްސާމް (ކ)، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު (މ) އަދި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް (ވ).-- ފޮޓޯ: ރައީސް އޮފީސް

2019 ވަަނަ އަހަރު މާލޭގައި ކުރިއަށްދިޔަ ވޯލްޑް ކަޕް ކޮލިފައިންގެ މެޗެއްގެ ތެރެއިން: އެފްއޭއެމްގެ ރައީސް ބައްސާމް (ކ)، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު (މ) އަދި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް (ވ).-- ފޮޓޯ: ރައީސް އޮފީސް

ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ބޭއްވޭ އެންމެ ފޯރިގަދަ ފުޓްބޯޅަ މުބާރާތް ސާފް ޗެމްޕިއަންޝިޕް ބާއްވަން ރާއްޖޭން ރަސްމީކޮށް މިއަދު ބިޑްކޮށްފި އެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ އެންމެ ފުރަތަމަ މިދިޔަ އަހަރު ބަންގްލަދޭޝްގައި ބާއްވަން ނިންމި މުބާރާތެެކެވެ. އެކަމަކު، ކޮވިޑް-19ގެ ހާލަތު މިދިޔަ އަހަރު ވަރަށް ބޮޑަށް ގޯސްވެފައި އޮތުމުން މި އަހަރަށް ފަސްކުރީ އެވެ.

ބަންގްލަދޭޝްގައި ސާފް ބޭއްވޭނެ ގޮތެއްނުވުމުން މި މަހު 23 ވަނަ ދުވަހު މުބާރާތް ހޯސްޓްކުރަން ޝައުގުވެރިކަން ހުރި ގައުމުތަކުން ބިޑްކުރަން ހުޅުވާލި އެވެ. އެ ދުވަހު މުބާރާތް ހޯސްޓްކުރަން ޝައުގުވެރިކަން ފާޅުކުރީ ރާއްޖޭގެ އިތުރުން އިންޑިއާ އާއި ނޭޕާލުންނެވެ.

Advertisement

މި މަހުގެ ނިޔަލަށް ރަސްމީކޮށް ބިޑްކުރުމުގެ މުއްދަތު ހަމަވާއިރު، ރާއްޖޭން މިއަދު ވަނީ ބިޑްކޮށްފަ އެވެ. ރާއްޖޭން އެންމެ ފުރަތަމަ މުބާރާތް ހޯސްޓްކުރަން ވިސްނީ ސްރީލަންކާއާ ގުޅިގެން ނަމަވެސް ފަހުން އެ ހިޔާލު ދޫކޮށްލައި ރާއްޖެ އެކަނި ހިމެނޭގޮތަށް ބިޑްކުރީ އެވެ. ރާއްޖޭން މީގެ ކުރިން ސާފް ހޯސްޓްކުރި ހަމައެކަނި ފަހަރު މުބާރާތް ބޭއްވީ ލަންކާއާ ގުޅިގެންނެވެ. އެއީ 2008 ވަނަ އަހަރު އެވެ. އެ ފަހަރު ރާއްޖޭން ވަނީ ފުރަތަމަ ފަހަރަށް މުބާރާތް ކާމިޔާބުކޮށްފަ އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސާފް ބޭއްވުމަށް ރަސްމީކޮށް ބިޑްކޮށްފައިވާ ކަމަށާއި ބައިނަލްއަގުވާމީ މެޗުތަކާއި މުބާރާތްތައް ރާއްޖޭގައި ހޯސްޓްކުރަން ކުރެވޭ މަސައްކަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ދެއްވާ އެއްބާރުލުން ފާހަަގަކުރައްވާ ކަމަށެވެ.

ރާއްޖޭގެ އިތުރުން ނޭޕާލުން ވެސް ވަނީ ރަސްމީކޮށް ބިޑް ހުށަހަޅައިފަ އެވެ.

އެފްއޭއެމުން މިދިޔަ ދެ އަހަރެއްހާ ދުވަސް ތެރޭ ވަނީ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕް މެޗުތައް ބާއްވަން ބިޑަށް ހުޅުވާލި ތިން ފަހަރު ވެސް ބިޑް ކާމިޔާބުކޮށްފަ އެވެ.

އެންމެ ފުރަތަމަ މިދިޔަ އަހަރު އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕް މެޗުތަކުގެ ބިޑް ކާމިޔާބުކުރިއިރު، ބިޑްކުރީ ހަމައެކަނި ރާއްޖޭންނެވެ. އެ ފަހަރު ފަހު ވަގުތު އޭއެފްސީން މުޅި މުބާރާތް ކެންސަލްކުރީ އެވެ. މި އަހަރު މެއި މަހު މި ފަހަރުގެ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ މެޗުތައް ބާއްވަން ރާއްޖޭން ބިޑް ކާމިޔާބުކުރީ އިންޑިއާއާ ވާދަކޮށެވެ. އެ ފަހަރު މެޗުތައް ނުބޭއްވުނީ މުބާރާތަށް އައި ބެންގަލޫރު ޓީމުން ޕްރޮޓޮކޯލާ ހިލާފުވެ، މުބާރާތް އެ ވަގުތު ނުބޭއްވޭނެކަން ރާއްޖޭން އެންގުމުންނެވެ. އެ މެޗުތައް އަލުން އަންނަ މަހު މެޗުތައް ހޯސްޓްކުރަން ބިޑަށް ހުޅުވާލުމުން ރާއްޖޭން ބިޑް ކާމިޔާބުކުރީ ބަންގްލަދޭޝްއާ ވާދަކޮށެވެ. ރާއްޖެ އަށް އަލުން ބިޑް ކާމިޔާބުކުރެވުނީ ކުރިން ދިމާވި ގޮތަށް ފަހު ވަގުތު މުބާރާތް ނުބޭއްވޭނެ ގޮތަށް ކަންތައްތައް ނުކުރާނެ ކަމުގެ ޔަގީންކަން ހޯދުމަށް ފަހު އެވެ.

"އަދަދު" އަށް މީގެ ކުރިން ދެއްވި އިންޓަވިއުއެއްގައި ބައްސާމް ވިދާޅުވީ މި ގޮތަށް ކޮންމެ ބިޑެއް ވެސް ރާއްޖޭން ކާމިޔާބު ކުރެވެނީ އެފްއޭއެމްގައި ތިބި ވަރަށް ގިނަ މުވައްޒަފުންގެ ބުރަ މަސައްކަތުންނާއި ސަރުކާރުގެ އެއްބާރުލުމާ އެކީ ކަމަށެވެ.

އަންނަ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ބޭއްވޭ ސާފް ބައްދަލުވުމެއްގައި ސާފް ހޯސްޓްކުރުމުގެ ފުރުސަތު ދޭ ގައުމެއް ކަނޑައަޅާނެ އެވެ. މި ފަހަރުގެ މުބާރާތް ބާއްވަން ނިންމާފައިވަނީ އަންނަ އޮކްޓޫބަރު މަހުގެ ކުރީކޮޅުގަ އެވެ.

އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕް ބޭއްވީ 2018 ވަނަ އަހަރު ބަންގްލަދޭޝްގެ ޑާކާގަ އެވެ. އެ ފަހަރުގެ މުބާރާތުގެ ފައިނަލުގައި އިންޑިއާ ބަލިކޮށް ރާއްޖޭން ވަނީ ދެ ވަނަ ފަހަރަށް ސަރަހައްދުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox