އޮލިމްޕިކްސް: ސެމީގައި ސްޕެއިން، ބްރެޒިލް، ޖަޕާން އަދި މެކްސިކޯ

Jul 31, 2021, 1:49 PM
ލަނޑު ޖެހުމަށް ފަހު ރަފާ މީރް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ރަފާ މީރް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޓޯކިޔޯ (ޖުލައި 31) - އޮލިމްޕިކްސްގެ ފިރިހެން ފުޓްބޯޅަ އިވެންޓްގެ ސެމީ ފައިނަލުން ބްރެޒިލާއި ސްޕެއިން، ޖަޕާން އަދި މެކްސިކޯ ފުރުސަތު ހޯދައިފި އެވެ.

މިއަދު ކުޅުނު ކުއާޓާ ފައިނަލް މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ސްޕެއިން ވަނީ އިތުރު ވަގުތުގެ ދެ ހާފް ކުޅެގެން އައިވަރީ ކޯސްޓް އަތުން 5-2 އިން މޮޅުވެފަ އެވެ. ނިއު ޒީލެންޑް އަތުން ޖަޕާން މޮޅުވީ ޕެނަލްޓީ ޖަހައިގެން 4-2 އިންނެވެ. އެންމެ ފަހުން ރަން މެޑަލް ހާސިލްކުރި ބްރެޒިލުން ވަނީ 1-0 އިން މިސްރު ބަލިކޮށްފަ އެވެ. އަދި މި ފަހަރުގެ އޮލިމްޕިކްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މެކްސިކޯ އިން ވަނީ 6-3 އިން ދެކުނު ކޮރެއާ ބަލިކޮށްފަ އެވެ.

ތޭވީސް އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަ އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓްގައި އުމުރުން ދޮށީގެ ތިން ކުޅުންތެރިން ކޮންމެ ޓީމެއްގައި ހިމެނޭނެ އެވެ. ސްޕެއިން ކޮޅަށް ކުޅުނު ކުއާޓާ ފައިނަލް މެޗުގެ 10 ވަނަ މިނިޓްގައި އައިވަރީ ކޯސްޓަށް ލީޑުނަގައިދިން ގޯލު ޖެހީ އެރިކް ބާއީ އަކީ އުމުރުން ދޮށީ ކުޅުންތެރިއެއްގެ ގޮތުގައި އައިވަރީ ކޯސްޓް ޓީމުގައި ހިމެނި ކުޅުންތެރިއެކެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ސްޕެއިނަށް އެއްވަރުކޮށްދިނީ 30 ވަނަ މިނިޓްގައި ޑެނީ އޮލްމޯ ޖެހި ގޯލުންނެވެ.

Advertisement

މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި އައިވަރީ ކޯސްޓްގެ މެކްސް-އެލައިން ގްރަޑެލް ވަނީ އަލުން އެ ޓީމަށް ލީޑުނަގައިދީފަ އެވެ. އެކަމަކު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ސްޕެއިންގެ ފޯވާޑް ރަފާ މީރް ވަނީ ގޯލެއް ޖަހައި ސްޕެއިން ސަލާމަތްކޮށްދީފަ އެވެ. އިތުރު ވަގުތުގައި ސްޕެއިނުން ޖެހި ތިން ގޯލުގެ ތެރެއިން ދެ ގޯލު ޖަހައި ރަފާ މީރް ވަނީ ހެޓްރިކެއް ހަދައިފަ އެވެ. ސްޕެއިންގެ އަނެއް ގޯލު ޖެހީ މިކޭލް އޮޔާޒަބާލް އެވެ.

މިސްރު ކުޅުންތެރިއަކު ކައިރިން ބްރެޒިލްގެ ރިޗާލިސަން (ކ) ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ

މިސްރުން ބްރެޒިލް ކައިރީގައި ރަނގަޅު ކުުޅުމެއް ދައްކައި ލަނޑު ޖަހާނެ ފުރުސަތުތަކެއް ވެސް ތަނަވަސްކުރި އެވެ. އެކަމަކު އޭގެއިން އެއްވެސް ފުރުސަތެއް ގޯލަކަށް ހަދައިނުލެވުނެވެ. މެޗުގެ 37 ވަނަ މިނިޓްގައި ބްރެޒިލްގެ ހަމައެކަނި ގޯލު ޖެހީ ރިޗާލިސަން ދިން ބޯޅައަކުން މަތިއަސް ކޫނިއާ އެވެ.

ޖަޕާނުން ވަނީ ނިއު ޒީލެންޑް ކޮޅަށް ފޮނުވާލި ހަތަރު ޕެނަލްޓީ ވެސް ކާމިޔާބުކޮށްފަ އެވެ. އެ ޓީމުގެ ޕެނަލްޓީތައް ޖެހީ އަޔާސޭ އުއޭޑާ، ކޯ އިޓަކޫރާ، ޔޫޓާ ނަކަޔާމާ އަދި މާޔާ ޔޮޝީޑާ އެވެ. ނިއު ޒީލެންޑުން ހަތަރު ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ ކާމިޔާބުކުރިއިރު، ނާކާމިޔާބުވީ ލިބެރާޓޯ ކަކާޝޭ އާއި ކްލޭޓަން ލެވިސް ޖެހި ޕެނަލްޓީތަކެވެ. ނިއު ޒީލެންޑްގެ ކްރިސް ވުޑް އާއި ކަލުމް މެކްކޯވާޓް ވަނީ ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ.

ފޯރިގަދަ ކުޅުމެއް ފެނުނު މެޗުގައި މެކްސިކޯ އިން ލީޑުނެގީ ލުއިސް ރޯމޯ ދިން ބޯޅައަކުން އޮންރީ މާޓިން ޖެހި ގޯލުންނެެވެ. ދެކުނު ކޮރެއާ އަށް އެއްވަރުކޮށްދިނީ ޑޮން ކެއޮން ލީ އެވެ. އޭގެ ފަހުން ރޯމޯ އާއި ފްރަންސިސްކޯ ކޯޑޯވާގެ ގޯލުތަކުން މެކްސިކޯ ދެ ލަނޑުގެ ލީޑެއް ނެގި އެވެ. އެކަމަކު، ޑޮން ކެއޮން ލީ އިތުރު ގޯލެއް ޖަހައި ދެކުނު ކޮރެއާ އަށް އަނެއްކާ ވެސް އުއްމީދެއް ހޯދައިދިނެވެ.

ދެކުނު ކޮރެއާ އިން ދެ ވަނަ ގޯލެއް ޖެހި ފަހުން މެކްސިކޯ އިން ވަނީ އިތުރު ތިން ގޯލު ޖަހައިފަ އެވެ. މި ލަނޑުތައް ޖެހީ މާޓިން އާއި ކޯޑޯވާ އަދި އެޑުއާޑޯ އަގީރޭ އެވެ. ދެކުނު ކޮރެއާގެ ތިން ވަނަ ގޯލު ޖެހީ އީ ޖޯ ހްވާން އެވެ.

ސެމީ ފައިނަލް މެޗުތައް އޮންނާނީ އަންނަ އަންގާރަ ދުވަހު އެވެ. ފުރަތަމަ ސެމީގައި މެކްސިކޯ ބައްދަލުކުރާނީ ބްރެޒިލާ އެވެ. އަދި ދެ ވަނަ ސެމީ ފައިނަލް މެޗުގައި ސްޕެއިން ކުޅޭނީ ޖަޕާންއާ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox