ކަރަންޓް ބިލް އާދަޔާ ހިލާފަށް ބޮޑުވި ކަމުގެ ޝަކުވާ ބަލަނީ

ސްޓެލްކޯ: ކަރަންޓް ބިލް ބޮޑުވުމުގެ ޝަކުވާތައް އަންނަނީ ބަލަމުން. -- ފޮޓޯ/ އަދަދު

ސްޓެލްކޯ: ކަރަންޓް ބިލް ބޮޑުވުމުގެ ޝަކުވާތައް އަންނަނީ ބަލަމުން. -- ފޮޓޯ/ އަދަދު

މާލެ ސަރަހައްދުގެ ކަރަންޓް ބިލް މި މަހު އާދަޔާ ހިލާފަށް ބޮޑުވެ ގިނަ ބަޔަކު ކަންބޮޑުވުންފާޅުކުރަމުންދާ މައްސަލަ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ބަލަން ފަށައިފި އެވެ.

އެތަނުން ނެރުނު އިއުލާނެއްގައި ބުނީ ސްޓެލްކޯގެ އިން ބައެއް މީހުންނަށް ފޮނުވި ޖުލައި މަހުގެ ކަރަންޓް ބިލް އާދަޔާ ހިލާފަށް ބޮޑުކަމުގެ ޝަކުވާ ސޯޝަލްމީޑިއާ އިން އެ އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. ރަސްމީކޮށް އެއްވެސް ފަރާތަކުން ހުށަހަޅާފައި ނުވިޔަސް ބަލަން ޖެހޭ ކަންކަން ބަލާނެ ކަމުގެ ޔަގީންކަން ވަނީ ދީފަ އެވެ.

މިދިޔަ އަހަރު އުފެއްދި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ހިނގަމުން އަންނަނީ އެންވާރަމެންޓް މިނިސްޓްރީގެ ދަށުންނެވެ.

މާލޭގެ ގެތަކުގެ ކަރަންޓް ބިލަކީ ދެއްކޭ ވަރަށް ވުރެން ބޮޑު ބިލެއް ކަމުގެ ޝަކުވާތައް ފެންމަތިކުރެއްވީ މާލޭގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ. އޭނާ އަށް ލިބިވަޑައިގަތް ކަންބޮޑުވުންތަކަކާ ގުޅިގެން ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ކަރަންޓް ބިލްގެ މައްސަލަ ގެންނަވައި އެ ބިލަކީ ގިނަ ބަޔަކަށް ދެއްކޭ ވަރަށް ވުރެން މާ ބޮޑު ބިލެއް ކަމަށް ވަނީ ވިދާޅުވެފަ އެވެ.

"ހާލުގައި އުޅެމުންދާ ރައްޔިތުން އިތުރަށް ހާލުގައި ޖެހޭގޮތް މިވަނީ ވެފައި. ރައްޔިތުން އަތުގައި ނެތް ފައިސާއަކުން ބިލް ދައްކަން މިވަނީ ޖެހިފައި," މުއިއްޒު ވިދާޅުވެފައިވެ އެވެ.

މި ފަހުން އެންމެ ބޮޑު ބިލެއް ޖުލައި މަހުގެ ތެރޭގައި ފޮނުވާފައިވާ ކަމަށް ގިނަ ބަޔަކު ބުންޏަސް ސްޓެލްކޯ އިން ބުނެފައި ވަނީ ބިލް ބޮޑުވާން ޖެހޭ ސަބަބެއް ނެތް ކަަމަށެވެ.

އެ ކުންފުނިން ބުނި ގޮތުގައި މިދިޔަ މަހުގެ ބިލް ބޮޑުކަމަށް ހީވީ, ކޮވިޑާ ގުޅިގެން ޖޫން މަހުގެ ތެރޭގައި ސަބްސިޑީއެއް ދިނުމަށް ފަހު, އެ ސަބްސިޑީ ކަނޑާލައި މި މަހުގެ ބިލް ފޮނުވުމުންނެވެ.

ސްޓެލްކޯ އިން ބުނެފައި ވަނީ ކޮންމެ މަހަކު ރީޑިން ނަގާއިރު ބިލް ބޮޑު ކަމަށް ފާހަގަ ކުރެވޭ ގެތަކުގެ ރީޑިން ދެވަނަ ފަހަރަށް ނަގައި މީޓަރު ވެސް ޓެސްޓް ކުރާ ކަމަށެވެ. ކުރިއާހިލާފަށް ގެތަކުގެ ބިލް ބޮޑުވިކަން ފާހަގަ ނުކުރެވޭ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފަ އެވެ.

"ސްޓެޓިސްކަލީ އަޅުގަނޑުމެން ބަލަން ވޭތުވެދިޔަ ދެ ތިން މަހަށް ކޮމްޕެއާ ކޮށްލާއިރު މިމަހުގެ ބިލަކީ ބޮޑު ބިލެއްތޯ. ސްޓެޓިސްކަލީ ބަލާލާއިރު އަޅުގަނޑުމެންނަކަށް އެހާ ބޮޑު އިމްޕެކްޓެއް ނުފެނޭ،" ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވެފައިވެ އެވެ.

މިފަދަ މައްސަލަތައް ކުރިން ބަލަނީ އެނާޖީ އޮތޯރިޓީންނެވެ. މި ސަރުކާރުގައި އެތަން އުވާލައި ފަހުން އުފެއްދީ ޔުޓިލިޓީ އޮތޯރިޓީގެ ޒިންމާގެ ތެރޭގައި، އާންމު ބޭނުންތަކުގެ ހިދުމަތްތަކަކީ ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެނަށް އެކަށީގެންވާ ހެޔޮ އަގެއްގައި، ހަރުދަނާ، އިތުބާރުހުރި އަދި ދެމެހެއްޓެނިވި ގޮތެއްގެމަތިން، ފޯރުކޮށްދެވޭ ހިދުމަތްތަކަކަށް ހެދުން ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ރަސްމާލެ މެނިފެސްޓޯގައި ލިޔުނީ ޔަހޫދީން އާބާދުކުރާކަށް ނޫން"

ރަސްމާލެ މަޝްރޫއަކީ 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނުއްވި ކަމެއް ކަމަށާއި، އެއީ ރައީސް މުއިއްޒުގެ އަމިއްލަ މަޝްރޫއެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެ މަޝްރޫއުގެ ބޭނުމަކީ ބޭރުގެ ފަރާތްތަކަށް ނުވަތަ ޔަހޫދީންނަށް އާބާދުވުމުގެ ފުރުސަތު ދިނުން ނޫން ކަމަށާއި، އެފަދަ ކަމަކަށް ގާނޫނު ބަދަލުކުރުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަދުރުސާ ގޮއްވާލަން އުޅުނު މައްސަލަ: 3 މީހަކަށް މޮނިކޮން އަމުރު

ތ. ތިމަރަފުށީ މަދުރަސާ ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ހިމެނޭ ތިން މީހަކު މޮނިޓާކޮށް ކޮންޓްރޯލްކުރުމަށް ހައިކޯޓުން މޮނިކޮން އަމުރެއް ވަނީ ނެރެފައި. މި އަމުރު ނެރެފައިވަނީ ހޯމް މިނިސްޓްރީން އެދިގެން، ޓެރަރިޒަމްގެ އެކި ތުހުމަތުތައް ކުރެވުނު މުހައްމަދު އާސިރު، އަހްސަން މުހައްމަދު އަދި އަބްދުﷲ ޝަރީފްގެ މައްޗަށް.

ކައުންސިލުގެ އިހުތިސާސުން މުހިންމު 14 ބިމެއް ވަކިކޮށްފި

އެ ބިންތައް ކައުންސިލުގެ އިހްތިސާސުން ވަކި ކުރިކަން އަންގައި ހައުސިން މިނިސްޓްރީ އިން ވަނީ އިއުލާނެއް ގެޒެޓުކޮށްފަ އެވެ. އެ އިއުލާނުގައި ބުނެފައި ވަނީ އެ ބިންތައް ވަކި ކުރީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފުލް ކޮންޓްރޯލް އޮންނަ މަޖިލީހުން އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުން ކަމަށެވެ.

ޔޫއޭއީގެ އިސް އޮފިޝަލަކާ ދިވެހި ސަފީރު ބައްދަލުކޮށްފި

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ތޯރިގު ވިދާޅުވީ ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ސައީދް އަލް ހަޖޭރީއާ އޭނާ ބައްދަލު ކުރެއްވީ "ދެގައުމުގެ މެދުގައިވާ ބައެއް ކަންކަމާމެދު" މަޝްވަރާ ކުރަން ކަމަށެވެ.

ބޭނުންކުރެވޭ ރިޒާވު 200 މިލިއަން ޑޮލަރުން ދަށަށް

ބޭނުންކުރެވޭ ރިޒާވުގައި މިދިޔަ މަސް ނިމުނުއިރު ހުރީ 169.7 މިލިއަން ޑޮލަރު. ސަރުކާރުން ބުނަނީ މި ވަރަށް ރިޒާވު ދަށްވީ ގިނަ ދަރަނިތަކެއް ދައްކަން ޖެހުނު އަހަރެއްގައި ތެޔޮ އިމްޕޯޓު ކުރުމުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން.

350 ކިލޯއަށްވުރެ ބަރު އުޅަނދުތަކަށް ނުދުއްވޭ ގަޑިތަކެއް

މާލެ ސަރަހައްދުގެ މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި، 350 ކިލޯއަށްވުރެ ބަރު އުޅަނދުތައް ދުއްވުން މަނާ ވަގުތުތަކެއް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކަނޑައަޅާފައި. މިގޮތުން ހެނދުނު 06:00 އިން 08:30 އަށް އަދި 11:30 އިން 01:30 އަށް ބޮޑުތަކުރުފާނު މަގު ފިޔަވައި އެހެން މަގުތަކާއި ބްރިޖުގައި މިފަދަ އުޅަނދުތައް ދުއްވުމަކީ މަނާކަމެއް.

2028 މުއިއްޒަށް ލިބޭނެ ގޮތެއް ނެތް: މަތީން

ރައީސް މުއިއްޒު އަމަލުކުރައްވާ ގޮތާއި ސަރުކާރުގެ ސިޔާސަތުތަކަށް ބަލާއިރު، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ނުކުރެއްވޭނެ ކަމަށް އެމްޑަބްލިއުއެސްސީގެ ކުރީގެ އެމްޑީ އަބްދުލް މަތީން ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox