ފިލިޕީންސްގެ 13 މިލިއަން މީހުން ލޮކްޑައުން ވާން އަންގައިފި

ފިލިޕީންސްގެ މެނީލާގައި ޓެކްސީ ޑްރައިވަރަކު ކޮވިޑް ވެކްސިން ޖަހަނީ.-- ފޮޓޯ: އޭއެފްޕީ

ފިލިޕީންސްގެ މެނީލާގައި ޓެކްސީ ޑްރައިވަރަކު ކޮވިޑް ވެކްސިން ޖަހަނީ.-- ފޮޓޯ: އޭއެފްޕީ

މެނީލާ، ފިލިޕީންސް (ޖުލައި 30) - ފިލިޕީންސްގެ ވެރިރަށް ސަރަހައްދުގައި ދިރިއުޅޭ 13 މިލިއަން މީހުން މި ފެށޭ ހަފްތާގައި އަނެއްކާ ވެސް ލޮކްޑައުން ވާން ސަރުކާރުން އަންގައިފި އެވެ.

ތޮއްޖެހިފައިވާ ވެރިރަށުގައި ފިޔަވަޅުތައް ވަރުގަދަ ނުކޮށްފި ނަމަ ޑެލްޓާ ވޭރިއެންޓުގެ ސަބަބުން ކުއްލިއަކަށް ކޭސްތައް އިތުރުވެ ހޮސްޕިޓަލްތައް ފުރިދާނެ ކަމުގެ އިންޒާރު ތަޖުރިބާކާރުން ވަނީ ދީފަ އެވެ.

"މި އުނދަގޫ ނިންމުން ނިންމަން ޖެހުނީ އިތުރު ފުރާނަ ސަލާމަތް ކުރުމަށް،" ރައީސް ރޮޑްރިގޯ ޑުޓާޓޭގެ ތަރުަމާނު ހެރީ ރޯކް ގައުމީ ޓީވީގައި ވިދާޅުވި އެވެ.

މިއަދުން ފެށިގެން ރެސްޓޯރެންޓުތަކުގައި ކެއުމާއި ބޮޑެތި އެއްވުން ބޭއްވުން މަނާކޮށްފައި ވާއިރު، އޯގަސްޓް ހަ ވަނަ ދުވަހުން ފެށިގެން ދެ ހަފްތާ ވަންދެން ގެއިން ބޭރަށް ނިކުތުން މަނާ ވާނެ އެވެ.

ފިލިޕީންސްއިން މިހާތަނަށް 1.5 މިލިއަން ކޮވިޑް ކޭސް ފެނިފައި ވެ އެވެ. މިއީ ދެކުނު އިރުމަތީ އޭޝިއާގައި ދެ ވަނަ އަށް އެންމެ ކޭސް ގިނަ ގައުމެވެ. މި ބަލީގައި 28،000 މީހުން ފިލިޕީންސްއިން މަރުވެފައި ވެ އެވެ.

މިހާތަނަށް ޑެލްޓާ ވޭރިއެންޓާ ގުޅިފައިވާ 200 ކޭސް ފިލިޕީންސްއިން ފެނިފައި ވާއިރު، އަވައްޓެރި އެހެން ގައުމުތައް ފަދައިން މި ވޭރިއެންޓު ހަލުވިކަމާއެކު ފެތުރުމުގެ ބިރު އެބަ އޮތެވެ.

ބަލިމަޑުކަމާ ގުޅޭ ކަންކަމުގައި ސަރުކާރަށް ލަފާދޭ މިނިވަން ރިސާޗް ގްރޫޕް އޯސީޓީއޭއިން ވަނީ ވެރިރަށް ވަގުތުން ލޮކްޑައުން ކުރުމަށް ގޮވާލާފަ އެވެ. އެ ގްރޫޕުން އިންޒާރު ދިން ގޮތުގައި ފިޔަވަޅު ނާޅައިފި ނަމަ އޯގަސްޓު މަހުގެ މެދާ ހަމައަށް ދާއިރު ދުވާލަކު ފެންނަ ކޭސްތައް ތިން ގުނަ އިތުރުވެ 3،000 އެރުން އެކަށީގެންވެ އެވެ.

"އެ ރޭޓުގައި ކުރިއަށް ދާ ނަމަ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސިއްހީ ނިޒާމަށް ނުކަތާވަރު ވާނެ،" އޯސީޓީއޭގެ ރަންޖީތު ރައި އޭއެފްޕީއަށް ވިދާޅުވި އެވެ.

ލޮކްޑައުނަށް ދިޔުމުގެ ނޭދެވޭ އަސަރު ބޮޑުވާނެ ކަމަށް ރައީސް ޑުޓާޓޭ ވިދާޅުވި ނަމަވެސް މިދިޔަ ހޯމަ ދުވަހު އެމަނިކުފާނު ވަނީ ލޮކްޑައުން ކުރަން ޖެހިދާނެ ކަމުގެ އިޝާރާތް ދެއްވާފަ އެވެ. މީގެ ކުރިން ލޮކްޑައުން ކުރުމުން އިގްތިސާދަށް ވަރަށް ބޮޑަށް ގެއްލުންވި އެވެ. އެތައް މިލިއަން ބަޔެއްގެ ވަޒީފާ ގެއްލި، ގިނަ އާއިލާތަކަށް ވަނީ ބަނޑުހައި ހޫނުކަމުގައި އުޅެން ޖެހިފަ އެވެ.

ފިލިޕީންސްގެ ވެރިރަށް ސަރަހައްދުގައި ހިމެނެނީ 16 ސިޓީ އާއި އެއް މުނިސިޕަލްޓީ އެވެ. އެ ތަންތަނުގެ މޭޔަރުން ވަނީ ސަރުކާރުން އާއްމުންނަށް އެހީވާ ނަމަ ލޮކްޑައުނަށް ތާއީދު ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

މެޓްރޯ މެނީލާގެ ގޮތުގައި މަޝްހޫރު ވެރިރަށް ސަރަހައްދު އެންމެ ފަހުން ލޮކްޑައުން ކުރީ މިދިޔަ މާޗް މަހު އެވެ. އޭރު ވެސް ލޮކްޑައުން ކުރަން މަޖުބޫރުވީ ރިކޯޑް އަދަދަށް ކޭސްތައް މަތިވުމުންނެވެ.

މި ޖުލައި މަހުގެ ކުރީކޮޅު ކޭސްތައް ކުޑަކޮށް ތިރިވުމާއެކު ސަރުކާރުން ވަނީ ބަލިމަޑުކަން ފެށުނު ފަހުން ފުރަތަމަ ފަހަރަށް އުމުރުން ފަސް އަހަރާއި 17 އަހަރާ ދެމެދުގެ ކުދިން ބޭރަށް ނިކުމެ އުޅުން މަނާކޮށްފައި އޮތް އޮތުން އުވާލާފަ އެވެ.

ނަމަވެސް ދެ ހަފްތާ ފަހުން ޑެލްޓާ ވޭރިއެންޓު ފެނި އަނެއްކާވެސް ކުޑަކުދިން ބޭރަށް ނިކުތުން މަނާ ކުރި އެވެ.

ފިޔަވަޅުތައް ހަރުކަށި ކުރަމުން ދާއިރު، ވެކްސިން ސަޕްލައި މަދުވުމާއި ލޮޖިސްޓިކަލް ކަންކަމާ ހެދި ކޮވިޑް ވެކްސިން ޕްރޮގްރާމް ހިންގުމަށް ފިލިޕީންސްއަށް ވަނީ ގޮންޖެހުންތަކާ ދިމާވެފަ އެވެ. މިހާތަނަށް އެ ގައުމުން ވެކްސިންގެ ދެ ޑޯޒް ޖަހާފައި ވަނީ އެންމެ 7.8 މިލިއަން މީހުންނެވެ. އެއީ އާބާދީގެ ހަތް ޕަސެންޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox