އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖަށް ވަންނަން ބެންގަލޫރު ވަރުގަދަ ކުރަނީ

މިިދިޔަ މެއި މަހު ބެންގަލޫރުން ހެންވޭރު ދަނޑުގައި ބޭއްވި ޕްރެކްޓިހުގެ ތެރެއިން.-- ފޮޓޯ: ބެންގަލޫރު

މިިދިޔަ މެއި މަހު ބެންގަލޫރުން ހެންވޭރު ދަނޑުގައި ބޭއްވި ޕްރެކްޓިހުގެ ތެރެއިން.-- ފޮޓޯ: ބެންގަލޫރު

އޭއެފްސީ ކަޕްގެ ކޮލިފައިން ޕްލޭއޮފްގައި ރާއްޖޭގެ ކްލަބް އީގަލްސްގެ މައްޗަށް ކުރިހޯދައި އިންޑިއާގެ ބެންގަލޫރު މުބާރާތުގެ ގްރޫޕް ސްޓޭޖަށް ވަނުމުގެ އަމާޒުގައި މިހާތަނަށް ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ހޯދައިފި އެވެ.

އޭއެފްސީ ކަޕުގެ ޕްލޭއޮފުގައި އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު އެފްސީގެ މެޗު އޮންނާނީ އަންނަ މަހުގެ 15 ވަނަ ދުވަހު މާލޭގަ އެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ދެކުނު އޭޝިއާ ގްރޫޕުގެ ފަހު ޖާގަ ލިބޭނެ އެވެ. ދެކުނު އޭޝިއާގެ ގްރޫޕްގައި މި ވަގުތު އޮތީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ، ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އަދި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އެވެ. ގްރޫޕް ސްޓޭޖުގެ މެޗުތައް އޮންނާނީ އަންނަ މަހުގެ 18، 21 އަދި 24 ވަނަ ދުވަހު މާލޭގަ އެވެ.

ބެންގަލޫރު އެންމެ ފަހުން އޭއެފްސީ ކަޕްގައި ވާދަކުރި ފަހަރު ރާއްޖޭގެ މާޒިޔާ އަތުން ޕްލޭއޮފް ބުރުގައި ވަނީ ކަޓައިފަ އެވެ. އެއީ އިންޑިއާގެ މީޑިއާގައި އެ ޓީމަށް ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި ސަބަބެކެވެ. އެހެންވެ، މި ފަހަރުގެ އޭއެފްސީ ކަޕްގައި ރަނގަޅު ހިސާބަކަށް ދިއުމަކީ އެ ޓީމުގެ ވަރަށް ބޮޑު ޓާގެޓެކެވެ.

އޭއެފްސީ ކަޕްގައި ވާދަކުރަން ބެންގަލޫރުން މިހާތަނަށް ސޮއިކޮށްފައިވާ ކުޅުންތެރިންނަކީ ކޮންގޯ ގައުމީ ޓީމުގެ ފޯވާޑް ޕްރިންސް އިބަރާ، ކުރިން ޗެންނާއީން އާއި މޯހަން ބަގާން އަށް ކުޅުނު މިޑްފީލްޑަރު ޖަޔޭޝް ރާނޭ، ބްރެޒިލް ލީގުން ގެނައި ޑިފެންޑަރު އެލަން ކޮސްޓާ، މިދިޔަ ސީޒަނުގައި އައި ލީގުގެ އެންމެ ގިނަ ގޯލު ޖެހި ފޯވާޑް އުމުރުން 23 އަހަރުގެ ބިދްޔާޝަގަރު ސިންހް، އީސްޓް ބެންގޯލުން އައި ކަނާތު ބެކް ސާތަކް ގޯލުއީ އާއި ފޯވާޑް ހަމަންޕްރީތު ސިންހް، ރިއަލް ކަޝްމީރު ޓީމުން ގެނައި ދާނިޝް ފާރޫގް އަދި ކެރަލާ ބްލާސްޓާސް އިން ސޮއިކުރި ޑިފެންސިވް މިޑްފީލްޑަރު ރޯހިތު ކުމާރް އެވެ.

ބެންގަލޫރަށް ސޮއިިކުރި މިދިޔަ ސީޒަނުގައި އައި ލީގުގެ އެންމެ ގިނަ ގޯލު ޖެހި ފޯވާޑް ބިދްޔާޝަގަރު ސިންހް.

ބެންގަލޫރު ދޫކޮށްދިޔައީ ސްޕެއިނުގެ ޑިފެންޑަރު ހުއާނަން، މިޑްފީލްޑަރު ހަރްމަންޖޯތު ކަބްރާ އަދި ޖޯ ޒޯހަރްލިއާނާ އެވެ.

ޕާޓަލޫ އާއި ބެންގަލޫރާ ދެމެދު ދެބަސްވުންތަކެއް؟

މިދިޔަ އަހަރުތަކުގައި ބެންގަލޫރު މެދުތެރޭގައި މޮޅު ކުޅުމެއް ދެއްކި އޮސްޓްރޭލިއާގެ މިޑްފީލްޑަރު އެރިކް ޕާޓަލޫ އާއި ބެންގަލޫރު މެނޭޖްމަންޓާ ދެމެދު ވަނީ ހިޔާލުތަފާތުވުންތަކެއް އުފެދިފަ އެވެ.

ރާއްޖޭގައި މިދިޔަ މެއި މަހު އޭއެފްސީ ކަޕްގެ މެޗުތައް ހޯސްޓްކުރަން ނިންމައި ބެންގަލޫރުން ޕްލޭއޮފް މެޗަށް މާލެ އައިސް ތިބިއިރު، ޕްރޮޓޮކޯލާ ހިލާފުވީ ހޮޓަލުން ބޭރަށް ނުކުމެގެންނެވެ. ޕްރޮޓޮކޯލްގައިވާ ގޮތުން ބޭރަށް ނުކުމެވޭނީ ހަމައެކަނި މެޗަށް ނޫނީ ޓްރެއިިނިން އަށް އެކަންޏެވެ. އެކަމަކު ބެންގަލޫރު ޓީމުން ހޮޓަލުން ބޭރަށް ނުކުމެ މާލޭ މަގުމަތީގައި އުޅުނު މީހުންގެ ތެރޭގައި ޕާޓަލޫ ހިމެނެ އެވެ. ބެންގަލޫރުން ޕްރޮޓޮކޯލް މުގުރާލުމުން ރާއްޖޭގައި މެޗު ނުކުޅެވޭނެ ކަމަށް ޔޫތު މިނިސްޓަރު މަހުލޫފު ވަގުތުން އެންގި އެވެ.

ކުޅުންތެރިންނާއި އޮފިޝަލުން ޕްރޮޓޮކޯލާ ހިލާފުވި މައްސަލައިގައި މައާފަށް އެދޭ ކަމަށާއި އެ ކުޅުންތެރިންނާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އެ ކްލަބުގެ ސީއީއޯ ޕާތު ޖިންދާލް ވަނީ އޭރު ވިދާޅުވެފަ އެވެ.

އޭއެފްސީ ކަޕަށް ތައްޔާރުވާން ބެންގަލޫރުން މި މަހު ޕްރެކްޓިސްތައް ފެށިއިރު، ޕާޓަލޫ އަށް އަންގާފައެއް ނުވެ އެވެ. އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް ޕާޓަލޫގެ ފަރާތުން ޕްރޮފެޝަނަލް ފުޓްބޯލާސް އޮސްޓްރޭލިއާ އިން ވަނީ ބަޔާނެއް ނެރެފަ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ކޮންޓްރެކްޓެއް އޮތް ނަމަވެސް ޕާޓަލޫ އަށް އަލުން ބެންގަލޫރު ޓީމާ ގުޅުމުގެ ފުރުސަތު އަދި ކްލަބުން ތަނަވަސްކޮށްނުދޭ ކަމަށެވެ. އަދި ޕްރީ ސީޒަން ޕްރެކްޓިހާ ގުޅެން ޕާޓަލޫ ދެކޮޅު ހަދާކަމަށް ދެކެވޭ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ޕްރޮފެޝަނަލް ފުޓްބޯލާސް އޮސްޓްރޭލިއާގެ ބަޔާނާ ބެހޭގޮތުން ބެންގަލޫރުން އަދި ރަސްމީކޮށް ބަހެއް ނުބުނެ އެވެ.

ބެންގަލޫރު ކައިރިން ކާމިޔާބު ހޯދައި އީގަލްސް އިން ވެސް ގްރޫޕް ސްޓޭޖަށް ވަނުމުގެ އަމާޒުގައި އަންނަނީ ޓީމަށް ބަދަލުތަކެއް ގެންނަމުންނެވެ. އެ ގޮތުން އޭއެފްސީ ކަޕާ ދިމާކޮށް އީގަލްސް އިން ވަނީ އަލީ އަޝްފާގު (ދަގަނޑޭ)، މުހައްމަދު އާރިފް (ބަކާ)، އިސްމާއިލް އީސާ (މެސީ)، މުހައްމަދު ފައިސަލް، އަކުރަމް އަބްދުލް ގަނީ (އަކޫ) އަދި އަހުމަދު ހަސަން (އައްމަޑޭ) ގެނެސްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox