ފެނަކައިން އެސްޓީއޯއަށް ފައިސާއެއް ނުދައްކާ، ކަރަންޓް ދެނީ އެސްޓީއޯ އިން ހިލޭ

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސްޓީއޯގެ އެމްޑީ ހުސެއިން އަމްރު މައުލޫމާތު ދެއްވަނީ. -ފައިލް ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސްޓީއޯގެ އެމްޑީ ހުސެއިން އަމްރު މައުލޫމާތު ދެއްވަނީ. -ފައިލް ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އަތޮޅުތަކަށް ކަރަންޓުގެ ހިދުމަތް ދޭ, ސަރުކާރުގެ ކުންފުނި ފެނަކަ ކޯޕަރޭޝަނުން ފައިސާ ނުދައްކާތީ، ރަށްރަށުގައި ކަރަންޓުގެ ހިދުމަތް މިހާރު ފޯރުކޮށްދެމުން އަންނަނީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ގާތްގަނޑަކަށް ހިލޭ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަމްރު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ މައި ކުންފުނި، އެސްޓީއޯ އިން ދައުލަތުގެ އެކި ފަރާތްތަކުގެ އިތުރުން އަމިއްލަ ފަރާތްތަކަށް ފޯރުކޮށްދީފައިވާ މުދަލާއި ހިދުމަތްތަކަށް ފައިސާ ނުލިބޭ ކަމުގެ ޝަކުވާތައް އެ ކުންފުނިން އަބަދުވެސް ކުރެ އެވެ.

އެކަމާ ގުޅިގެން "އަދަދު"އަށް ދެއްވި އިންޓަވިއުއެއްގެ ތެރެއިން އަމްރު ވަނީ އެކި ކުންފުނިތަކުން އެސްޓީއޯ ދައްކަން ޖެހޭ ފައިސާގެ ބޮޑެތި އަދަދުތަކެއް ހުރި ކަމަށް ވިދާޅުވެފަ އެވެ. މިހާތަނަށް ނުލިބިވާ އެ އަދަދު ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަމްރު ވިދާޅުވި ގޮތުގައި އޭގެތެރެއިން ބޮޑު ބައެއް ނިސްބަތްވަނީ ފެނައަކަށެވެ. އެ ކުންފުނިން އެ ފައިސާ ހޯދަން އެކި ގޮތްގޮތުން މަސައްކަތްކޮށްގެން ވެސް މިހާތަނަށް އެއްވެސް ފައިސާއެއް ނުލިބޭ ކަމަށް ވިދާޅުވި އެވެ.

އަޅުގަނޑުމެން މިދަނީ އަތޮޅު ތެރެއަށް ކަރަންޓު ދޭން ބޭނުންވާ މިންވަރަށް ހުއްޓުމެއް ނެތި ތެޔޮ ފޯރުކޮށްދެމުން. އެކަމަކު އެ ތެލަކަށް އެންމެ ރުފިޔާއެއް ވެސް ނުލިބޭ. އެހެންވީމާ އަތޮޅު ތެރެއަށް އަސްލު ކަރަންޓު މި ފޯރުކޮށްދެނީ އެސްޓީއޯއިން ހިލޭ، -- އަމްރު

އޭނާ ވިދާޅުވި ގޮތުގައި އެކަމަށް ހައްލެއް ނުލިބި، އެސްޓީއޯއަށް ގިނަ ގޮންޖެހުންތައް ކުރިމަތިވަމުންދެ އެވެ. އަދި އެ ކުންފުނީގެ އޮޕަރޭޝަންތަކަށް ވެސް ބުރޫއަރަމުންދާކަމަށް ވިދާޅުވި އެވެ.

"ދުވަހުގެ ބޮޑު ބައި މި ހޭދަކުރަންޖެހެނީ އެ ކަމެއްގައި. ދެން އެ މައްސަލަ ހައްލުކުރަން ވާހަކަތައް އެބަދެކެވޭ. އެކަމަކު ސްޓެލްކޯއިން ބަރާބަރަށް ފައިސާ ދައްކަމުންދާކަން އަޅުގަނޑު ފާހަގަކޮށްލަން ބޭނުން،" އަމްރު ވިދާޅުވި އެވެ.

ފެނަކައިގައި މި މައްސަލަތައް ހުއްޓަސް އެސްޓީއޯ އިން ކުރި މަސައްކަތުން, އަމިއްލަ އެހެން ކުންފުނިތަކުން ހޯދަން ޖެހޭ ފައިސާގެ ބޮޑު ބައެއް އަނބުރާ ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.

އެގޮތުން، ޕޭމަންޓް ޕްލޭންތަކެއް ހަދައިގެން އެ ފައިސާ އަނބުރާ ލިބެމުންދާއިރު، އެ އުސޫލުގެ ދަށުން ވެސް ފައިސާ ނުދައްކާ ފަރާތްތަކުގެ މައްސަލަ ކޯޓަށް ހުށަހަޅައިގެން އެ ފައިސާ އަނބުރާ ހޯދުމުގެ މަރުހަލާތައް ކުރިއަށްދާ ކަމަށް އަމްރު ވިދާޅުވި އެވެ.

ފެނަކައިން ބުނަނީ ފައިސާ ދައްކަމުން އަންނަ ކަމަށް

ނަމަވެސް، އަމްރުގެ ތުހުމަތުތައް ފެނަކައިން ދޮގުކުރެ އެވެ.

އެ ކުންފުނީގެ އެމްޑީ އަހުމަދު ސައީދު މުހައްމަދު މިއަދު "އަދަދު"އަށް ވިދާޅުވި ގޮތުގައި ފެނަކައިން ދަނީ އެސްޓީއޯއަށް ފައިސާ ދައްކަމުންނެވެ.

ނަމަވެސް، މިފަހުން ފައިސާ ދެއްކުން ކުޑަކޮށް މަޑުޖެހުނީ ކޮވިޑާ ގުޅިގެން ދިމާވެފައިވާ ބައެއް ދަތިތަކުގެ ސަބަބުން ކަމަށް ސައީދު އެއްބަސްވެވަޑައިގެންނެވި އެވެ.

"އަޅުގަނޑުމެން ކުންފުންޏާ ހަވާލުވި ފަހުން ފައިސާ ދައްކަމުން މި އަންނަނީ. އެކަމަކު އޭގެ ކުރިން ނުދައްކާއޮތް އެއްޗެއް ވިއްޔާ އަދި އެބައޮތް،" އޭނާ ވިދާޅުވި އެވެ.

އެގޮތުން، މީގެ ކުރިން އެސްޓީއޯއަށް ނުދައްކާއޮތް ފައިސާގެ އަދަދު ގާތްގަނޑަކަށް 100 މިލިއަނެއްހާ ރުފިޔާއަށް އަރާނެކަމަށް ސައީދު ލަފާކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

Newsletter

Get the latest news delivered straight to your inbox