އެއް ހާފުގައި ހަތް ގޯލު ޖެހި ވްލާހޮވިޗްގެ ޑިމާންޑް ބޮޑު

Jul 29, 2021, 4:19 AM
ލަނޑު ޖެހުމަށް ފަހު ވްލަހޯވިކް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ވްލަހޯވިކް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ފްލޮރެންސް (ޖުލައި 29) - މި ފަހަރުގެ ޕްރީ ސީޒަން މެޗެއްގެ ތެރެއިން އެއް ހާފްގައި ހަތް ގޯލު ޖެހި ފިއޮރެންޓީނާގެ ފޯވާޑް ޑޫސާން ވްލާހޮވިޗްގެ ޑިމާންޑް ބޮޑުވެއްޖެ އެވެ.

އުމުރުން 21 އަހަރުގެ ވްލާހޮވިޗް ހަތް ގޯލު ޖެހީ ދާދި ފަހުން ޕްރީ ސީޒަން މެޗެއްގައި އިޓަލީގެ ހަތަރު ވަނަ ޑިވިޝަން ޓީމެއް ކަމަށްވާ ޕޮލިސްޕޯޓިވާ ސީފޯ ފޮލީނޯ ކޮޅަށެވެ. ޕޮލިސްޕޯޓިވާ އަތުން 11-0 އިން ފިއޮރެންޓީނާ މޮޅުވިއިރު، ވްލާހޮވިޗް ހަތް ގޯލު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ. އެ ހުރިހާ ގޯލެއް ޖަހަން ހޭދަވީ 34 މިނިޓެވެ.

ސާބިއާގެ ޕާޓިޒާން ކްލަބަށް ކުރިން ކުޅުނު ވްލާހޮވިޗް، ފިއޮރެންޓީނާ އަށް ބަދަލުވީ 2018 ވަނަ އަހަރު އެވެ. މިދިޔަ ސީޒަނަކީ ވްލާހޮވިޗްގެ ކުރިއެރުންތައް އެންމެ ބޮޑަށް ފާހަގަވި އަހަރެވެ. އޭނާ ވަނީ އިޓާލިއަން ލީގުގައި 37 މެޗުން 21 ގޯލު ޖަހައިފަ އެވެ.

އިޓާލިއަން ލީގުގެ މެޗެއްގެ ތެރެއިން ލަނޑު ޖެހުމަށް ފަހު ވްލާހޮވިޗް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ރިޕޯޓްތައް ބުނާގޮތުން ވްލާހޮވިޗްގެ ސޮއި ހޯދަން މަސައްކަތް ކުރަމުން އަންނަ ކްލަބްތަކުގެ ތެރޭގައި ލިވަޕޫލާއި ޓޮޓެންހަމާއި މެންޗެސްޓާ ސިޓީ، ސެވިއްޔާ އަދި ބަޔާން މިއުނިކް ހިމެނެ އެވެ.

ފިއޮރެންޓީނާ އިން 2018 ވަނަ އަހަރު ވްލާހޮވިޗް ގަތީ ހަތަރު މިލިއަން ޑޮލަރު ދީފަ އެވެ. އެ ފަހަރު ވްލާހޮވިޗް ސޮއިކުރީ ފަސް އަހަރުގެ އެއްބަސްވުމެއްގަ އެވެ. އެ ކޮންޓްރެކްޓްގައި ބާކީ ދެ އަހަރު އެބައޮތެވެ. ފިއޮރެންޓީނާގެ ވިސްނުން މި ވަގުތު ހުރީ ވްލާހޮވިޗް ލައްވައި އާ އެއްބަސްވުމެއްގައި ސޮއިކޮށް، އޭނާ ކްލަބް ދޫކޮށްލާއިރު ބޮޑު އަގުގައި ވިއްކާލެވޭ ގޮތަށް ހެދުމަށެވެ.

ވްލާހޮވިޗް ވެސް ވަނީ އިތުރު އެއް އަހަރު ފިއޮރެންޓީނާ އަށް ކުޅެން ބޭނުންވާ ކަމަށް ދާދި ފަހުން ދިން އިންޓަވިއުއެއްގައި ބުނެފަ އެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ވްލާހޮވިޗް ވިއްކާލާނަމަ އޭނާގެ އަގު އުޅޭނީ 50 މިލިއަން ޑޮލަރުގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެއްބަސްވުން އާ ކޮށްގެން އަންނަ އަހަރު ވްލާހޮވިޗްގެ އަގު އެ އަށް ވުރެ ބޮޑު ކުރެވޭނެ އެވެ.

ވްލާހޮވިޗް ވަނީ މިހާތަނަށް ސާބިއާގެ ސީނިއާ ޓީމަށް ހަތް މެޗުން ދެ ގޯލު ޖަހައިފަ އެވެ. މީގެ ކުރިން ވްލާހޮވިޗް ވަނީ ސާބިއާގެ އުމުރުފުރާ ގައުމީ ޓީމުތަކަށް ކުޅެފަ އެވެ. އެ ގޮތުން އޭނާ ވަނީ ސާބިއާގެ 16، 18، 19 އަދި 21 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅެފަ އެވެ.

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox