އަންނަ ސީޒަނުގައި ވެސް ރޮނާލްޑޯ ފެންނާނީ ޔުވެންޓަސް އިން: އަލެގްރީ

Jul 28, 2021, 6:11 AM
ޔުވެންޓަސްގެ ޕްރީ ސީޒަނުގެ ތެރެއިން ރޮނާލްޑޯ.-- ފޮޓޯ: ޔުވެންޓަސް

ޔުވެންޓަސްގެ ޕްރީ ސީޒަނުގެ ތެރެއިން ރޮނާލްޑޯ.-- ފޮޓޯ: ޔުވެންޓަސް

ޓިއުރިން (ޖުލައި 28) - ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަންނަ ސީޒަނުގައި ވެސް ފެންނާނީ އެ ޓީމުން ކަމަށް އެ ކްލަބްގެ ކޯޗު މެސިމޯ އަލެގްރީ ބުނެފި އެވެ.

އުމުރުން 36 އަހަރުގެ ރޮނާލްޑޯ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އޭނާގެ ކުރީގެ ކްލަބް މެންޗެސްޓާ ޔުނައިޓެޑް ނޫނީ ފްރާންސްގެ ޕީއެސްޖީ އަށް ބަދަލުވާން އުޅޭ ކަމަށް މީޑިއާގައި އޮތީ އަޑުފެތުރިފަ އެވެ. އެ ވާހަކަތައް ކޮންމެ ވެސް ވަރަަކަށް މަޑުޖެހުނީ ޔުވެންޓަސްގެ ނައިބު ރައީސް ޕަވެލް ނެޑްވެޑް ދިން އިންޓަވިއުއެއްގައި ރޮނާލްޑޯ އެ ކްލަބްގައި މަޑުކުރާނެ ކަމަށް ވިދާޅުވުމުންނެވެ.

ޔުވެންޓަސް ޓީމަށް 2018 ވަނަ އަހަރު ރޮނާލްޑޯ ގެނައީ އަލެގްރީ ހުއްޓަ އެވެ. ޔުވެންޓަސްގެ ކޯޗުކަމާ އަލެގްރީ ދެ ވަނަ ފަހަރަށް ހަވާލުވެ، މަސައްކަތް ކުރަމުން އަންނައިރު، ދާދި ފަހުން ރޮނާލްޑޯ ވަނީ އެ ޓީމުގެ ޕްރީ ސީޒަން ޕްރެކްޓިހުގައި ބައިވެރިވާން ފަށައިފަ އެވެ.

Advertisement

"ރޮނާލްޑޯ އެނބުރި އައިސް އެ ހުރީ ވަރަށް ވަރުގަދަ ރޫހެއްގައި. ރޮނާލްޑޯ އަކީ ޗެމްޕިއަނެއް. އާދަޔާހިލާފު ހުނަރުވެރި ކުޅުންތެރިއެއް،" ޕްރީ ސީޒަނުގެ ތެރެއިން އަލެގްރީ ދިން އިންޓަވިއުއެއްގައި ބުންޏެވެ.

"އެހެން ކުޅުންތެރިންނެކޭ އެއްގޮތަށް އަހަރެން ވާނީ ރޮނާލްޑޯއާ ވެސް މަޝްވަރާތަކެއް ކޮށްފައި. އަންނަ ސީޒަނަކީ ވަރަށް މުހިއްމު އަހަރެއްކަން އަހަރެން ރޮނާލްޑޯ ގާތުގައި ބުނިން. އޭނަ ވެސް ހުރީ ޓީމަށް އެހީވާން ތައްޔާރަށް،"

އަލެގްރީ ބުނީ މީގެ ތިން އަހަރު ކުރިން އަހަރެން ހުރިއިރު ކުރި މަސައްކަތަށް ވުރެ ރަނގަޅު ކަންތައްތަކެއް މި ފަހަރު ހާސިލްކުރަން ބޭނުންވާ ކަމަށެވެ.

ޔުވެންޓަސްއާ އެކު ރޮނާލްޑޯ ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ އަހަރު ޖޫން މަހު އެވެ.

ޔުވެންޓަސް އިން ރޮނާލްޑޯ ގެނައި އެންމެ ބޮޑު ސަބަބަކީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމެވެ. ޔުވެންޓަސް އިން އެންމެ ފަހުން ޗެމްޕިއަންސް ލީގު ކާމިޔާބުކުރީ 1996 ވަނަ އަހަރު އެވެ.

އަލެގްރީ ބުނީ ކުރިއަށް އޮތް ސީޒަނަށް ވެސް އެންމެ ބޮޑު ޓާގެޓަކީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުން ކަމަށެވެ. އެކަމަކު އެންމެ ފުރަަތަމަ ވިސްނަން ޖެހޭނީ ގްރޫޕް ސްޓޭޖު ފަހަނައަޅައި ދިއުމަށް ކަމަށް އަލެގްރީ ގަބޫލުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox