ލޭ ހުއްދަކުރާ ފިކުރު ފެތުރުމަކީ މިނިވަންކަމަށް އޮތް ނުރައްކަލެއް: ރައީސް

ރައީސް ސޯލިހް: އިސްލާމް ދީނުގެ ނަމުގައި ފަތުރާ ހަރުކަށި ފިކުރާއި ދީނަށް ފުރައްސާރަކުރުން ވެސް ހުއްޓުވަން ޖެހޭ ކަމަށް ރައީސް ވިދާޅުވި. -- ފޮޓޯ/ރައީސް އޮފީސް

ރައީސް ސޯލިހް: އިސްލާމް ދީނުގެ ނަމުގައި ފަތުރާ ހަރުކަށި ފިކުރާއި ދީނަށް ފުރައްސާރަކުރުން ވެސް ހުއްޓުވަން ޖެހޭ ކަމަށް ރައީސް ވިދާޅުވި. -- ފޮޓޯ/ރައީސް އޮފީސް

އިސްލާމް ދީނުގެ ނަމުގައި ހައްގަކާ ނުލައި މީހުންގެ ލޭ ހުއްދަކޮށް، ފުރާނަ އާއި މުދަލަށް ގެއްލުން ދިނުމުގެ ފިކުރު ފަތުރައި އާއްމުކުރުމަކީ ރާއްޖޭގެ މިނިވަންކަމަށް އޮތް ނުރައްކަލަކަށް ވާތީ އެކަމާ ދެކޮޅަށް އެންމެން ތެދުވަންޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ 57 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޔިތުންނާ ދެއްކެވި ވާހަކަފުޅުގައި, ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުން އައިސް ހާލަތު ގޯސްވެފައިވާ މިންވަރާ މެދު ކަންބޮޑުވުންފާޅުކުރެއްވި އެވެ. މިކަމަކީ މިނިވަންކަމާއި ސުލްހައަށް އޮތް ހުރަހެއް ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ސުލްހަމަސްލަސްކަން އަދި އެކުވެރިކަމުގެ އަސާސްތައް ކަނޑައަޅައިދިން އިސްލާމްދީނަކީ ހައްގަކާ ނުލައި މީހުންގެ ލޭ ހުއްދަކުރާ ދީނެއް ކަމުގެ ވިސްނުން ފަތުރައި އާއްމުކުރަން ފާޅުގައި ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިއީ، މި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރަން އެދޭ ހަމަ ކޮންމެ މީހަކުމެ ފާޅުގައި އެކަމާ ދެކޮޅަށް ތެދުވަން ޖެހޭ ނުރައްކާތެރި ކަމެއް. -- ރައީސް

އެމަނިކުފާނު ވިދާޅުވި ގޮތުގައި އިސްލާމްދީނުގެ ނަމުގައި ފަތުރަމުންދާ ހަރުކަށި ފިކުރުތަކާއި ހައްދުފަހަނައެޅި އަމަލުތަކަކީ އެއްވެސް ގޮތަކުން އިސްލާމްދީނާ ގުޅުމެއް ނެތް ބާތިލް ކަންތައްތަކެކެވެ.

"އެއީ، އެއްވެސް ހަމައަކުން ބަލާއިރު، އިސްލާމް ދީނުގެ އަހުލާގީ ހަމަތަކާއި ދީނީ އުސޫލުތަކާ ގުޅުމެއް ހުރި ފިކުރުތަކެއް ނޫން. އިންސާނީ ހަމަބުއްދިން ވިސްނާއިރު ވެސް އިންސާނީ މުޖްތަމައެއްގައި ފަތުރަން ހެޔޮވާ ވަރުގެ ފިކުރުތަކެއް ނޫން،" ރައީސް ވިދާޅުވި އެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ/ރައީސް އޮފީސް

ރައީސް ވިދާޅުވީ ރާއްޖޭގެ އިޖުތިމާއީ ހަމަޖެހުމާއި އެއްބައިވަންތަކަމަކީ އިސްލާމްދީނުގެ ސައްހަ އަގީދާގެ މަތީގައި ދެމިތިބުން ކަމަށެވެ. ދީނީ އެއްބައިވަންތަކަން އިތުރަށް ހަރުދަނާކޮށްދެނީ މަޒުހަބީ ތަފާތު ކުރުމެއް ނެތުން ކަމަށް ވެސް ވިދާޅުވި އެވެ.

މިނިވަންކަމުގެ ދިފާއުގައި ކުރެވުނު ކޮންމެ ޖިހާދެއްގައި ލިބުނު ނަސްރަކީ، ރައީސް ވިދާޅުވި ގޮތުގައި, އެއްބައިވަންތަކަމުގެ މަތީގައި ސާބިތުވެ ތިބުމުގެ ހެޔޮ ނަތީޖާ އެވެ.

އެކަމަކު ބައެއް އިސްލާމީ ގައުމުތަކުން ފެންނަ އަނިޔާވެރި އަމަލުތަކަކީ ރާއްޖޭގައި ދަމަހައްޓަމުން އަންނަ އުސޫލްތަކާއި ހަމަތަކާ ހިލާފުވެ ދީނުގެ ނަމުގައި ހަރުކަށި ފިކުރުގެ އަމަލުތަކަށް ޖާގަ ދިނުމުގެ ނަތީޖާ ކަމަށް ރައީސް ވިދާޅުވި އެވެ. އެ ގައުމުތަކުގައި ދާހިލީ ހަނގުރާމަތައް ކުރިއަށް ދިއުމުގެ ފަހަތުގައި އޮތީ ވެސް ދީނާ ބީރައްޓެހި ހަރުކަށި ފިކުރު ކަމަށް ރައީސް ވިދާޅުވި އެވެ.

ކޮންމެ ގައުމެއްގައި ވެސް ފުރަތަމަ އުފެދެނީ އެއް ބައަކު އަނެއް ބައެއްގެ ފުރާނަ އާއި މުދަލަށް ގެއްލުން ދިނުމުގެ އަމަލުތައް ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެކި ފަރާތްތަކުގެ ނުފޫޒު ފެތުރި މިނިވަންކަމާއި ސުލްހަ ގެއްލެނީ އޭގެ ފަހުންނެވެ.

ދީނަށް އިހާނެތި އަމަލާއި ފުރައްސާރަކުރުން ވެސް ބަލައެއް ނުގަނެވޭ

ހައްދުފަހަނާއެޅި އަމަލުތަކާއި ފިކުރުގެ އިތުރުން އިސްލާމްދީނަށް އިހާނެތިކޮށް ފުރައްސާރަކުރުމުގެ އަމަލުތައް ވެސް ބަލައިނުގަނެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި އެފަދަ އަމަލުތަކަކީ ވެސް މުޖުތަމައު ބައިބައިކޮށް ފަސާދަ އަށް މަގުފަހިކުރާ ނުރައްކާތެރި އަމަލުތަކެކެވެ. އެކަކު އަނެކަކާ މެދު ނަފްރަތު އުފެއްދުމާއި އިސްލާމްދީނަށް އިހާނެތިކުރުމުގެ އަމަލުތައް ހުއްޓުވުމަކީ ގައުމުގެ މިނިވަންކަމާއި ހަމަޖެހުން ދެމެހެއްޓުމަށްޓަކައި ކޮންމެ ފަރުދަކު ވެސް އިސްކަންދޭން ޖެހޭނެ ކަންކަން ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެ ދެ މައްސަލައަކީ ވެސް ދިވެހިންގެ ތެރޭގައި އޮވެގެން ނުވާނެ އިޖުތިމާއީ ބޮޑު ދެ މައްސަލަ ކަމަށެވެ.

ގާނޫނީ ފިޔަވަޅަކީ ހައްލެއް ނޫން

ރައީސް ދެކެވަޑައިގަންނަވާ ގޮތުގައި ސީރިއަސް ދެ މައްސަލައަށް އޮތް ހަމައެކަނި ފަރުވާއަކީ ގާނޫނުތައް ނަގައިގެން އެންމެ ހަރުކަށި އަދަބު ދިނުމެއް ވެސް ނޫނެވެ. މީގައި އޮތް ދާއިމީ ހައްލަކީ ދީނުގެ ސައްހަ އަގީދާގެ މަތީގައި ދަރިން ތަރުބިއްޔަތުކުރުން ކަމަށް ވިދާޅުވި އެވެ.

ސައްހަ އަގީދާގެ މަތީގައި ދިރިއުޅުން ބިނާކުރަން ދަސްކޮށް ނުދެވިއްޖެ ނަމަ ދީނަށް ފުރައްސާކުރުމާއި ދީނުގެ ނަމުގައި އަނިޔާވެރި އަމަލުތަކާ ދިމާއަށް ދިއުމުގެ ފުރުސަތު އޮންނާނެ ކަން ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެ ދެ މައްސަލައަށް ތައުލީމީ ނިޒާމުގެ ތެރެއިން ވެސް ހައްލުތަކެއް ގެނެވެން އޮތް ގޮތްތަކެއް ސަރުކާރުން އަންނަނީ ހޯދަމުންނެވެ. އަދި އެކަމުގައި މަސައްކަތްތަކެއް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.

އެމަނިކުފާނު ވިދާޅުވީ މުޖުތަމައު ބައިބައިކުރާ މައްސަލަތައް ދެމިގެން ހިނގައްޖެ ނަމަ ގައުމުގެ ސުލްހަ މަސަލަސްކަމާއި ހަމަޖެހުން އޮންނާނީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރޭގައި ކަމަށެވެ. އެފަދަ ހާލަތަކަށް ގައުމު ވެއްޓިއްޖެ ނަމަ ދެން ކުރިމަތިވާ ބޮޑެތި އެހެން މައްސަލަތަކުން ވެސް އަރައިގަތުމުގައި ގޮންޖެހުންތަކެއް ހުންނާނެ ކަމަށް ރައީސް ހަނދާންކޮށްދެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox