އިރާނުގައި ފެން ނުލިބިގެން މުޒާހަރާ ކުރަނީ

އިރާނުގައި ބަޔަކު މުޒާހަރާ ކުރަނީ.-- ފޮޓޯ: އޭއެފްޕީ

އިރާނުގައި ބަޔަކު މުޒާހަރާ ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ތެހްރާން، އިރާން (ޖުލައި 24) - އިރާނުގެ ހުޅަނގު ދެކުނަށް ހަނަފަސްކަމާ ދިމާވެ، ފެން ނުލިބުމުގެ ސަބަބުން ކުރަމުންދާ މުޒާހަރާތަކުގައި ހަތަރު މީހަކު މަރުވެފައި ވަނިކޮށް ރޫހާނީ ލީޑަރުގެ މެސެޖެއް ދެއްވައިފި އެވެ.

އާޔަތުﷲ އަލީ ހާމަނާއީ މުޒާހަރާ ކުރަމުންދާ މީހުންނަށް ގޮވާލީ "ދުޝްމަނުންނަށް" ހަތިޔާރު ނުދިނުމަށެެވެ. ފެނުގެ މައްސަލަ އޮތީ ސީރިއަސް ހާލަތެއްގައިކަން ފާހަގަކުރައްވަމުން ހާމަނާއީ ވިދާޅުވީ ޝުއޫރުތައް ފާޅުކުރުމުގައި ވެސް ދުޝްމަނުންނާ މެދު ސަމާލުވާން ޖެހޭ ކަމަށެވެ.

"އިންގިލާބާއި، ގައުމާއި، ރައްޔިތުންނާ ދެކޮޅަށް ލިބެން އޮތް ކޮންމެ ހަތިޔާރެއްގެ ބޭނުން ދުޝްމަނުން ކުރާނެ. އެހެންވީމާ ދުޝްމަނުންނަށް އެހީ ލިބޭނެ ކަމެއް ނުކުރަން ސަމާލުވާން ޖެހޭ،" ހާމަނާއީގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް ފޮނުވި މެސެޖުގައި ވިދާޅުވި އެވެ.

އިރާނުގައި ތެޔޮ އުފައްދާ މައި ސަރަހައްދު، ކުޒެސްތާނަށް މިދިޔަ މާޗް މަހުން ފެށިގެން ވަނީ ހަނަފަސްކަމާ ކުރިމަތިވެފަ އެވެ. މިއީ އިރާނުގެ އެންމެ މުއްސަނދި ޕްރޮވިންސް ނަމަވެސް ވާރޭ ނުވެހި ގިނަ ދުވަސްވުމުގެ ސަބަބުން ފެނަށް ޖެހި، ޖުލައި 15 ވަނަ ދުވަހުން ފެށިގެން އާއްމުން ދަނީ މުޒާހަރާ ކުރަމުންނެވެ.

މުޒާހަރާތަކުގައި މިހާތަނަށް ހަތަރު މީހަކު މަރުވެފައި ވާއިރު، އޭގެ ތެރޭގައި ފުލުހަކު ވެސް ހިމެނެ އެވެ. އެ ޕްރޮވިންސްގެ ގިނަ ސިޓީތަކުގައި އެއް ފަހަރާ މީހުން މަގުތަކަށް ނުކުމެ އަޑު އުފުލަމުން ދާއިރު، ދައުލަތުގެ މީޑިއާއިން ދައްކާ މަންޒަރުތަކުން ފެންނަނީ އެ މީހުންނަށް އަމާޒުކޮށް ފުލުހުން ބަޑި ޖަހާ ތަނެވެ.

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ވެރިޔާ މިޝޭލް ބެޝެލެޓް މިދިޔަ ހުކުރު ދުވަހު އިރާނަށް ގޮވާލެއްވީ މުޒާހަރާ ކުރާ މީހުން ހުއްޓުވަން އުޅުމުގެ ބަދަލުގައި ފެނުގެ މައްސަލައަށް އަވަސް ހައްލެއް ގެނައުމަށް މަސައްކަތް ކުރުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox