ލަންކާއިން ބާއްވާ މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ރާއްޖެ އަށް

Jul 23, 2021, 4:26 AM
ލަންކާއިން ބާއްވާ މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ރާއްޖެ އަށް

ސްރީލަންކާ އިން އިންތިޒާމުކޮށްގެން އަންނަ ނޮވެމްބަރު މަހު ބާއްވާ ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ރާއްޖެ އަށް ލިބިއްޖެ އެވެ.

މި މުބާރާތުގައި ރާއްޖެ އާއި ލަންކާގެ އިތުރުން އަދި ދެ ގައުމެއް ބައިވެރިކުރަން އަންނަނީ މަސައްކަތް ކުރަމުންނެވެ. ބެލެވޭ ގޮތުގައި ދެކުނު އޭޝިއާ އަށް ނިސްބަތްވާ އިތުރު އެއް ޓީމު މި މުބާރާތުން ފެނުމުގެ ފުރުސަތު އެބައޮތެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، ރާއްޖެ ޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އަންނަ އަހަރުގެ ފެބްރުއަރީ މަހު އޮންނަ އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖުގެ މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން ބައިނަލް އަގުވާމީ ގޮތުން މެޗުތަކެއް ކުޅެލަން ލިބޭ މި ފަދަ ކޮންމެ ފުރުސަތެއްގެ ބޭނުން ހިފަން ވިސްނާނެ ކަމަށެވެ. އޭނާ ވިދާޅުވީ ލަންކާގެ މުބާރާތުގައި ވެސް ކުޅެން ނިންމީ އެ ސަބަބަށްޓަކައި ކަމަށެވެ.

"އަނެއް ހެން މާ ވަރުގަދަ މުބާރާތަކަށް ނުވާނެ. އެހެން ނަމަވެސް މި ކަހަލަ ގޮތަކަށް ލިބޭ ހުރިހާ ފުރުސަތެއްގެ ބޭނުންހިފަން އަޅުގަނޑު ބޭނުން،" ބައްސާމް ވިދާޅުވި އެވެ.

މީގެ ކުރިން ވެސް ރާއްޖޭން ވަނީ ލަންކާއިން އިންތިޒާމްކުރި މުބާރާތެއްގައި ވާދަކޮށްފަ އެވެ. އެ ގޮތުން 2012 ވަނަ އަހަރު 23 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ބޭއްވި އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ރާއްޖޭންނެވެ. އެ މުބާރާތުގައި ރާއްޖެ އާއި ލަންކާގެ އިތުރުން ދެން ކުޅުނީ ޕާކިސްތާނާއި ބަންގްލަދޭޝް އެވެ. ރާއްޖޭން ފައިނަލުގައި މޮޅުވީ 2-1 އިން ޕާކިސްތާން އަތުންނެވެ.

ރާއްޖޭން މީގެ ކުރިން ވަނީ ސަރަހައްދީ ގައުމުތަކުން ބާއްވާ އެ ފަދަ އިންވިޓޭޝަނަލް މުބާރާތްތަކުގައި ވާދަކޮށްފަ އެވެ.

ފީފާ ކަލަންޑަރުގެ ދުވަސްތަކުގައި ގައުމީ ޓީމަށް އެކުވެރިކަމުގެ މެޗުތަކެއް ނުލިބޭތީ އެ ޝަކުވާ ގައުމީ ޓީމާ ހަވާލުވެ ހުންނަ ގިނަ ކޯޗުން ކުރެ އެވެ. ބައްސާމް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ގައުމީ ޓީމަށް އިތުރު މެޗުތަކެއް ހޯދައިދޭން ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.

އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް އަންނަ އަހަރު ކުޅޭނެ އެވެ. ކޮލިފައިން ގްރޫޕް ސްޓޭޖުގެ ގުރުއަތުލުން ކުރިއަށްދާނީ ޕްލޭއޮފް ބުރު ނިމުމުންނެވެ. ކޮލިފައިން ހަ ގްރޫޕުގެ އެއް ވަަނަ ޓީމާއި ހަ ގްރޫޕްގެ ދެ ވަނަ ޓީމުތަކުގެ ތެރެއިން ފަސް ޓީމަށް ޗައިނާގައި 2023 ވަނަ އަހަރު ބާއްވާ އޭޝިއަން ކަޕްގެ ޖާގަ ލިބޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox