ޗައިނާގައި ފެންބޮޑުވެ 12 މީހުން މަރުވެއްޖެ

ޗައިނާގައި ފެންބޮޑުވެފައި.-- ފޮޓޯ: އޭއެފްޕީ

ޗައިނާގައި ފެންބޮޑުވެފައި.-- ފޮޓޯ: އޭއެފްޕީ

ބެއިޖިން، ޗައިނާ (ޖުލައި 21) - ޗައިނާގެ މެދުތެރޭގައި އޮންނަ ޝެންގްޝައު ސިޓީއަށް ބޯކޮށް ވާރޭވެހި، ސަބްވޭގައި ފެންބޮޑުވުމުން 12 މީހުން މަރުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ބައެއް ފޮޓޯތަކުން ފެންނަނީ ރޭލެއްގެ ތެރޭގައި ފެންބޮޑުވެ، ކަރާ ހަމައަށް ފެން ފޯރުމުން ޕަސެންޖަރުން ސަލާމަތް ވާން މަސައްކަތް ކުރާ މަންޒަރެވެ.

ހިނާން ޕްރޮވިންސްގައި ހުންނަ 10 މިލިއަން މީހުންގެ އެ ސިޓީއަށް ވަނީ "ވާރޭގެ ތޫފާނަކާ" ކުރިމަތިވެފަ އެވެ. އާދަޔާ ހިލާފަށް ބޯކޮށް ވާރޭ ވެހި، ސިޓީގެ އެންމެ ކާރޫބާރޫ ބޮޑު ހިސާބުގައި ވަނީ ފެންބޮޑުވެފަ އެވެ.

ޗައިނާގެ ސޯޝަލް މީޑިއާ ވެއިބޯގައި ކުރި ޕޯސްޓެއްގައި ސިޓީގެ އޮފިޝަލުން ބުނީ 12 މީހުން މަރުވެ ފަސް މީހަކަށް އަނިޔާވެފައިވާ ކަމަށެވެ.

ކަމާ ބެހޭ ފަރާތްތަކުން ވަނީ ހިނާން ޕްރޮވިންސްގައި ފެންބޮޑުވެދާނެ ކަމަށް ރަތް އެލާޓް ނެރިފަ އެވެ. މޫސުމީ ފެންބޮޑުވުމަކީ ޗައިނާގައި އާއްމު ކަމެކެވެ. ނަމަވެސް ސައިންޓިސްޓުން ބުނީ މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ފެންބޮޑުވުމުގެ ސީރިއަސްކަން އިތުރުވަމުންދާ ކަމަށެވެ.

މިހާރު ވެސް ފެންބޮޑުވެފައި ވާއިރު، ޗައިނާގެ މެދުތެރޭގެ ކޯރެއްގައި އޮންނަ ޑޭމެއް ކޮންމެ ވަގުތެއްގައި ވެސް ހަލާކުވެދާނެ ކަމުގެ އިންޒާރު ސިފައިން ވަނީ ދީފަ އެވެ.

ސިފައިން ބުނީ ލުއޮޔެންގްގައި ހުންނަ ޔިހެޓަން ޑޭމް ސަރަހައްދަށް ބޯކޮށް ވާރޭ ވެހި، އެ ޑޭމްގައި 20 މީޓަރުގެ ރެނދެއް އަޅާފައިވާ ކަމަށެވެ. ޑޭމް ހުންނަ ލުއޮޔެންގް ސިޓީގައި ހަތް މިލިއަން މީހުން ދިރިއުޅެ އެވެ.

ސިފައިން މިހާރު މަސައްކަތް ކުރަމުން ދަނީ ޑޭމް ފަޅައިގެންދާނެ ވަގުތަކަށް ތައްޔާރުވެ، ސިޓީއާ ދުރަށް ފެންގަނޑު ގެންދެވޭނެ ގޮތްތައް ހަމަޖެއްސުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox