މާލެ ސިޓީ ކައުންސިލާ ގުޅިގެން އުރީދޫއިން ބޮޑު އީދަށް އުލްހިޔާ ކަތިލައިފި އެވެ.
މިއަދު މާލެ އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދުގައި ކުރިޔަށް ގެންދިޔަ ހަރަކާތުގައި އުރީދޫގެ އިސްވެރިން އަދި މާލެ ސިޓީގެ ކައުންސިލަރުން ބައިވެރިވި އެވެ.
މި އުޟްހިޔާ ހަދިޔާ ކުރީ ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި އުޅޭ ކުދިންގެ މެންދުރު ކެއުމަށެވެ.
މިއީ މާލެ ސިޓީ ކައުންސިލާއި ގުޅިގެން އުރީދޫގެ ސީއެސްއާރުގެ ތެރެއިން ކުރިޔަށް ގެންދިޔަ ހާއްސަ ހަރަކާތެކެވެ.










