އީދު ހަދިޔާއަކަށް ވެލިދޫ ކޮންމެ ގެއަކަށް ފޮތި ކޮތަޅެއް

ވެލިދޫގައި މީހަކަށް ކޮތަޅެއް ހަވާލު ކުރަނީ: އެރަށު ކޮންމެ ގެއަކަށް ފޮތި ކޮތަޅެއް ވަނީ ދީފައި-- ފޮޓޯ: އަމީލް

ވެލިދޫގައި މީހަކަށް ކޮތަޅެއް ހަވާލު ކުރަނީ: އެރަށު ކޮންމެ ގެއަކަށް ފޮތި ކޮތަޅެއް ވަނީ ދީފައި-- ފޮޓޯ: އަމީލް

ނ. ވެލިދޫގައި މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް ގިނަ ދުވަހު ބޭނުން ކުރެވޭ ޒާތުގެ ފޮތި ކޮތަޅު ހަދިޔާ ކޮށްފި އެވެ.

ކޮތަޅުތައް ހަދިޔާކުރީ ވެލިދޫގައި ޒުވާނުންތަކެއް ހިންގާ ކުޑަ ކަންމަތި ނިއު ޖެނެރޭޝަންގެ ފަރާތުންނެވެ.

އެ ޖަމިއްޔާގެ ފައުންޑާ އަހުމަދު އަމީލް ބުނި ގޮތުގައި އީދު ހަދިޔާއެއްގެ ގޮތުގައި ކޮންމެ ގެއަކަށް ފޮތި ކޮތަޅު ބެހީ ޕްލާސްޓިކް ކޮތަޅު ބޭނުން ކުުރުން މަދު ކުރުމަށް ބާރު އެޅުމުގެ ގޮތުންނެވެ.

"އަޅުގަނޑުމެން ބޭނުންވޭ 2023 ގައި އެއްފަހަރު ބޭނުން ކޮށްފައި އުކާލާ ޕްލާސްޓިކް ރާއްޖޭގައި މަނާ ކުރާތީ އެކަމަށް ވެސް އެއްބާރުލުން ދޭން. އެހެންވެއާވެސް އެކު ކުރި ކަމެއް މިއީ،" އަމީލް ބުންޏެވެ.

ވެލިދޫގައި މީހަކަށް ކޮތަޅެއް ހަވާލު ކުރަނީ: އެރަށު ކޮންމެ ގެއަކަށް ފޮތި ކޮތަޅެއް ވަނީ ދީފައި-- ފޮޓޯ: އަމީލް
ވެލިދޫގައި މީހަކަށް ކޮތަޅެއް ހަވާލު ކުރަނީ: އެރަށު ކޮންމެ ގެއަކަށް ފޮތި ކޮތަޅެއް ވަނީ ދީފައި-- ފޮޓޯ: އަމީލް

ވެލިދޫގައި މީހަކަށް ކޮތަޅެއް ހަވާލު ކުރަނީ: އެރަށު ކޮންމެ ގެއަކަށް ފޮތި ކޮތަޅެއް ވަނީ ދީފައި-- ފޮޓޯ: އަމީލް

ވެލިދޫގައި މީހުން ދިރިއުޅޭ 400 އެއްހާ ގެ ހުންނައިރު ކޮންމެ ގެއަކަށް ކޮތަޅެއް ވަނީ ދީފަ އެވެ. އެއީ އާއްމުކޮށް ބާޒާރު ކުރަން ގެންދާ ސައިޒްގެ ކޮތަޅެކެވެ. އަހަރަކަށް ވުރެ ގިނަ ދުވަހު އެ ކޮތަޅު ބޭނުން ކުރެވޭނެ ކަމަށް އަމީލް ބުންޏެވެ.

އިޖުތިމާއީ އެކިއެކި ހަރަކާތްތައް ހިންގާ ވެލިދޫ ކުޑަ ކަންމަތި ނިއު ޖެނެރޭޝަނުން ވެލިދޫގެ ތިމާވެށި ހިމާޔަތް ކުރުމަށް ދޭތެރެ ދޭތެރެއިން ހަރަކާތްތައް ހިންގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox