އައްޑޫ ގޯތި މައްސަލަ: ބަދަލުގައި ގޯތި ދެނީ ހިތަދޫގެ އެންމެ ރަނގަޅު ސަރަހައްދުން

އައްޑޫ ސިޓީ ހިތަދޫ މަތިން ނަގާފައިވާ މަންޒަރެއް: މައްސަލަ ބޮޑުވެގެން އުޅޭ ގޯތިތައް ހުންނަނީ މި ރަށު އިކުއިޓޯރިއަލް ހޮސްޕިޓަލް ސަރަހައްދުގައި -- ފޮޓޯ: ވިޒިޓް މޯލްޑީވްސް

އައްޑޫ ސިޓީ ހިތަދޫ މަތިން ނަގާފައިވާ މަންޒަރެއް: މައްސަލަ ބޮޑުވެގެން އުޅޭ ގޯތިތައް ހުންނަނީ މި ރަށު އިކުއިޓޯރިއަލް ހޮސްޕިޓަލް ސަރަހައްދުގައި -- ފޮޓޯ: ވިޒިޓް މޯލްޑީވްސް

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ސަރަހައްދުން ދޫކޮށްފައި ހުރި ގޯތިތައް ނެގުމަށް ފަހު ބަދަލު ދޭން ހަމަޖެއްސީ ހިތަދޫގެ އެންމެ ރަނގަޅު ސަރަހައްދުން އަދުލުވެރި ބަދަލެއް ދީގެން ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު (ދެކުނު ނިޒާރު) ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީ ކައުންސިލުން ވަނީ އިކުއިޓޯރިއަލް ހޮސްޕިޓަލް ސަރަހައްދުގައި ހުރި 35 ގޯތީގެ ބަދަލުގައި، އެ ހޮސްޕިޓަލުގެ އިރުން ލިންކް ރޯޑާ ދިމާލަށްވާ ގޮތަށް އައްޑޫ ސިޓީ ޒޯން ސްޓޭޑިއަމް ކައިރިން ގޯތީ ދޭން ނިންމާފަ އެވެ. އަދި ބަދަލުގައި ލިބޭ ގޯތި ފާހަގަކޮށް ކައުންސިލުން ވަނީ ގެޒެޓުގައި އިއުލާންކޮށްފަ އެވެ.

މި މައްސަލައިގައި ގޯތި ލިބުން މީހުންގެ ހުރި ކަންބޮޑުވުންތަކާ ގުޅިގެން ނިޒާރު "އަދަދު" އަށް ވިދާޅުވީ، މިއީ އައްޑޫގެ ހުރިހާ ރައްޔިތުންގެ މަސްލަހަތު އިސްކޮށް ކައުންސިލުން ނިންމި ނިންމުމެއް ކަމަށެވެ. އެގޮތުން މިކަމުގައި ގޯތި ލިބުނު މީހުންގެ ކަންބޮޑުވުން ހުރި ނަމަވެސް، މިއީ އައްޑޫ ރައްޔިތުންގެ ތާއީދު އޮތް ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.

"ގޯތީގެ މަސްލަހަތު ނުހިމެނޭ މީހެއް ނަމަ އައްޑޫގެ ރައްޔިތުން މިކަމަށް ތާއީދު. ޑައިރެކްޓްކޮށް ގޯއްޗާ ގުޅުން އޮތް ފަރާތްތަކުން މަސްލަހަތު ހިމެނޭތީ ދެކޮޅަށް ވާހަކަ ދައްކާނެ. އަޅުގަނޑާ ބައްދަލުވި ރައްޔިތުން ވަރަށް ތާއީދު ކަމެއް. އެ މީހުން ބޭނުންވަނީ މި ސަރަހައްދު ރަނގަޅަށް ތަރައްގީ ވާން" ނިޒާރު ވިދާޅުވި އެވެ.

ގޯތިތައް ބޮޑުވެފައި ރަނގަޅު ވާނެ، ބޭނުންވާ ވަސީލަތްތައް ވެސް ހުންނާނެ

އިކުއިޓޯރިއަލް ހޮސްޕިޓަލް ހުންނަ ސަރަހައްދުން ދިން ގޯތިތައް ބަދަލު ކުރަނީ އެ ސަރަހައްދު ކައިރީގައި އޮންނަ އެހެން ސަރަހައްދަކަށެވެ. މިއީ ކުރިން ހޮސްޕިޓަލް އަޅަން ވެގެން ކަނޑައަޅާފައި އޮތް ސަރަހައްދު ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުންޏެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ސަރަހައްދު: ރަތް ކުލައިން ފާހަގަކޮށްފައި ހުރި ސަރަހައްދުގައި ހުރި ގޯތިތައް ބަދަލުކުރަނީ ފެހި ކުލައިން ފާހަގަކޮށްފައިވާ ސަރަހައްދަށް --
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ސަރަހައްދު: ރަތް ކުލައިން ފާހަގަކޮށްފައި ހުރި ސަރަހައްދުގައި ހުރި ގޯތިތައް ބަދަލުކުރަނީ ފެހި ކުލައިން ފާހަގަކޮށްފައިވާ ސަރަހައްދަށް --

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ސަރަހައްދު: ރަތް ކުލައިން ފާހަގަކޮށްފައި ހުރި ސަރަހައްދުގައި ހުރި ގޯތިތައް ބަދަލުކުރަނީ ފެހި ކުލައިން ފާހަގަކޮށްފައިވާ ސަރަހައްދަށް --

އާ ގޯތިތައް ހުންނަ ސަރަހައްދާ ގުޅިގެން ނިޒާރު ވިދާޅުވީ، އާ ގޯތިތައް ހުންނާނީ ހޮސްޕިޓަލަށް ހިނގާލާފަ އާދެވޭހާ ކައިރީގައި ކަމަށެވެ. އަދި މި ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަ ވާނެ ގޮތަށް ޕާކިން އާއި ވިޔަފާރި އާއި އެހެނިހެން މުހިންމު ވަސީލަތްތައް ތަރައްގީ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ހޮސްޕިޓަލާ ކައިރިން ދޫކޮށްފައި ހުރި ގޯތިތަކަކީ ޗަސް ބިން ބޮޑު ސަރަހައްދަކަށް ވާތީ އިމާރާތްކުރުމުގައި ހުރި ގޮންޖެހުންތައް ވެސް އަލަށް ދޫކުރާ ސަރަހައްދުގައި ކުރިމަތި ނުވާނެ ކަމަށް ނިޒާރު ވިދާޅުވި އެވެ.

"މިހާރު ގޯތި ހުރި ޗަސް ބިންތަކުގައި ގިނައިން ވެލި އަޅައިގެން ނޫން ގޮތަކަށް އަނެއްހެން ބަޔަކަށް ނޫޅެވޭނެ. އެހާ ބޮޑަށް ޗަސް ބިން އޮތް ސަރަހައްދެއް އެއީ. ބަދަލުގައި އައްޑޫ ސިޓީން އެންމެ ރަނގަޅު ސަރަހައްދުން ބިން މިދެނީ. ލޮކޭޝަނަށް ބަލާއިރު ވެސް ޕްރައިމް ރަނގަޅު ލޮކޭޝަނަކުން. އަދި ޕްލޭން ކުރެވިގެން ޕާކިންއާ ވިޔަފާރީގެ އެހެން ވަސީލަތްތަކާ ހިމެނޭ ގޮތަށް އެ ސަރަހައްދު އޮންނާނީ" ނިޒާރު ވިދާޅުވި އެވެ.

ނިޒާރު ވިދާޅުވި ގޮތުގައި، ގޯތިތައް ބަދަލުކުރަން ކައުންސިލުން ބޭނުންވާ އެންމެ ބޮޑު ސަބަބަކީ އިކުއިޓޯރިއަލް ހޮސްޕިޓަލް ސަރަހައްދު ތަރައްގިކުރަން ހޮސްޕިޓަލާ ގުޅުންހުރި ބޭނުންތަކަށާއި އާންމު އެހެން ބޭނުންތަކަށް މި ސަރަހައްދު ބޭނުންވާތީ އެވެ. އަދި މިއީ މުސްތަގުބަލަށް ބަލާފައި އައްޑޫ ސިޓީގެ ހުރިހާ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތް ކަމުގައި ކައުންސިލުން ދެކޭތީ ކަމަށް އޭނާ ހާމަކުރެއްވި އެވެ.

އެގޮތުން މިހާރު މަސައްކަތް ކުރަމުންދާ އައްޑޫ ސިޓީގެ ލޭންޑް ޔޫސް ޕްލޭންގައި ވެސް މި ސަރަހައްދަކީ އައްޑޫގެ ތަރައްގީއަށް، ހާއްސަކޮށް ހޮސްޕިޓަލާ ގުޅޭ ކަންކަމަށް މުހިންމު ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅިގެން ދާނެ ކަމަށް ނިޒާރު ވިދާޅުވި އެވެ.

ބަދަލު އަދުލުވެރި، މާލީ ބަދަލު ވެސް ދޭން ތައްޔާރު

މި ސަރަހައްދުން ދޫކޮށްފައި ހުރި ބިންތަކުގެ ތެރެއިން މަދު ތަނެއްގައި ނޫނީ އިމާރާތްކުރުމުގެ އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެ އެވެ. ކައުންސިލުން ވަނީ ގޯތިތަކުގައި އިމާރާތްކުރުމުގެ އެއްވެސް މަސައްކަތެއް ކޮށްފައިވާ މީހުންނާ އެކު ކުރިޔަށް ދާނެ ގޮތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ހުޅުވާލާފަ އެވެ.

މިކަމުގައި އެންމެނަށް ވެސް ބަދަލު ދޭނީ ގާނޫނީ ހަމަތަކުގެ ތެރެއިން އިންސާފުވެރި ކަމާއި އަދުލުވެރި ކަމާ އެކު ކަމަށް ކައުންސިލުން ބުނެ އެވެ.

ނިޒާރު ވިދާޅުވީ ގޯތީގެ އިތުރުން މާލީ ބަދަލު ދޭން ޖެހިއްޖެ ނަމަ އައްޑޫ ސިޓީ ކައުންސިލުން އޮތީ އެކަން ވެސް ކުރަން ތައްޔާރަށް ކަމަށެވެ. އެކަމަކު މާލީ ބަދަލު ދޭން ޖެހޭތޯ ނިންމަނީ ކޯޓުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ގޯތި ލިބުނު މީހުން ހުށަނޭޅި ނަމަވެސް ކައުންސިލުގެ އަމިއްލަ އިސް ނެގުމުގައި އެ މަސައްކަތް ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ނިޒާރު އިތުރަށް ވިދާޅުވީ، ކައުންސިލުން ނިންމާ ނިންމުންތަކާ ގުޅިގެން ކަންބޮޑުވުން ހުރި ނަމަވެސް ކައުންސިލުގެ އަބަދުގެވެސް ވިސްނުމަކީ އައްޑޫ ސިޓީގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ ތަރައްގީ އާއި ހިދުމަތްތައް ފޯރުކޮށްދޭން އިސްކަން ދިނުން ކަމަށެވެ. އަދި ކައުންސިލުން މަސައްކަތް ކުރަނީ އެ މަގުން ކަމުގެ ޔަގީންކަން ރައްޔިތުންނަށް އެރުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox