ކޮވިޑް ޓެސްޓަށް މަކަރު ހެދި ކަމަށް ބުނި އެތުލީޓަށް އޮލިމްޕިކްސް އިން ފުރުސަތު ދީފި

Jul 19, 2021, 6:58 AM
ކޮވިޑް ޓެސްޓަށް މަކަރު ހެދި ކަމަށް ބުނި އެތުލީޓަށް އޮލިމްޕިކްސް އިން ފުރުސަތު ދީފި

ލަންޑަން (ޖުލައި 19) - ކޮވިޑް-19ގެ ފޭކް ޕީސީއާރް ޓެސްޓްތަކެއް ބޭނުން ކޮށްގެން މުބާރާތެއްގައި ވާދަކުރި ކަމަށް ބުނެ ވާހަކަ ދެއްކި އިނގިރޭސި އެތުލީޓް އެންޑްރޫ ބަޓްޗާޓަށް މި ފަހަރުގެ އޮލިމްޕިކްސް އިން ފުރުސަތު ދޭން ނިންމައިފި އެވެ.

ސްކޮޓްލެންޑަށް އުފަން އުމުރުން 29 އަހަރުގެ ބަޓްޗާޓަކީ 5000 މީޓަރުގެ އިވެންޓްތަކަށް ހާއްސަ ދުވުންތެރިއެކެވެ.

ބަޓްޗާޓްގެ މައްސަލަ ފެންމަތިވީ ޕޮޑްކާސްޓް ޝޯއެއްގައި ވާހަކަ ދައްކަމުން އޭނާ ކޮވިޑް-19ގެ ޓެސްޓެއްގެ ތާރީހު ބަދަލުކުރި ކަމަށް ބުނުމުންނެވެ. މިހާރު ޑިލީޓްކޮށްލާފައިވާ އެ ޝޯގައި ވާހަކަ ދައްކަމުން ބަޓްޗާޓް ބުނީ އޭނާ ކޮވިޑް ޓެސްޓް ހެދުމަށް ފަހު ނަތީޖާ ލިބުން ލަސްވާތީ ކުރިން ހެދި ޓެސްޓެއްގެ ތާރީހު ބަދަލުކޮށްލައިގެން ތަނަކަށް ހުށަހެޅި ކަމަށެވެ.

މި މައްސަލަ ބެލުމަށް ފަހު ބަޓްޗާޓް ވަނީ އެއް އަހަރަށް ސަސްޕެންޑްކޮށް ޖޫރިމަނާކޮށްފަ އެވެ. ޖޫރިމަނާ އަށް ވާ 6800 ޑޮލަރު ވަގުތުން ދައްކަން ޖެހުނު ނަމަވެސް އޭނާ އަށް ދީފައިވާ ސަސްޕެންޝަނަށް އަމަލުކުރަން ޖެހޭނީ ދެ އަހަރު ފަހުން ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ)ގެ އެކްރެޑިޝަން މެންޑޭޓްގެ ތެރެއިން ކަންތައްތައް ބެލުމަށް ފަހު ބަޓްޗާޓަށް މިހާރު ވަނީ އަންނަ ހުކުރު ދުވަހު ފަށާ އޮލިމްޕިކްސްގައި ވާދަކުރުމުގެ ފުރުސަތު ދީފަ އެވެ.

އޭގެ ފަހުން ދި ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ބަޓްޗާޓް ބުނީ އަސްލު އޭނާ ދައްކަން ބޭނުންވީ ބައެއް އެތުލީޓުން ކޮވިޑްގެ ޕީސީއާރް ޓެސްޓަށް މަކަރު ހަދައިގެން ކަންކަން ކުރާ ވާހަކަ ކަމަށާއި އެކަމަކު ދެކެވުނު ވާހަކަތަކުގެ މާނަ ދިޔައީ މުޅިން ގޯސްކޮށް ކަމަށެވެ.

މީގެ ފަސް އަހަރު ކުރިން ބޭއްވި ރިއޯ އޮލިމްޕިކްސްގެ 5000 މީޓަރުގެ ދުވުމުން ބަޓްޗާޓް ދިޔައި ހަ ވަނަ އެވެ. އޭގެ އެއް އަހަރު ފަހުން ޔޫރަޕިއަން ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕުން ބަޓްޗާޓް ވަނީ ލޯ މެޑަލް ހާސިލްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox