މާލެ-ހުޅުމާލޭގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލައިފި

މާލެ އާއި ހުޅުލެ އާއި ހުޅުމާލެ ކަރަންޓުގެ އެއް ވިއުގައަކުން ގުޅާލައި ފުރަތަމަ ފަހަރަށް ޓެސްޓު ކުރަނީ -ފޮޓޯ: ސްޓެލްކޯ

މާލެ އާއި ހުޅުލެ އާއި ހުޅުމާލެ ކަރަންޓުގެ އެއް ވިއުގައަކުން ގުޅާލައި ފުރަތަމަ ފަހަރަށް ޓެސްޓު ކުރަނީ -ފޮޓޯ: ސްޓެލްކޯ

މާލެ-ހުޅުމާލެ އިންޓަކަނެކްޝަން ޕްރޮޖެކްޓްގެ ދަށުން ގާއިމުކޮށްފައިވާ ވިއުގަ ގުޅައި ނިންމައި، ކުރި ފުރަތަމަ ޓެސްޓު ކާމިޔާބުކަމަށް ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފި އެވެ.

ހުޅުމާލޭގައި ބެހެއްޓި 50 މެގަވޮޓްގެ ކަރަންޓު ޖަނަރޭޓަރު ސެޓު މާލެއާ ގުޅާލެވިފައިވަނީ ސިނަމާލޭ ބްރިޖްގެ އަރިމަތިން ގެނެސްފައިވާ ކޭބަލަކުންނެވެ.

ސްޓެލްކޯއިން ބުނީ މާލެއާއި، ހުޅުމާލޭގެ އިންޖީނުގެ މިހާރު ވަނީ ގްރޭޓާ މާލެ ގްރިޑް މެދުވެރިކޮށް ކާމިޔާބު ކަމާއެކު ސިންކްރޮނައިޒް ކުރެވިފައި ކަމަށާއި، މިހާރު މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް ކަރަންޓު ފޯރުކޮށްދެވޭނެ ކަމަށެވެ.

"ގްރޭޓާމާލެ ގްރިޑާއިއެކު އަޅުގަނޑުމެން މިވަނީ ހަކަތައިގެ ސިނާއަތުގެ މުޅިން އައު ހަރުފަތެއް ގިރާކޮށްފައި. އިރާދަކުރެއްވިއްޔާ މި ގްރިޑާއެކު އަޅުގަނޑުމެން ދެމުންގެންދާ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެ، އެކަމުގެ ފައިދާތައް ރައްޔިތުންނަށް ލިބެމުންދާނެ،" ސްޓެލްކޯ އިން ބުންޏެވެ.

އެކަމާ ގުޅޭގޮތުން ސްޓެލްކޯގެ މީޑިޔާ އޮފިޝަލު "އަދަދު"އަށް ވިދާޅުވި ގޮތުގައި އެ ވިއުގައިގެ ފުރަތަމަ ސާކިޓު މިއަދު ޓެސްޓުކޮށްފި އެވެ.

އެ ޓެސްޓު ކާމިޔާބުވެފައިވާއިރު، ދެވަނަ ސާކިޓު ޓެސްޓުކުރާނީ މިމަހުގެ 21 ވަނަ ދުވަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާރު ހުޅުމާލެ އާއި މާލެއާ ދޭތެރޭ ކަރަންޓު ފޯރުކޮށްދެވޭނެ. އަދި އެމަޖެންސީ ހާލަތުގައި މި ވިއުގަ މެދުވެރިކޮށް ހުޅުލެއަށް ވެސް ކަރަންޓު ދެވޭނެ،" އޮފިޝަލު ވިދާޅުވި އެވެ.

އެ ވިއުގަ ބޭނުންކުރަން ފެށުމާއެކު މާލޭގައި ވަގުތީ ގޮތުން ބަހައްޓާފައިވާ ޖަނަރޭޓަރުތައް ނިއްވާލެވޭނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފަ އެވެ.

މާލެއަށް ކަރަންޓު ފޯރުކޮށްދިނުމަށް ގަލޮޅުގައި ސްޓެލްކޯގެ މައި އިމާރާތުގައި ވަގުތީ ގޮތުން ބަހައްޓާފައި ހުންނަ ހަތަރު ޖަނަރޭޓަރުތަކުން އެކިއެކި އުނދަގޫތަކާއި ގެއްލުންތައް ލިބެމުންދާކަމަށް ބުނެ އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަނީ ޝަކުވާ ކުރަމުންނެވެ.

ނަމަވެސް، ސްޓެލްކޯއިން ތަކުރާރުކޮށް ބުނަމުން އައީ، އެއީ ވަގުތީ ޖަނަރޭޓަރުތަކެއް ކަމަށާއި އެ ޖަނަރޭޓަރުތައް ބެހެއްޓީ ހުޅުމާލެ އާއި މާލެ އިންޓަކަނެކްޝަން މަސައްކަތް ކުރިއަށް ގެންދާ އިރު މާލޭގައި ދޭ ކަރަންޓްގެ ހިދުމަތަށް ބުރޫ އެރިޔަ ނުދިނުމަށް ކަމަށެވެ.

ޝަކުވާ ބޮޑުވެފައިވާ ޖަނަރޭޓަރުތައް ނިއްވާލަން ތައްޔާރުވެފައިވާއިރު، އެ ޖަނަރޭޓަރުތަކުގެ ސަބަބުން ލިބެމުންދާ ގެއްލުމުގެ ބަދަލު ހޯދަން ދެ މައްސަލައެއް މިހާރު ވަނީ ސިވިލް ކޯޓަށް ވެސް ހުށަހަޅައިފަ އެވެ.

މިހާރު ހުޅުމާލޭގައި ބަހައްޓާފައި ހުރި 50 މެގަވޮޓްގެ ޖަނަރޭޓަރު ސެޓުގެ އިތުރުން ހަމަ އެ ސައިޒުގެ އިތުރު ޖަނަރޭޓަރު ސެޓެއް ހުޅުމާލޭގައި ބެހެއްޓުމަށް ސަރުކާރުން އަންނަނީ ރާވަމުންނެވެ.

އަދި މާލެއަށް ބޭނުންވާ ކަރަންޓު އުފެއްދުމަށް ތިލަފުށީގައި 150 މެގަވޮޓްގެ އިންޖީނުގެއެއް ބެހެއްޓުމަށް މަސައްކަތްތަކެއް ވެސް ދަނީ ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox