ސަރުކާރުން ހުށަހެޅި ނަފުރަތުގެ ބިލަށް އެމްޑީޕީ ގައުމީ މަޖިލީހުގެ ބަހެއް ހޯދަނީ

އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ރައީސް ނަޝީދާއި ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ.

އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ރައީސް ނަޝީދާއި ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ.

އިސްލާމްދީނާ ގުޅުވައިގެން ނަފުރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހަދަން ގާނޫނުލްއުގޫބާތު އިސްލާހުކުރަން ސަރުކާރުން ހުށަހެޅި ގޮތަށް ބިލު ފާސްކުރުމާމެދު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބަހެއް ހޯދަން އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެދިވަޑައިގެންފި އެވެ.

ސަރުކާރުގެ ފަރާތުން އެ ބިލު އެންމެ ފުރަތަމަ ހުށަހެޅީ، އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް ނޫނީ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި، މީހެއްގެ އިސްލާމީ އަގީދާއާ ގުޅުވައި އެ މީހަކާމެދު ނަފްރަތު އުފެއްދުމުގެ އިތުރުން، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި އެކަމުގައި ބައިވެރިވުމަކީ ކުށެއްގެ ގޮތުގަ އެވެ.

އޭގެ އިތުރުން، މީހެއްގެ ސިޔާސީ ފިކުރަށް ބަލައި، އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމާއި ބައިވެރިވުމާއި އެފަދަ ކަމެއް ރޭވުން ވެސް ވަނީ ކުށަކަށް ހަދަން ހިމެނި އެވެ.

Advertisement

ނަމަވެސް، ސަރުކާރުން އެ ބިލު ހުށަހެޅި ގޮތާމެދު ދީނީ އިލްމުވެރިންގެ އިތުރުން އާއްމުން ވެސް ވަނީ ބޮޑެތި ކަންބޮޑުވުންތައް ފާޅުކޮށްފަ އެވެ.

އެއާއެކު އެ ބިލު ދިރާސާކުރި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ އިސްލާމިކް މިނިސްޓްރީ، ހިއުމަން ރައިޓްސް ކޮމިޝަނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އިތުރުން އާއްމުންގެ ހިޔާލުތައް ވެސް ހޯދައި، އެ ބިލަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފަ އެވެ.

އެގޮތުން އެ ބިލުގެ ފުރަތަމަ މާއްދާ ކޮމިޓީން އިސްލާހުކުރީ، ދީނީ އިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވެފައިވާ މައްސަލައެއްގައި، އޭގެ ތެރެއިން ވަކި ރައުޔެއްގައިވާ ގޮތަށް މީހަކު ފާޅުކުރި ޝުއޫރަކުން، ނުވަތަ ކުރި އަމަލަކުން، އެމީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ އިދިކޮޅު މީހެއްކަމަށް ނުވަތަ އެފަދަ މާނައިގައި އާއްމު ތަނެއްގައި، ސިފަކުރުން ނުވަތަ ތުހުމަތުކުރުން އެއީ ކުށެއް ކަމަށް ކަނޑައެޅުމަށެވެ.

ނަމަވެސް، އެ މާއްދާ ރަނގަޅުކުރުމުގެ ނިޔަތުގައި ކޮމިޓީން ގެނައި އިސްލާހުގެ ސަބަބުން އެ ބިލު ކުރިއަށްވުރެ ގޯސްވެފައިވާ ކަމުގެ ކަންބޮޑުވުންތައް ބަންޑުންވި އެވެ.

އެގޮތުން، އިސްލާމްދީނުގައި އިލްމުވެރިންގެ މެދުގައި ހިޔާލުތަފާތުވާ ގިނަ ކަންކަން ހުންނައިރު، ވަކި ރައުޔުއެއްގެ މައްޗަށް ބިނާކޮށް ރާއްޖޭގައި އޮތް އިސްލާމްދީނުގެ އަސްލުތަކާ ހިލާފަށް އަމަލުކޮށް ބަސްބުނުމުގެ ޖާގަ ލިބޭ ކަމީ އެ އިސްލާހާމެދު އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމެވެ.

އެގޮތުން، އެ މާއްދާގައި ދީނީ އިލްމުވެރިންނަކީ ކޮބައިކަން ސާފުކޮށް ބަޔާންކޮށްފައިނުވާތީ، ދީނީ އިލްމުވެރިންގެ މެދުގައި އޮތް ހުރިހާ ހިލާފުތަކަށް ވެސް ގާނޫނީ ހައިސިއްޔަތު ލިބޭ ކަމަށެވެ.

އަދި ހަރުކަށި ވިސްނުން އާއްމުގޮތެއްގައި ބިނާވެފަ ހުންނަނީ އެމީހުން ގަބޫލުކުރާ ވަކިވަކި އިލްމުވެރިންގެ ބަހަށް ކަމަށްވާއިރު، ބިލުގެ އެ މާއްދާ އޮތް ގޮތުން ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ ވިސްނުމަށް ވެސް ހިމާޔަތްލިބޭ ކަމަށް ވެސް ދަނީ ބުނަމުންނެވެ.

އެ ކަންބޮޑުވުން އިސްލާމިކް މިނިސްޓްރީ ވެސް ހިއްސާކޮށްފައިވަނިކޮށް، ސަރުކާރުން ވަނީ ދީނާ މެދު ނަފުރަތު އުފެއްދުން ވެސް ޖިނާއީ ކުށަކަށް ހަދަން މާއްދާއެއް އިތުރުކޮށް، އެ ބިލަށް ބޮޑެތި އިސްލާހުތަކެއް ހުށަހަޅައިފަ އެވެ.

ނަމަވެސް، މަޖިލިސް ކޮންޓްރޯލްކުރާ އެމްޑީޕީގެ މެމްބަރުގެ މެދުގައި އެކަމާ މެދު ހިޔާލުތަފާތުވެ، ދެވަނަ ދައުރު ނިންމައި ޗުއްޓީއަށް ދިޔުމުގެ ކުރިން، މަޖިލީހުގެ ތަޅުމުން އެންމެ ފަހުން ނިންމީ އެ އެ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވާލުމަށެވެ.

އެ ބިލާމެދު ކަން ހިނގައިދިޔަ ގޮތާމެދު އެންމެ ބޮޑަށް ނުރުހުން ފާޅުކުރަމުން ގެންދަވަނީ ނަޝީދެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ދީނާ ގުޅުވައިގެން ނަފްރަތު އުފެއްދުން ކުށަކަށް ހަދަން ގާނޫނުލްއުގޫބާތު އިސްލާހުކުރަން ސަރުކާރުން މަޖިލީހަށް ހުށަހެޅީ ކުރިން ހިނގާފައިވާ ޑރ. އަފްރާޝީމް އަލީ، ޔާމީން ރަޝީދު އަދި އަހުމަދު ރިލްވާން އަނިޔާވެރިކޮށް މަރާލުމުގެ އިތުރުން އެމަނިކުފާނު ވެސް އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާގެ ފަހަތުގައި އޮތީ މީހުން ކާފަރެއްގެ ގޮތުގައި ސިފަކޮށް އެބަޔެއްގެ ލޭ ހުއްދަކުރުން ކަމަށް ވިސްނިގެންނެވެ.

ނަމަވެސް، އަދާލަތު ޕާޓީން އިސްވެ އެ ބިލާ ދެކޮޅު ހެދުމުން، ސަރުކާރުން އަމިއްލަ ހުށަހެޅި ބިލަށް ކުރި ތާއީދު އަނބުރާ ގެންދިޔައީ، ސަރުކާރުގެ ތެރޭގައި ތިއްބެވި ބޭފުޅުންނާ މެދު ވެސް ނަފުރަތު އުފައްދައި، ހަމަ އެފަދަ ނުރައްކާތެރިކަމަށް ހުށަހެޅިދާނެތީ ކަމަށް ނަޝީދު ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

"އެހެންކަމުން މި ބިލަށް ތާއީދުކޮށް، ގަބޫލުކުރާ ހަމަތަކުގެ މަތީގައި ސާބިތުވެ ތިބުމުގެ ލީޑާޝިޕް މި ސަރުކާރަށް ނުދެއްކޭނަމަ، އަޅުގަނޑަށް މި ސަރުކާރަށް ތާއީދުކުރަން ވަރަށް ދަތި،" އިނގިރޭސި ބަހުން އިއްޔެ ނެރުއްވި ބަޔާނެއްގައި ނަޝީދު ވިދާޅުވެފައި ވެ އެވެ.

އެކަމުގައި އިތުރަށް ދޫނުދެއްވާނެކަން ހާމަކުރައްވަމުން، އެ ބިލާ މެދު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބަހެއް ހޯދަން ނަޝީދު މިހާރު ވަނީ ހުށަހަޅުއްވާފައިވާކަން "އަދަދު"އަށް ވަނީ އެނގިފަ އެވެ.

"އަޅުގަނޑު އެދެން ނަފުރަތުގެ ބިލު ސަރުކާރުން ހުށަހެޅި ގޮތަށް ފާސްކުރުމާ ގުޅޭގޮތުން ގައުމީ މަޖިލީހުގެ ބަހެއް ހޯއްދަވައި ދެއްވުމަށް،" އެމްޑީޕީގެ ޗެއާޕާސަނަށް ނިސްބަތްކުރައްވައި، ގައުމީ މަޖިލީހުގެ ގުރޫޕަށް ފޮނުއްވި މެސެޖެއްގައި ނަޝީދު އެދިވަޑައިގެންފައި ވެ އެވެ.

އެކަމާ ގުޅޭގޮތުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު މިއަދު "އަދަދު"އަށް ވިދާޅުވީ އެފަދަ ހުށަހެޅުމެއް ލިބިފައިވާތީ، ގައުމީ މަޖިލީހުގެ ބައްދަލުވުމަކަށް އެކަން އެޖެންޑާ ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

"އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ހިންގާ ގަވައިދުގައި އޮންނާނެ ޕީޖީ ގުރޫޕުގެ ނިންމުންތަކާ ގުޅޭގޮތުން ގައުމީ މަޖިލީހުގެ ބަހެއް ހޯދަންވާނެ ކަމަށް،" އޭނާ ފާހަގަކުރެއްވި އެވެ.

އަދި އީދު ބަންދަށްފަހު އެކަން އިންތިޒާމު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ހަސަން ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox