ކޮވިޑް ބަލިމަޑުކަމުގައި ދެ ވަނަ ހައްޖު އަދާ ކުރަން މައްކާއަށް ޖަމާވެއްޖެ

ހައްޖުވެރިން ގެފުޅު ކައިރީގައި.-- ފޮޓޯ: އޭއެފްޕީ

ހައްޖުވެރިން ގެފުޅު ކައިރީގައި.-- ފޮޓޯ: އޭއެފްޕީ

މައްކާ، ސައުދީ އަރަބިއްޔާ (ޖުލައި 17) - އިންޑިއާގެ ފަސް މެމްބަރުންގެ އާއިލާއަކަށް މި އަހަރުގެ ހައްޖުގެ އަޅުން އަދާ ކުރަން ފުރުސަތު ލިބުމުން އުފަލުން ގޮސް އެ މީހުންނަށް ރޮވުނެވެ. އޭގެ އަނެއް ކޮޅުން އެތައް ހާސް ބަޔަކު ތިބީ އެ މީހުންގެ ފޯމުތައް ރިޖެކްޓް ކުރުމުން މާޔޫސްވެފަ އެވެ.

ކޮވިޑު ބަލިމަޑުކަމާ ހެދި މި އަހަރު ހައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު ލިބުނީ ސައުދީ އަރަބިއްޔާގައި ދިރިއުޅޭ އެންމެ 60،000 މީހުންނަށް އެކަންޏެވެ. ބަލިމަޑުކަމުގައި ދެ ވަނަ ހައްޖެއް ފެށިއިރު، މިއީ އޭގެ ކުރިން އަޅުކަން އަދާ ކުރާ އެތައް މިލިއަން މީހުންނާ އަޅާ ބަލާއިރު ވަރަށް މަދު އަދަދެކެވެ.

އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމް ހުށަހަޅަން ޖެހުނު އިރު، 558،000 އަށް ވުރެ ގިނަ މީހުން އެކަމަށް އެދުނެވެ. ނަމަވެސް ހަރުކަށި ޝަރުތުތަކުގެ ތެރެއިން ސައްހަ ފޯމުތަކުގެ މެދުގައި ނެގި ގުރުއަތަށް ފަހު، ފުރުސަތު ނުލިބުނު މީހުން ތިބީ މާޔޫސްކަމުގަ އެވެ.

ފުރުސަތު ލިބުނު މީހުންގެ ތެރޭގައި ހިމެނޭ އުމުރުން 58 އަހަރުގެ އަމީނަކީ އިރުމަތީ ދައްމާމް ސިޓީގައި މަސައްކަތް ކުރާ އިންޑިއާ މީހެކެވެ. އޭނާ އާއެކު އޭނާގެ އަންހެނުން އަދި އުމުރުން 18 އަހަރުން މަތީގެ ތިން ދަރިން ވެސް ހޮވިފައި ވެ އެވެ.

"އަހަރުމެން މި ތިބީ އުފަލުން ގޮސް ފޮޅިފައި. އަހަރުމެންގެ އާއިލާ އާއި އެކުވެރިންގެ އެތައް ބަޔަކަށް މި ފުރުސަތު ނުލިބުނު،" އަމީން އޭއެފްޕީއަށް ބުންޏެވެ.

ފަސް ދުވަހަށް ދެމިގެންދާ ހައްޖުގެ އަޅުކަން ހޮނިހިރު ދުވަހު ފަށާފައި ވާއިރު، ގުރުއަތުން ހޮވުނު އެންމެންނަކީ ވެސް ސައުދީ އަރަބިއްޔާގައި ދިރިއުޅޭ ވެކްސިން ފުރިހަމަކޮށްފައިވާ އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ މީހުންނެވެ. އަދި އެ މީހުންނަކީ ބޮޑު ބައްޔަކަށް ފަރުވާ ކުރާ މީހުންނަށް ވެގެން ނުވާނެ އެވެ.

ހައްޖު މިނިސްޓްރީން ބުނީ 150 ގައުމަކުން މީހުންނަށް ފުރުސަތު ދިން ކަމަށާއި އިސްކަން ދިނީ އަލަށް ހައްޖުގެ އަޅުކަން އަދާ ކުރާ މީހުންނަށް ކަމަށެވެ.

މިދިޔަ އަހަރު ބޭއްވި ހައްޖަކީ ފަހުގެ ތާރީހުގައި އެންމެ މަދުން މީހުންނަށް ފުރުސަތު ލިބުނު ހައްޖެވެ. އެގޮތުން ފުރުސަތު ދޭނީ އެންމެ 1،000 މީހުންނަށް ކަމަށް ހައްޖު މިނިސްޓްރީން ބުންޏެވެ. ނަމަވެސް ފަހުން ހާމަކުރި ގޮތުގައި 10،000 މީހުން ބައިވެރިވި އެވެ.

މި އަހަރު 60،000 މީހުން ފުރުސަތު ލިބުނު ނަމަވެސް، މިއީ 2019 ވަނަ އަހަރުގެ 2.5 މިލިއަން މީހުންނާ އަޅާ ބަލާއިރު އެތައް ގުނައެއް މަދު އަދަދެކެވެ. ފުރުސަތު ލިބުނު މީހުން ވަނީ މި އަހަރު ހައްޖު ޕެކޭޖުތަކުގެ އަގު ބޮޑުވުމުން ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

އެގޮތުން ޓެކްސް ނުލައި، ޕެކޭޖެއްގެ އަގު ފެށެނީ 3،226 އެމެރިކާ ޑޮލަރުންނެވެ. އެއާ ހިލާފަށް މިދިޔަ އަހަރު ހުރިހާ ހަރަދެއް ބެލެހެއްޓީ ސައުދީ ސަރުކާރުން ކަމަށް ރިޕޯޓުތައް ބުނެ އެވެ. އޭގެ ތެރޭގައި ހައްޖުވެރިންގެ ކެއުމާއި، ހުންނާނެ ހޮޓަލާއި، ސިއްހީ ފަރުވާ ވެސް ހިމެނެ އެވެ.

އެކަމަކު އަގުބޮޑުވި ނަމަވެސް، ހައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމަށް އެތައް ހާސް ބަޔެއްގެ ތެރެއިން ފުރުސަތު ލިބުމުން، އެންމެން ވެސް ޝުކުރުވެރިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox