75 މިލިއަން ޑޮލަރަށް ވަރާން އާއި ޓްރިޕިއާ ޔުނައިޓެޑަށް

Jul 18, 2021, 4:26 AM
75 މިލިއަން ޑޮލަރަށް ވަރާން އާއި ޓްރިޕިއާ ޔުނައިޓެޑަށް

މެންޗެސްޓާ (ޖުލައި 18) - މި ފަހަރުގެ ޓްރާންސް މާކެޓްގެ ތެރޭގައި އެތުލެޓިކޯ މެޑްރިޑްގެ އިނގިރޭސި ފުލްބެކް ކިއެރަން ޓްރިޕިއާ އާއި ރެއާލް މެޑްރިޑްގެ ފްރާންސް ޑިފެންޑަރު ރަފައެލް ވަރާން ގަންނަން ކުރާ މަސައްކަތް މެންޗެސްޓާ ޔުނައިޓެޑުން ވަރުގަދަ ކޮށްފި އެވެ.

ޓްރިޕިއާ، 30، ގަންނަން ޔުނައިޓެޑުން ތައްޔާރުކުރަނީ 25 މިލިއަން ޑޮލަރުގެ ބިޑެކެވެ. އަދި ވަރާން، 28، ގެ ސޮއިހޯދަން ޔުނައިޓެޑުން އޮތީ 50 މިލިއަން ޑޮލަރު ހަރަދުކުރަން ތައްޔާރަށެވެ. މި ދެ ކުޅުންތެރިން ގަންނަން ޔުނައިޓެޑުން މި ވަގުތު ހޭދަކުރާނީ 75 މިލިއަން ޑޮލަރެވެ. އެކަމަކު، މި ޑީލްތައް ނިންމަން ބޮޑު ހަރަދެއް ކުރަން ޖެހުމުގެ ފުރުސަތު އެބައޮތެވެ.

އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ވަރާން ރެއާލާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވާނެ އެވެ. އެހެންވެ، ރެއާލުން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ވަރާން ވިއްކާލުމުގެ ފުރުސަތު ބޮޑެވެ. އަދި ވަރާންގެ އޭޖެންޓް މިހާތަނަށް ޔުނައިޓެޑާ އެކު ބޭއްވި މަޝްވަރާތައް ދިޔައީ ރަނގަޅަށް ކަމަށާއި ވަރާން ޔުނައިޓެޑަށް ބަދަލުވާން މިހާރު ކުރަން ޖެހިފައިވާ ހަމައެކަނި ކަމަކީ ޔުނައިޓެޑާއި ރެއާލުން މި ޑީލް ނިންމާނެ ވަކި އަގެއް ކަނޑައެޅުން ކަމަށް އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

Advertisement

ފްރާންސްގެ ލެންސް ދޫކޮށް 2011 ވަނަ އަހަރު ރެއާލަށް ބަދަލުވި ވަރާން އަކީ ފާއިތުވި 10 އަހަރެއްހާ ދުވަހު ރެއާލްގައި ގިނަ ކާމިޔާބީތަކެއް ހޯދި ކުޅުންތެރިއެކެވެ.

އެތުލެޓިކޯއާ އެކު ޓްރިޕިއާ ހަދާފައިވާ އެއްބަސްވުން އަންނަ އަހަރު ޖޫން މަހު ހަމަވާނެ އެވެ. ދާދި ފަހުން ޓްރިޕިއާ ވަނީ އަލުން އިނގިރޭސި ކްލަބަކަށް ކުޅެން ބޭނުންވާ ކަމަށް ބުނެފަ އެވެ.

ސްޕެއިނުގެ ނޫސްތަކުން އެތުލެޓިކޯގެ އޮފިޝަލަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ކްލަބުން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ވިސްނާފައި އޮތީ ޓްރިޕިއާ ވިއްކާލާ ގޮތަކަށް ނޫނެވެ. އެކަމަކު އެ ޑީލް ކުރިއަށް ގެންދަން ޓްރިޕިއާގެ އޭޖެންޓް އަންނަނީ ޕްރެޝަރު ކުރަމުންނެވެ.

މެންޗެސްޓާ ސިޓީ ޔޫތު ޓީމުން ކެރިއަރު ފެށި ޓްރިޕިއާ ފުރަތަމަ ފާހަގަވާން ފެށީ 2012 އިން 2015 އަށް ބާންލީ އަށް ކުޅުނުއިރު އެވެ. އޭގެ ފަހުން ޓޮޓެންހަމް ހޮޓްސްޕާސްގައި ވެސް ރަނގަޅު ކުޅުމެއް ދައްކައި އޭނާ އެތުލެޓިކޯ އަށް ބަދަލުވީ 2019 ވަނަ އަހަރު އެވެ. އޭނާ ވަނީ އެތުލެޓިކޯއާ އެކު މިދިޔަ ފަހަރު ސްޕެނިޝް ލީގު ކާމިޔާބުކޮށްފަ އެވެ.

ޔުނައިޓެޑުން ބޭނުންވަނީ ލަސްވެގެން މި މަސް ނިމުމުގެ ކުރިން ޓްރިޕިއާ އާއި ވަރާންގެ ޑީލް ނިންމާލުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޗެލްސީ ބަލިކޮށް ޓޮޓެންހަމް އިން ހިންދެމިލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީގެ މައްޗަށް 2-0 އިން ކުރިހޯދައި، ޓޮޓެންހަމް އިން އެ ޓީމުގެ ދަނޑުގައި 37 އަހަރު ތެރޭ ދެވަނަ ފަހަރަށް ތާރީހީ މޮޅެއް ހޯދައިފި. ޗެލްސީގެ ކީޕަރު އަތުން ބައިކޮޅަށް ވަން ލަނޑަކާއި މަތީސް ޓެލް ޖެހި ގޯލުން ޓޮޓެންހަމް މޮޅުވިއިރު، މި މެޗުގައި ޗެލްސީގެ ތަރި ކޯލް ޕާމާ އަށް ވަނީ ރަތް ކާޑު ދައްކާފައި.

ރިޒޭ ދެއްކި ތަފާތާ އެކު ވިކްޓަރީން އޮޑި ބަލިކޮށް ލީޑުގައި

އަހުމަދު ރިޒްވާން (ރިޒޭ) ކާމިޔާބުކުރި ދެ ލަނޑާއެކު، އޮޑި ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށް ވިކްޓަރީން ލީގު ތާވަލުގެ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މޮޅާއެކު ވިކްޓަރީން 16 ޕޮއިންޓް ހޯދާފައިވާއިރު، އެ ޓީމަކީ މިހާތަނަށް ލީގުގައި ބަލިނުވެ އޮތް ދެ ޓީމުން ކުރެ އެއް ޓީމު.

ވިލާ އިން ސިޓީގެ ރެކޯޑް ނިމުމަކަށް، އާސެނަލް ފައިދާނަގައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާ އަތުން 2-1 އިން ބަލިވެ މެންޗެސްޓާ ސިޓީގެ މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް އައިއިރު، އެވަޓަން ބަލިކޮށް އާސެނަލުން ވަނީ ސިޓީއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފައެވެ. ނަމަވެސް، ލަނޑުގެ ތަފާތުން ސިޓީ އަދިވެސް ތާވަލުގެ އެއްވަނައިގައި އޮތްއިރު، އާސެނަލް އޮތީ ދެވަނައިގައެވެ.

ބޮޑު މޮޅެއް ހޯދައި ނިއު އިން އީގަލްސްގެ ރެކޯޑް ނިމުމަކަށް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް 7-1 އިން ބަލިކޮށް، ނިއު ރޭޑިއަންޓް ލީގުގެ ދެ ވަނަ އަށް ޖެހިލައިފި. މި ނަތީޖާއާއެކު މި ސީޒަނުގައި އީގަލްސް ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަށް ނިމުން އައިސްފައިވާއިރު، ދެ ޓީމަށްވެސް މިހާރު ލިބިފައިވަނީ 11 ޕޮއިންޓު.

ކޮމްޕެނީ ޓީމާ ގުޅޭނީ އެއްކޮށް ފިޓްވުމުން: ބަޔާން

ބަޔާން މިއުނިކްގެ ކޯޗު ވިންސެންޓް ކޮމްޕެނީގެ ސިއްހީ ހާލަތު ގޯސްވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާތީ، އޭނާ އަލުން ޓީމާ ގުޅޭނީ ފުރިހަމައަށް ފިޓްވުމުން ކަމަށް އެ ކްލަބުން ބުނެފި. ކޮމްޕެނީއަށް ފަރުވާދެމުންދާ މި ދަނޑިވަޅުގައި ޓީމުގެ ތަމްރީނުތަކާއި ކުރިއަށް ހުރި މެޗުތަކުގައި އިރުޝާދުދޭނީ އެސިސްޓަންޓް ކޯޗުން

ފަލަސްތީނު 17 އަހަރުން ދަށުގެ ޓީމު ރާއްޖެ އަށް

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ތަމްރީނު ކޭމްޕަކަށް މި މަހު ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައި. މި ދަތުރުގައި ކ. ގުރައިދޫގައި ކޭމްޕްކޮށް، ރާއްޖޭގެ ޒުވާން ޓީމާ ދެކޮޅަށް ދެ މެޗެއް ކުޅުމަށް ވަނީ ނިންމާފައި. މިއީ އޭއެފްސީ ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުންނާއި ދެ ގައުމުގެ ގުޅުމަށް ފައިދާކުރާނެ ކަމެއް.

ކޮންޓޭ، މެންޗެސްޓާ ޔުނައިޓެޑާ ގުޅޭ ވާހަކަތައް ދޮގުކޮށްފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމަށް މަޝްވަރާކުރަމުންދާ ކަމަށް މީޑިއާތަކުން ފަތުރާ ޚަބަރުތައް އެންޓޯނިއޯ ކޮންޓޭ ދޮގުކޮށްފި. އޭނާ ބުނިގޮތުގައި އެއްވެސް ކްލަބަކާއެކު މިހާތަނަށް މަޝްވަރާކޮށްފައި ނުވާނެ ކަމަށާއި، އޭނާ ބޭނުންވަނީ އިހުތިރާމާއެކު ކުރިއަށްދެވޭނެ ރަނގަޅު ޕްރޮޖެކްޓެއް.

Newsletter

Get the latest news delivered straight to your inbox