60،000 މީހުންނާއެކު ހައްޖުގެ އަޅުކަން ފަށަނީ

މިދިޔަ އަހަރު ގައިދުރުކަން ބަހައްޓައިގެން ހައްޖުގެ އަޅުކަން އަދާ ކުރަނީ.-- ފޮޓޯ: އޭއެފްޕީ

މިދިޔަ އަހަރު ގައިދުރުކަން ބަހައްޓައިގެން ހައްޖުގެ އަޅުކަން އަދާ ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ރިޔާދް، ސައުދީ އަރަބިއްޔާ (ޖުލައި 15) - ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ދަށުން ސައުދީ އަރަބިއްޔާގައި ދިރިއުޅޭ ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނާއެކު ހައްޖުގެ އަޅުކަން ފަށަން ތައްޔާރުވެއްޖެ އެވެ.

މިދިޔަ އަހަރު ވެސް ސައުދީ އަރަބިއްޔާގައި ހައްޖުގެ އަޅުކަން ކުރިއަށް ގެންދިޔެއީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު އެވެ. އަދި ފަސް ދުވަހަށް ދެމިގެންދާ ހައްޖުގެ އަޅުކަމުގެ ސަބަބުން ކޮވިޑުގެ އެއްވެސް ކޭސްއެއް ފެނިފައެއް ނުވެ އެވެ.

މި އަހަރު އަޅުކަމުގައި ބައިވެރިވުމުގެ ފުރުސަތު ލިބެނީ ސައުދީ އަރަބިއްޔާގައި ދިރިއުޅޭ ވެކްސިން ފުރިހަމަކޮށްފައިވާ 60،000 މީހުންނަށެވެ. މިއީ މިދިޔަ އަހަރަށް ވުރެ އިތުރު އަދަދެއް ނަމަވެސް ބަލިމަޑުކަމުގެ ކުރިއާ އަޅާ ބަލާއިރު މިއީ އެތައް ގުނައެއް ދަށް އަދަދެކެވެ. ހައްޖުގެ އަޅުކަމަށް މީހުން ޖަމާވާން ފަށަނީ އަންނަ ހޮނިހިރު ދުވަހު އެވެ.

ދެހާސް ނަވާރަ ވަނަ އަހަރު އެކި ގައުމުތަކުން ޖުމްލަ 2.5 މިލިއަން މުސްލިމުން ހައްޖުގެ އަޅުކަން އަދާކުރި އެވެ. މި މަހުގެ ކުރީކޮޅު ހައްޖު މިނިސްޓްރީން ބުނީ މިދިޔަ އަހަރެކޭ އެއް ގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބޮޑު ސަމާލުކަމެއް ދެމުންދާ ކަމަށެވެ.

މި އަހަރު ހައްޖުގެ އަޅުކަން އަދާކުރަން އެދި ސައުދީ އަރަބިއްޔާގައި ދިރިއުޅޭ ވެކްސިން ފުރިހަމަކޮށްފައިވާ 558،000 އަށް ވުރެ ގިނަ މީހުން އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅި އެވެ. އޭގެ ތެރެއިން 60،000 މީހުން ގުރުއަތުން ހޮވީ އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ އުމުރުފުރައިންނެވެ. އަދި ހޮވުނު މީހުންނަކީ އެއްވެސް ބޮޑު ބައްޔަކަށް ފަރުވާ ކުރަމުންދާ މީހަކަށް ވެގެން ނުވާނެ އެވެ.

ހައްޖު މިނިސްޓްރީން ބުނީ ގައިދުރުކަން ވަރަށް ހަރުކަށިކޮށް ބަލަހައްޓާނެ ކަމަށާއި "ސްމާޓް ހައްޖު ކާޑެއް" ތައާރަފު ކުރަން ނިންމާފައިވާ ކަމަށެވެ. އެ ކާޑު ބޭނުންކޮށްގެން އެއްވެސް މީހަކާ ކޮންޓެކްޓު ނުވެ ކޭމްޕުތަކާއި، ހޮޓެލްތަކާއި، ބަސްތައް ބޭނުން ކުރެވޭނެ އެވެ. އެ ކާޑު ސިސްޓަމްގެ ސަބަބުން އެއްވެސް ހައްޖުވެރިއަކު ގެއްލިއްޖެ ނަމަ ހޯދަން ފަސޭހަވާނެ ކަމަށް ހައްޖު މިނިސްޓްރީން ބުންޏެވެ.

އޭގެ އިތުރުން ހައްޖުވެރިންނަށް ޒަމްޒަމް ފެން ބެހުމަށް ކުދި ރޮބޮޓުތަކެއް އުޅޭނެ ކަމަށް ހައްޖު މިނިސްޓްރީން ބުންޏެވެ.

ހައްޖުގެ އަޅުކަން ފެށުމަށް ތައްޔާރުވަމުން ދާއިރު، ސައުދީ އަރަބިއްޔާގައި މިހާތަނަށް 503،000 ކޮވިޑް ކޭސް ފެނިފައި ވެ އެވެ. އެ ގައުމުން މަރުވީ 8،000 މީހުންނެވެ. ޖުމްލަ 34 މިލިއަން މީހުން އުޅޭ އެ ގައުމުގައި މިހާތަނަށް ކޮވިޑް ވެކްސިންގެ 20 މިލިއަން ޑޯޒް ދީފައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox