އޭއެފްސީ ކަޕަށް ޓީމުތައް ވަރުގަދަ ކުރަނީ

ޔޫރޯގެ މެޗެއްގެ ތެރެއިން ކައުކޯ ބޯޅަ ފޮނުވާލަނީ: އޭނާ ވަނީ މޯހަން ބަގާން އަށް ސޮއިކޮށްފައި.-- ފޮޓޯ: އޭއެފްޕީ

ޔޫރޯގެ މެޗެއްގެ ތެރެއިން ކައުކޯ ބޯޅަ ފޮނުވާލަނީ: އޭނާ ވަނީ މޯހަން ބަގާން އަށް ސޮއިކޮށްފައި.-- ފޮޓޯ: އޭއެފްޕީ

އަންނަ މަހު ފަށަން ތާވަލުކޮށްފައިވާ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގެ މެޗުތައް ފަށަން ވާއިރަށް ޓީމުތަކުން އާ ކުޅުންތެރިން ގެނެސް އެ ކްލަބްތަކުގައި ތިބި ބައެއް ކުޅުންތެރިންގެ ކޮންޓްރެކްޓް އާކޮށް ޓީމު ވަރުގަދަކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގައި މި ވަގުތު އޮތީ މާޒިޔާ އާއި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އެވެ. އެ ގްރޫޕްގެ ފަހު ޖާގަ ލިބޭނީ ޕްލޭއޮފްބުރުގައި އޮތް އީގަލްސް ނޫނީ އިންޑިއާގެ ބެންގަލޫރަށެވެ.

މިދިޔަ މެއި މަހު ރާއްޖޭގައި ބާއްވަން ނިންމައި އެންމެ ފަހު ވަގުތު ފަސްކުރަން ޖެހުނު އޭއެފްސީ ކަޕް މިހާރު ބާއްވަން ނިންމާފައި އޮތީ އަންނަ މަހު އެވެ. އެ މުބާރާތް ބާއްވަން މި ފަހަރު ބިޑްކުރި ދެ ގައުމަކީ ރާއްޖޭގެ އިތުރުން ބަންގްލަދޭޝް އެވެ. މެޗުތައް ހޯސްޓްކުރާނެ ގައުމެއް ވަރަށް އަވަހަށް އޭއެފްސީން ނިންމާނެ އެވެ. ބަންގްލަދޭޝްގެ ކޮވިޑް-19ގެ ހާލަތު ގޯސްވަމުންދާތީ މި ފަހަރު ވެސް ރާއްޖެ އަށް އޭއެފްސީ ކަޕް ހޯސްޓްކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ބެލެވެ އެވެ.

އޭއެފްސީ ކަޕަށް އެންމެ ފުރަތަމަ ގެނައި ކުޅުންތެރިންގެ ކޮންޓްރެކްޓް ހަމަވެ، ބައެއް ކުޅުންތެރިންގެ ކޮންޓްރެކްޓްތައް މިހާރު ވަނީ އާ ކޮށްފަ އެވެ.

"އަދަދު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭއެފްސީ ކަޕްގެ މެޗުތައް ބާއްވާނެ ހޯސްޓެއް ކަނޑައެޅުނުހާ އަވަހަށް ކޮންމެ ޓީމަކަށް ވެސް ޓީމު ލިސްޓަށް ބަދަލު ގެންނަން ފުރުސަތު ދޭން އޮތީ މަޝްވަރާކުރެވިފަ އެވެ. އޭއެފްސީގެ ވިސްނުމަކީ ފަހެއް ނޫނީ އަށް ބަދަލު ޓީމު ލިސްޓަށް ގެންނަން ފުރުސަތު ދޭށެެވެ.

އީގަލްސް އިން ވަނީ އެ ޓީމަށް ގެނައި ލެބަނަންގެ ކީޕަރު މުހައްމަދު ތޯހާގެ ކޮންޓްރެކްޓް އާ ކޮށްފަ އެވެ. އަދި އެ ޓީމުން އިތުރު ކުޅުންތެރިންނަށް ވެސް ފާރަލަމުން އަންނަކަމަށް މައުލޫމާތު ލިބެ އެވެ.

ރާއްޖޭގެ ޗެމްޕިއަން މާޒިޔާ އިން އޭއެފްސީ ކަޕްގެ މެޗުތަކަށް ޕްރެކްޓިސް ފަށާފައިވާއިރު، އެ ޓީމުން ވެސް ކޮންމެވެސް ވަރެއްގެ ބަދަލެއް ފެނުމުގެ ފުރުސަތު އެބައޮތެވެ.

އެންމެ ރަނގަޅު ޓްރާންސްފާތަކެއް މިހާތަނަށް ކުރީ އިންޑިއާގެ މޯހަން ބަގާން އިންނެވެ. އެ ޓީމުން ވަނީ މުމްބާއީ ސިޓީ އަށް ކުޅުނު އިންޑިއާ ގައުމީ ޓީމުގެ ކީޕަރު އަމްރިންދަރު ސިންގާއި ހަމަ އެ ޓީމަށް ކުޅުނު ފްރާންސްގެ މިޑްފީލްޑަރު ހޫގޯ ބޯމަސްގެ ސޮއި ހޯދައިފަ އެވެ. އެ ޓީމުން ގެނައި އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިއަކީ މި ފަހަރުގެ ޔޫރޯގައި ފިންލެންޑަށް ކުޅުނު ޖޯނީ ކައުކޯ އެވެ. އުމުރުން 30 އަހަރުގެ ކައުކޯ ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ޔޫރޯގައި ކުޅެފަ އެވެ. ބޯމަސް އަކީ އިންޑިއަން ސުޕަ ލީގުގައި މުމްބާއީ ޓީމުގައި މޮޅު ކުޅުމެއް ދައްކައި ގިނަ ލަނޑުތަކެއް ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އިން ވަނީ އެ ޓީމަށް ކުޅެމުން އައި ބްރެޒިލްގެ ފޯވާޑް ރޮބީނިއޯގެ ކޮންޓްރެކްޓް އިތުރު ތިން މަހަށް އާ ކޮށްފަ އެވެ.

މިހާރު އޭއެފްސީން ނިންމާފައިވާ ތާރީހުތަކަކީ އަންނަ މަހުގެ 15 ވަނަ ދުވަހު އީގަލްސް އާއި ބެންގަލޫރު ބައްދަލުކުރާ ޕްލޭއޮފް މެޗު ކުޅޭށެވެ. އަދި ގްރޫޕް ސްޓޭޖުގެ މެޗުތައް އަންނަ މަހު 18 އިން 24 އަށް ކުރިއަށް ގެންދާށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox